ޝަރީފު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
12 Feb 2023 | 12:51
އެމްޑީޕީގެ އިދިކޮޅު ފެކްޝަނުން ކުރާހާވެސް ކަމަކީ ވަގަށް ގޮވުމާއި ފުރައްސާރަކުރުން: ޝަރީފު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދެބައިވެފައިވާއިރު، ސަރުކާރާއި ދެކޮޅު ފެކްޝަނުން ކުރާ ހަމައެކަނި ކަމަކީ ސަރުކާރަށް ވަގަށް ގޮވުމާއި ފުރައްސާރަކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ. 

ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އޭނާއަށް ތާއީދުކުރައްވާ ފަރާތްތައް ސަރުކާރަށް ފާޑުވިދާޅުވެ ދައްކަވަމުންދާ ވާހަކަތަކަށް ޓްވީޓާގައި ރައްދުދެއްވަމުން ނެވެ. 

އެމްޑީީޕީގެ ދެ ފެކްޝަންގެ ދެމެދުގައި އުފެދިފައިވާ ނުތަވަސްކަން ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތަކުންވެސް ހާމަކަން ބޮޑުގޮތެއްގައި ފެނިގެންދާއިރު، ދެ ފެކްޝަނުގެ މެމްބަރުންގެ މެދުގައި ދަނީ ބަހުގެ ހަމަލާތައް ހުއްޓުމެއްނެތި ބަދަލުކުރެވެމުން ނެވެ. 

އެކަންކަމަށް އިޝާރާތް ކުރައްވާ މަވޯޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރާއި ވާދަވެރި ޕާޓީތަކާއި، އެމްޑީޕީ އެތެރޭގައި އުފެދިފައިވާ ސަރުކާރާއި ދެކޮޅު ފެކްޝަނުން މިހާރު ކުރަމުންދާ މަސައްކަތަކީ ސަރުކާރަށް ވަގަށް ގޮވައި ފުރައްސާރަކުރުން ކަމަށެވެ. އަދި ސަރުކާރާއި މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފައްދާ ފިތުނަ އުފެއްދުން ކަމަށެވެ. 

ސަރުކާރާއި މެދު ނަފްރަތު އުފެދޭފަދަ ވާހަކަތައް ފަތުރަމުން ދިޔަ ނަމަވެސް، އެމްޑީޕީގެ އިދިކޮޅު ފެކްޝަނުގައި ގައުމު ކުރިއަށް ގެންދިއުމުގެ އެއްވެސް ވިސްނުމެއް އަދި އެފަދަ ސިޔާސަތެއް ނެތްކަމަށް ޝަރީފު ވިދާޅުވި އެވެ. 

"އިދިކޮޅު ޕާޓީތަކާއި އެމްޑީޕީ ތެރޭތިބި އިދިކޮޅު ފަރާތްތަކުވެސް ގައުމު ކުރިއަށް ގެންދާނެ ވިސްނުމެއް، ސިޔާސަތެއް ނެތް. ހަމައެކަނި ކުރާ މަސައްކަތަކީ އެހެން މީހުންނަށް ވަގަށް ގޮވުމާއި ފުރައްސާރަ ކުރުމާއި ފިތުނަ އުފެއްދުން"

މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު

ޝަރީފު ވިދާޅުވީ ގައުމު ކުރިއަރާ ދާނީ ސުލްހަ މަސަލަސްކަން ގާއިމު ކުރެވިގެން ކަމަށެވެ. އިރުއަރާ ކޮންމެ ދުވަހަކު ދުނިޔެ ހަލަބޮލި ކުރުމަކީ އެއްވެސް ބަޔަކު ކުރާ ކަމެއް ނޫންކަމަށާއި، ދިވެހިންނަށް ދަސްވެގެން މި އުޅެނީ އާ ވައްތަރެއްގެ ޑިމޮކްރަސީއެއްކަމަށް އޭނާ ވިދާޅުވި އެވެ. 

ޝަރީފުގެ އެ ފާޑުކިޔުން އަމާޒުކުރައްވާފައިވަނީ އިދިކޮޅުން މާލޭގައި ސިލްސިލާގޮތެއްގައި ކުރިއަށް ގެންދާ މުޒާހަރާތަކަށް ކަމަށް ބެލެވެއެވެ. 

އެކަންކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ ޕާޓީގެ އެތެރެއިންނާއި ބޭރުން ސަރުކާރަށް ކުރާ ފުރައްސާރަތަކަށް ބެއްލެވުމެއް ނެތި ރައީސް ޞާލިހު ގެންދަވަނީ "ހެޔޮވެރިކަމެއް" މި ގައުމުގައި ކޮށްދެއްވަމުން ކަމަށެވެ.

ދިވެހިރާއްޖޭގައި ސުލްހަ މަސަލަސްކަން ގާއިމްކުރުމަށް ރައީސް ޞާލިހު ކުރައްވަމުން ގެންދަވާ މަސައްކަތަށް ތައުރީފު ހައްގުކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.