މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް-- ފޮޓޯ/ މަޖިލިސް
ހަބަރު
29 Jan 2024 | 12:21
ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމީ ޕްރޮޖެކްޓް ތަކަށާ، ބޭރުގެ އެހީއަށް ހުރަސް އެޅުމަށް: ޝަރީފް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމާފައިވަނީ ޕްރޮޖެކްޓް ތައް ލަސްކުރުމާއި ބޭރުގެ އެހީ ހޯދުމަށް ހުރަސް އެޅުމަށް ކަމަށް ދާދިފަހުން އެމްޑީޕީ ދޫކުރައްވައި ވެރިކަންކުރާ ޕީއެންސީ އާއި ގުޅިވަޑައިގެންނެވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެ އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒުގެ ކެބިނެޓް އެކުލަވާ ލައްވައި، ވަޒީރުންނަށް ރުހުން ދެއްވުމަށް މަޖިލީހަށް ފޮނުއްވިތާ ދެމަސް ދުވަސް ވެގެން ގޮސް، މަޖިލީހުގެ ދައުރު ނިމުނުއިރުވެސް އެ މައްސަލަ ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

އެއަށްފަހު އިއްޔެ އެކަމަށްޓަކައި ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް އެޖެންޑާ ކުރެވުނު އިރު، ވަޒީރުންގެ ތެރެއިން ހަތަރު ބޭފުޅަކަށް އަދި ބަންޑާރަ ނާއިބަށް ރުހުން ނުދިނުމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ވަނީ ވިޕް ނެރެފައެވެ. 

އެގޮތުން ރުހުން ނުދިނުމަށް އިދިކޮޅުން ނިންމާފައިވަނީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އާއި، ފޮރިން މިނިސްޓަރ މޫސާ ޒަމީރުއާއި، އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދުއާއި، އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ހައުސިން މިނިސްޓަރ ޑރ.ހައިދަރުއެވެ.

އެކަމާއި ގުޅިގެން މަވޯޓާ ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅުން ނިންމީ ނާގާބިލް ވެގެން ނޫން ކަމަށާ، އެހެނެއް ކަމަކު އެއީ އެ ވަޒީރުން މާ ބޮޑަށް ގާބިލް ކަަމަށް އިދިކޮޅަށް ފެނުވަޑައިގެންނެވުމުން ނިންމެވި ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއާއެކު ޝަރީފް ވަނީ ރުހުން ނުދޭން ނިންމެވި ނިންމުމަކީ ވަރަށް ނުރައްކާތެރި ނިންމުމެއް ގޮތަށް ސިފަ ކުރައްވާފައެވެ. 

މުހައްމަދު ސަޢީދަކީ ކަމަށް ގާބިލް ވުމުގެ އިތުރުން ޕްރޮޖެކްޓް ތަކަށް ޗައިނާގެ އެހީ ހޯދުމުގެ އިސް ދައުރެއް އަދާ ކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ކަމަށް ބަލާފައި ރުހުން ނުދޭން ނިންމީ. މައިގަނޑު ގޮތެއްގައި ބަލާފައި ހުރީ ރާއްޖެއަށް ބޭރުގެ އެހީ ހޯދުމަށް ހުރަސް އަޅައި ޕްރޮޖެކްޓް ތައް ލަސްކުރަން. 

އިބްރާހީމް ޝަރީފް

ޝަރީފް އިތުރަށް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދިނުމުގެ ފަހަތުގައި އޮތީ ޕްރޮޖެކްޓް ތައް ލަސްކުރުމާއި ބޭރުގެ އެހީ ހޯދުމަށް ހުރަސް އެޅުން ކަމަށެވެ. 

އަދި އެއީ ރައްޔިތުންގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު ކުރިއެރުވޭތޯ ހިންގާ ހަރަކާތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ރައީސް މުޢިއްޒުގެ މިސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އިއްޔެ އެޖެންޑާ ކުރެވުނު ނަމަވެސް މަޖިލީހުގައި ހަމަނުޖެހުން ހިނގުމުގެ ސަބަބުން އެކަން ކުރެވޭގޮތް ނުވެފައިވާއިރު، މިއަދު 1:00 ގައިވެސް އެ މަސައްކަތް އަލުން ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް
ބަޗީ
ރައްޔިތުން އެދޭ ކަންކަން ނުކުރެވޭ އައިސީޔޫގައިވާ މެމްބަރުން މިހާރުން މިހާރަށް އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަންނަވާ. ސަރުކާރަކީ ރައްޔިތުންގެ އެއްޗެއް.
29 Jan 2024
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.