ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް)-- ފޮޓޯ/ މަޖިލިސް
ހަބަރު
31 Jan 2023 | 11:53
"ފިކުރެއްގެ ދިރުން" އާއި ރައީސް މައުމޫންގެ ޒެޑް-ޑީއާރުޕީ އާ މާބޮޑު ތަފާތެއް ނެތް: ޝަރީފް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ތެރެއިން އުފައްދަވަން މަސައްކަތް ކުރައްވާ "ފިކުރެއްގެ ދިރުން" ގޮތްޕާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޑީއާރްޕީގެ ތެރެއިން އުފެއްދެވި ޒެޑް-ޑީއާރުޕީ އާ މާބޮޑު ތަފާތެއް ނެތް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ޝަރީފު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރައީސް ނަޝީދުގެ ފެކްޝަންގެ "ފިކުރެއްގެ ދިރުން" އާއި މައުމޫންގެ ޒެޑް-ޑީއާރުޕީ އާ މާބޮޑު ތަފާތެއް ނެތް ކަމަށާއި އެމަނިކުފާނު މަސައްކަތް އެ ފެއްޓެވީ އެމްޑީޕީ ބައިބައި ކޮށްލުމަށް ކަމަށެވެ. 

"ނަޝީދު ހިންގަވަން އެ ބޭނުންފުޅުވަނީ މައުމޫންގެ މަގުން." ޝަރީފް ވިދާޅުވި އެވެ. 

މިއާއެކު ޝަރީފް ވިދާޅުވީ، ރައީސް ނަޝީދު މިގޮތަށް ކަންތައް ކުރައްވަނީ މިއަހަރު ސެޕްޓެމްބަރ މަހު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ވިޔަ ނުދިނުމަށް ކަމަށެވެ.

މީގެއިތުރުން ޝަރީފް ވިދާޅުވީ ރައީސް މައުމޫނުވެސް ޑީއާރުޕީ ބައިބައިކޮށްލުމަށް ޕާޓީ ތެރެއިން ޒެޑް-ޑީއާރުޕީގެ ނަމުގައި ގޮތްޕެއް އުފައްދައި ފަހުން އެގޮފި ޕީޕީއެމްގެ ނަމުގައި ވަކި ޕާޓީއެއް އުފެދިގެން ދިޔަ ކަމަށެވެ. އަދި ނަޝީދުގެ ފިކުރެއްގެ ދިރުން އާއި އެއާއި ތަފާތެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރިޔާސީ ޕްރައިމަރީގައި ބަލިވެވަޑައިގަތުމުން، އެމްޑީޕީގެ ނަޝީދުގެ ފެކްޝަންގެ މެންބަރުންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ، ކެމްޕޭން ސްލޯގަން "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީ ތެރެއިން ވަކި ގޮފިތަކެއް އުފެއްދެވުމަށް ހުށަހަޅާފައެވެ. އަދި އެކަން ކަމަށް ޕާޓީގެ ގަވައިދު ތަކާއި އުސޫލުތައްވެސް ތަންދޭ ކަމަށް އެމަނިކުފާނު ވިދާޅުވާއިރު، އެއީ ޕާޓީގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.