މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް-- ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ހަބަރު
13 Apr 2024 | 12:52
ސަރުކާރަށް ތާއީދުކުރާ މަޖިލީހެއް ހޮވައިފިނަމަ ރައީސް ޑރ.މުޢިއްޒު 60،000 ވަޒީފާ ހާސިލްކޮށްދެއްވާނެ: ޝަރީފް

ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަރައްގީގެ ސިޔާސަތަށް ތާއީދުކުރާ މަޖިލީހެއް ރައްޔިތުން ހޮވައިފިނަމަ، ޒުވާނުންނަށް ބޭނުންވާ 60،000 ވަޒީފާ ރައީސް ޑރ.މުޢިއްޒު ހާސިލްކޮށްދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރޭގައި ޕީއެންސީން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަޖިލިސް ކެމްޕޭންގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބްރާހިމް ޝަރީފް ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރެއްވި ހުރިހާ ވެރިންނާއި އެކުވެސް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިލެއްވި ކަމަށާއި އޭގެ ތެރެއިންވެސް ރައީސް ޑރ.މުޢިއްޒު އަކީ "ރޮކެޓް ސްޕީޑް" ގައި މަސައްކަތް ކުރައްވާ, ރާއްޖެ ތަރައްގީގެ އާ ހަރުފަތަކަށް ގެންގޮސްދޭނެ ބޭފުޅެއް ކަމަށެވެ.

ރައްޔިތުން އެންމެ އުންމީދު ކުރާ ކަމަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދިޔުންކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ދިވެހި ރާއްޖޭގައި ގާތްގަނޑަކަށް 60،000 ވަޒީފާ ބޭނުންވާނެ ކަމަށެވެ. އަދި އެ ވަޒީފާ ބޭނުންނުވާ ކަމަށް ރައްޔިތުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި، ކުރިއަށް އޮތް 5 އަހަރަށް ބޭނުންވާ 60،000 ވަޒީފާ، ރައީސް ޑރ.މުޢިއްޒު އެކިކަހަލަ މަޝްރޫއުތައް ހިންގަވައިގެން އުފައްދަވާނެ ކަމަށެވެ.

" ރައީސް ޑރ.މުޢިއްޒުގެ ތަސައްވުރު، އިގްތިސާދީ ތަސައްވުރު، ތަރައްގީގެ ތަސައްވުރު ހަގީގަތަކަށް ހަދާނޭ ރައްޔިތުންގެ މަޖިލީހެއް ތިޔަ ބޭފުުން ހޮއްވަވައި ދެއްވައިފިނަމަ އަޅުގަނޑަށް ޔަގީން ދިވެހި ރާއްޖޭގެ ޒުވާނުންނަށް ބޭނުންވާ 60،000 ވަޒީފާ ކުރިއަށް އޮތް 5 އަހަރު ތެރޭގައި އެކި  އެކި މަޝްރޫއު ތައް ހިންގަވައިގެން، އިގްތިޞާދީ ތަރައްގީގެ ކަންކަން ތަންފީޒު ކުރައްވައިގެން މި އިންނެވި މުޢިއްޒު ހާސިލްކޮށްދެއްވާނެ."

ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މި ކަންކަމުގެ އިތުރުން، އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާ ކަންކަން ވެސް ރައީސް ޑރ.މުޢިއްޒު ހާސިލްކޮށްދެއްވާނެ ކަމަށާއި، މިފަދައިން ކަން ކުރުމަށްޓަކައި ރައްޔިތުން ފުރުސަތު ދެއްވައިފިނަމަ ޔަގީނުންވެސް އެކަންކަން ރައީސް ޑރ.މުޢިއްޒު ހާސިލްކޮށްދެއްވާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

އެހެންކަމުން ޝަރީފް ވަނީ، ސިޔާސީ ހަތުރުވެރިކަމާއި ހަމަނުޖެހުމަށް ފުރުސަތު ނުދީ، މި ފަހަރު ރައީސް ޑރ.މުޢިއްޒު އަށް އެއްބާރުލުން ދެއްވާނެ މަޖިލީހެއް ހޮވުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް
ބާލައާދަނު
ޝަރީފް އެ ވިދާޅުވަނީ އެބޭފުޅާއަށް ރައީސް މުއިއްޒު 60000 ވަޒީފާ ދެއްވާނެ ކަމަށް.
14 Apr 2024
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.