އިލްމުވެރީންގެ ގުޅުމުގެ ބައްދަލްވުމަކަށް ފަހު އިލްމުވެރީން ފޮޓޯއަކަށް ހުއްޓިގެން --
ހަބަރު
22 Jun 2025 | 15:05
ޔޯގާ ދުވަސް ފާހަގަކުރަން ސަރުކާރުން އެއްބާރުލުން ދިނުން އިލްމުވެރީންގެ ގުޅުމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ހިންދޫ ދީނުގެ ޝިރުކުގެ އަމަލެއް ކަމުގައިވާ ޔޯގާގެ އަޅުކަމާ ގުޅުވައިގެން،  އެއަޅުކަން ޕްރޮމޯޓުކޮށް ފެތުރުމުގެ އެޖެންޑާގެ ދަށުން ފާގަހަކުރާ ޔޯގާ ދުވަސް، ސަރުކާރުގެ އެއްބާރުލުމާ އެކު ދިވެހިރާއްޖޭގައި ފާހަގަ ކޮށްފައިވާތީ އެކަން އިލްމުވެރިންގެ ގުޅުމުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި އެވެ.

ރާއްޖޭގެ މަޝްހޫރު އިލްމުވެރީންގެ ބައިވެރިވުން އޮތް އަދި ގިނަ އަދަދެއްގެ އިލްމުވެރީން ހިމެނޭ އިލްމުވެރީންގެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޯގާގެ އަމަލުތަކަކީ ޝިރުކުގެ އަމަލުތަކެއްކަން ބަޔާންކޮށް، ދިވެހިރާއްޖޭގެ 104 ދީނި އިލްމުވެރިން ހިމެނޭހެން، އިލްމުވެރިންގެ ގުޅުމުގެ ފަރާތުން މީގެ ކުރީން ވެސް އެކަމުގެ ނުރައްކާތެރިކަމާއި ހުކުމް ބަޔާންކޮށް ދީފައިވާނެ ކަމަށެވެ.

މީގެ އިތުރުން 2022 ވަނަ އަހަރުގެ ޔޯގާ ދުވަހު ހިނގައިދިޔަ ކަންކަމާ ގުޅިގެން، ޔޯގާއާ ގުޅުންހުރި ކަންކަމަކީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ކަމެއްކަން، ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އެއްވެސް މީހަކަށް އޮޅިފައި އޮންނާނެ ކަމަށް ބަލާނެ ޖާގައެއް ނެތް ކަމަށް ބުނެފައިވެ އެވެ.

"...ހަމައެއާއެކު، ޔޯގާގެ ޢަމަލު ހުއްޓުވުމަށްޓަކައި އެ ދުވަހު އެންމެ އިސް ސަފުގައި ހަރަކާތްތެރިވި ފަރާތްތަކުގެ ތެރޭގައި، އޭރު އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބެވި، މިހާރު ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން މަސައްކަތް ކުރައްވާފައިވާކަން ފެންނަން ވެސް އެބައޮތެވެ,"

އެހެންކަމުން، ޝިރުކުގެ ނުބައިވެގެންވާ މި އަމަލާ ގުޅުވައިގެން ޔޯގާ ދުވަސް ފާހަގަކުރިއިރު، ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ސަރުކާރުގެ ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކު ބައިވެރިވުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.

އެކަން ކުށްވެރިކުރުމުގެ އިތުރުން، އިސްލާމްދީނާ ހިލާފު މުންކަރާތެއްގައި ބައިވެރިވުމުގެ އަމަލެއް ސަރުކާރުގެ އިސްވެރިއެއްގެ ފުށުން ފެނިއްޖެ ނަމަ، އެފަދަ ކަމެއް ދެން އެފަދަ އެހެން ފަރާތަކުން ތަކުރާރުކުރަން ނުކެރޭނެ ފަދަ ފިޔަވަޅު އެޅުއްވުމަށް ދައުލަތުގެ އިސްވެރިންނަށް ގޮވާލާ ކަމަށް ވެސް ބުނެފައިވެ އެވެ.

"...އެހެނީ، މީހެއްގެ ލޭ އޮހޮރުވާލުން ފަދަ ކަމެއްގައި އެފަދަ މަޤާމެއްގައި ހުރި މީހަކު ބައިވެރިވެއްޖެނަމަ، އެމީހަކަށް ސަރުކާރުގެ ފަރާތުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމީ ކަށަވަރު ކަމެކެވެ,"

އެހެން ކަމަށްވާއިރު، މާތް اللَّه އަށް ޝިރުކު ކުރުމަކީ މި ބިންމަތީގައި ކުރެވޭ އެންމެ ބޮޑުވެގެންވާ ނުބައިކަން ކަމުގައި ކަށަވަރު ކުރާހާލު، އެފަދަ ކަންކަމަށް އަރައިގަންނަ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ އައުލާކަން މުސްލިމުންގެ ހައިސިއްޔަތުން މާ ބޮޑުވެގެން ވާކަން ބަޔާން އެކަމާ ގުޅޭ ދަލީލު ވަނީ ބަޔާން ކޮށްދެއްވާފަ އެވެ.

