ހުސައިން ޝަމީމް ވާހަކަދައްކަވަމުން ގެންދަވަނިކޮށް އީވާ ވަޑައިގެން ހިތްހަމަނުޖެހުން ފާޅުކުރައްވަނީ -- ފޮޓޯ: ހަތާވީސް
ހަބަރު
15 Nov 2023 | 13:50
އަޅުގަނޑު މިތާ ހުއްޓައި އެހެން މީހަކަށް ރިޔާސަތު ހަވާލުކުރެވޭނެ ގޮތެއް ވިދާޅުވެދެއްވަވާ: އީވާ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުالله މަޖިލިސް ތަޅުމުގައި ހުންނަވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާ ރިޔާސަތު ހަވާލު ކުރެއްވި ގޮތާމެދު ސުވާލު އުފައްދަވައި އެކަން އޮޅުން ފިލުއްވައިދެއްވުމަށް އީވާ އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ މެންދުރު ދަންފަޅީގެ ޖަލްސާ ފެއްޓެވިއިރު މަޖިލިސް ރިޔާސަތުގައި އިންނެވީ މަރަދޫ ދާއިރާގެ މެންބަރު ޝަރީފެވެ. ޖަލްސާ ފެއްޓެވިއިރު އީވާ އިންނަވާ ގޮނޑިކޮޅުގައި އޭނާ ފެންނާކަށް ނެތެވެ. ނަމަވެސް ޖަލްސާ ފެށިތާ މާގިނައިރުތަކެއް ނުވަނީސް އަޑުއިވިގެން ދިޔައީ އީވާ ނިޒާމީ ނުކުތާއަކަށް އެދިވަޑައިގެންނެވި މަންޒަރެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުން އެ ފުރުސަތު ނުދެއްވާ އެވަގުތު ވާހަކަދައްކަވަމުން ގެންދެވި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް ގެ ވާހަކަދެއްކުން ކުރިޔަށް ގެންދިއުމަށް ވަނީ ފުރުސަތު ދެއްވާފައެވެ.

ނިޒާމީ ނުކުތާ ނެންގެވުމަށް އީވާއަށް ފުރުސަތު ނުދެއްވުމުން ހުސައިން ޝަމީމް ވާހަކަދައްކަވަމުން ގެންދަވަނިކޮށް އޭނާ ކައިރިއަށް ވަޑައިގެން އީވާ ތަޅުމުގައި ހުންނަވަނިކޮށް އެހެން ބޭފުޅަކަށް ރިޔާސަތު ހަވާލު ނުކުރެއްވޭނެ ކަމަށް ވިދާޅުވެ ވަނީ އަޑުގަދަ ކުރައްވަން ފެއްޓަވާފައެވެ. އަދި ޝަރީފް ވަނީ ތިން ފަހަރެއްގެ މަތިން މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް އީވާއަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ފަހުން އީވާގެ ނަންވެސް އިއްވެވިއެވެ.

މި މައްސަލަގައި މަޖިލިސް ހޫނުވެ، މަޖިލީހުގެ ޖަލްސާވެސް ވަނީ މެދުކަނޑާލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.