މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ޕީއެންސީއާ ގުޅިވަޑައިގެންނެވުން/ ފޮޓޯ: ޕީއެންސީ
ހަބަރު
29 Dec 2023 | 08:13
ރައީސް އަޒުލްކުރުމަށް މަސައްކަތް ކުރުމަކީ ޤައުމަށް ޤައްދާރުވުން: ޝަރީފް

ރައީސުލް ޖުމުހުރިއްޔާ އަޒުލްކުރުމަށް މަސައްކަތް ކުރުމަކީ ޤައުމަށް ޤައްދާރުވުންކަމަށް އެމްޑީޕީ ދޫކުރައްވާ މިވަގުތު ވެރިކަންކުރާ ޕާރޓީ ޕީއެންސީ އާއި ރޭ ގުޅިވަޑައިގެންނެވި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

މަވޯޓާ ޝަރީފް މިގޮތައް ވިދާޅުވެފައި ޕީއެންސީއިން ރޭ ބޭއްވި ބޮޑު ޖަލްސާގައި އެމްޑީޕީ ދޫކުރައްވާ ވެރިކަން ކުރާ ޕާރޓީއަށް ސޮއިކުރައްވާ ޕީއެންސީ އާއި ގުޅިވަޑައިގެންނެވި 13 މެމްބަރުންގެ ފަރަތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މަވޯޓާ ޝަރީފްގެ ވާހަކަގައި ފާހަގަ ކުރެއްވި ގޮތުގައި އެބޭފުޅުން އެމްޑީޕީ ދޫކުރައްވާ ޕީއެންސީ އާއި ގުޅިވަޑައިގެންނެވީ މިވަގުތު އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ޢަމަލްތައް ހުރިގޮތުން އެބޭފުޅުނަށް އެ ޕާރޓީގައި ތިބުމަށް ނުފެނުމުން ކަމަށެވެ. މިގޮތުން ޝަރީފް އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ އަދުގެ ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ އާއި މެދު އެމްޑީޕީގެ ޕީޖީ ގްރޫޕުން ޢަމަލުކުރައްވަމުން ގެންދަވާގޮތެވެ.

ޝަރީފް ފާހަގަކުރެއްވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގައި ބަލަން ޖެހޭ ކަންތައްތަކަށް ބެއްލެވުމަށްފަހު ރުހުން ދޭން ޖެހޭ ފަރާތްތަކަށް ރުހުންދީ އަދި ރުހުން ދޭން ނުޖެހޭ ފަރާތެއް ވާނަމަ އެކަންވެސް މަޖިލީހުން ލަހެއްފަހެއްނެތި ނިންމަން ޖެހެއެވެ. ނަމަވެސް އެމްޑީޕީގެ ޕީޖީ ގްރޫޕުން މިކަމުގައި ޢަމަލްކޮށްފައި ވަނީ ވަރަށް ޣައިރު ގާނޫނީ ގޮތަކަށް ކަމަށް ޝަރީފް ސިފަކުރެއްވިއެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުން ތަނަވަސް އަޣުލަބިއްޔަތަކުން ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަކީ މިއީ ގައުމެއްގެ ހަޔާތުގަވެސް ކޮށްގެންވާނެ ކަމެއް ނޫން. މިއީ ގައުމަށް ޣައްދާރުވުން. ރައްޔިތުންގެ މަޖިލީހުގައި ވަރަށް މުހިންމު ސަބަބުތަކާ ހުރެ ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމުގެ ބާރުވެސް އެބައޮވޭ. އެއީ އިއްޔެ ނޫން އިހައްދުވަހު ރައްޔިތުން ހޮވި ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރާ ވާހަކައެއް ނޫން."

އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް)

މީގެ އިތުރުންވެސް ޝަރީފް ފާހަގަކުރެއްވި ގޮތުގައި ރޭ ޕީއެންސީ އާއި ގުޅިވަޑއިގެނނެވި 13 އިއްޒަތްތެރި މެމްބަރުންނަކީވެސް ޤައުމީ ފިކުރު އިސްކުރައްވާ ވެރިކަންކުރާ ޕާރޓީ ޕީއެންސީ އާއި ގުޅިވަޑައިގެންނެވި މެމްބަރުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