މާތް اللَّه އަށް ޝިރުކު ކުރެވޭ ތަފާތު އެކި ގޮތްތަކުގެ ތެރެއިން އެއްގޮތަކީ ޔޯގާގެ އަމަލުކަން ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިން ބަޔާންކުރައްވާފައި ވާއިރު، އަދި ޔޯގާއަކީ ހިންދޫ ދީނުގެ އަމަލެއްކަމަށް ހުދު އެދީނުގެ އިސް މީހުން ވެސް ބުނާއިރު، އެކަމަށް ހިތްވަރުދިނުމާއި، އެކަމަށް މަގުފަހިކުރުމާއި، އެކަމުގައި އެއްވެސް ހައިސިއްޔަތުން ބައިވެރިވުމަކީ އެއްވެސް ހާލެއްގައި މުސްލިމުންނަށް ހުއްދަވަގެންވާ ކަމެއް ނޫން ކަމަށް ވެސް އިލްމުވެރީންގެ ގުޅުމުން ވަނީ އަލުން ހަނދާން ކޮށްދީފަ އެވެ.

ވީމާ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ތަނެއްގައި ވެސް، އަދި މީހުން ދިރިއުޅޭ ތަންތަނާ ވަކިން އޮންނަ ދިވެހިރާއްޖޭގެ އިމުގެ ތެރޭގައި ހިމެނޭ އެއްވެސް ތަނެއްގައި ޝިރުކުގެ އަމަލުތައް ހިންގުމަށް ފުރުސަތެއް ނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި ދައުލަތުގެ އިސް ފަރާތްކަށާއި، ދިވެހި ދައުލަތުގެ ސަލާމަތީ ބާރުތަކަށް ގޮވާލާ ކަމަށް ވަނީ ބުނެފަ އެވެ.

އަދި ޝިރުކުގެ އެންމެހައި ޢަމަލުތަކުން މިޤައުމު ޠާހިރުކޮށް، އެގޮތުގެ މަތީގައި ދެމެހެއްޓުމުގައި ރައްޔިތުންގެ ދައުރު ފުރިހަމައަށް އަދާކުރެއްވުމަށް ދިވެހި ރައްޔިތުންނަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކުލަގަދަކޮށް ޔޯގާ ދުވަސް ފާހަގަކުރި, ޗީފް ގެސްޓަކީ ސްޓޭޓް މިނިސްޓަރެއް

ރާއްޖޭގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ކުލަގަދަކޮށް ވަނީ ފާހަގަ ކޮށްފަ އެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ރާއްޖޭގައި މިފަހަރު ފާހަގަކޮށްފައި މިވަނީ އިންޑިޔާ ހައި ކޮމިޝަންގެ އިސް ނެގުމުގެ ދަށުން ތާޖް އެގްޒޯޓިކާ ރިސޯޓްގައެވެ. މި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވާފައިވަނީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް އާމިރުއެވެ.

ޔޯގާ ދުވަހުގެ ހަރަކާތުގައި އާމިރު ބައިވެރިވަނީ 

އަދި މި ހަރަކާތުގައި އިންޑިޔާ ހައި ކޮމިޝަނަރު ބާލަސުބްރަމާނިއަން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

އިންޑިއާ އެމްބަސީން ބުނީ މި ހަރަކާތުގައި މިހަރަކާތުގައި 500 މީހުން ބައިވެރިވެފައިވާކަމަށެވެ. އޭގެ ތެރޭގައި ދިވެހިން ވެސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

ބައިނަލްއަޤްވާމީ ޔޯގާދުވަސް ކޮންމެ އަހަރަކުވެސް އިންޑިއާ އެމްބަސީން ފާހަގަކުރެއެވެ. އެގޮތުން 2022 ވަނަ އަހަރު ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑގައި ކުރިއަށްދިޔަ ހަރަކާތުގައި އެތަނަށް ބަޔަކު ވަދެ ބޮޑެތި ހަމަނުޖެހުންތަކެއް ވަނީ ހިނގާފައެވެ.

އޭރު އެ ހަރަކާތާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލީ މި ސަރުކާރުގެ ވެރީންނާއި މި ސަރުކާރު ހިންގާ ޕާޓީންނެވެ. ނަމަވެސް މިހާރު ވެރިކަމުގައި ތިބުމުން މި އަހަރު ޔޯގާ ދުވަަސް ފާހަގަ ކުރުމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އަނެއްކޮޅުން މި ކަމާއި ދެކޮޅަށް ސަރުކާރަށް ތާއީދު ނުކުރާ އާންމުންނާއި ދީނީ އިލްމުވެރީންނާއި ދީނަށް ލޯބިކުރާ މީހުން ވާހަކަ ދެއްކި ނަމަވެސް އިދިކޮޅު މައި ޕާޓީއާ އެހެން ޕާޓީތަކުން މި ވާހަކަ ނުވެސް ދައްކަ އެވެ.

ކޮމެންޓް
އިއްބެ
އާތިޔަވީ މިވެރިކަމުގައިޝައިޚުންނަށްވާނެވަރު (ތިޔަކަންއަހަރެމެން)ކުއްވެރިކޮށްފިން މިހެންބުނުމުން އެނިމުނީ ޢިލްމުވެރިންނަށްމިހާރުތިޔަވަނީ ބޮޑާބެޔަށްވާވަރު
22 Jun 2025
އަމާން
އެއްޗެއް ހަނދާންކޮށްބަލަ....ގުރުއާނާގާތަށް ވެރިކަން ޖެއްސުމަށް މަސައްކަތްކުރަން ވަކާާލާތު ކުރާ ފަރާތަކަށް ސަޕޯޓް ކޮށް އެފަރާތެއް ވެރިކަމަށް ގެންނަން ތިޔަޢިލްމުވެރިން ނިކަން މަސައްކަތް ކޮށްބަލަ.
22 Jun 2025
ގުޅޭ ލިޔުންތައް
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.