ހުކުރު ޚުތުބާ އަޑު އަހަނީ: ފޮޓޯ/ ވޮއިސް
ދީން
04 Jul 2025 | 12:55
ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ކާރިސާތަކުގެ އަސްލަކީ ރިބާގެ ނުރައްކާތެރި ވަބާ: ޚުޠުބާ

މުޅި ދުނިޔެއަށް މިހައި ތަނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގިނަ ކާރިސާތައް މެދުވެރިވި ސަބަބަކަށް ވެފައިވަނީ، ރިބާގެ ނުރައްކާތެރި ވަބާ ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

”ޙަލާލު ގޮތުގައި މާލީ މުޢާމަލާތްތައް ކުރުން“ މައުޟޫއަށް މިއަދު އިއްވި، ހުކުރު ޚުތުބާގައި ބުނީ، الله سُبْحَانَهُ وَتَعَالَى ހެއްދެވި އެންމެހައި މަޚްލޫޤުންގެ ތެރެއިން އެންމެ މާތްކުރައްވައި، މަތިވެރިކުރައްވައިފައިވަނީ އިންސާނާ ކަމަށާ އެއީ، އޭނާއަށް ހެވާއި ނުބައި ވަކިކޮށް، ދެނެގަނެވޭނެ ބުއްދި ދެއްވުމުން ކަމަށެވެ.

މިއާއެކު ޚުތުބާގައި ބުނީ، ބަވަނަވެފައިވާ ދުނިޔެއެއްގައި، މުޅި އިޤުތިޞާދު ހުޅަނގުގެ ފަލްސަފާގެ މައްޗަށް ބިނާކުރެވިފައި އޮތްއިރު، މާލީ މުޢާމަލާތުތަކުގެ ތެރޭގައި ހިމެނޭ އިސްލާމްދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަމުން ސަލާމަތްވާން ޖެހޭ ކަމަށެވެ. 

އަދި މީގެ ކުރީން މަޖުބޫރު ޙާލަތެއްގައި ތިބެ، ރިބާ ހިމެނޭ ލޯނުތަކާއި، އިންޝުއަރެންސު ނަގާން ޖެހުނު ކަމުގައި ވިޔަސް، މިއަދު، އިސްލާމީ އުޞޫލުން ޚިދުމަތްދޭ ބޭންކުތަކާއި، ތަކާފުލް ކުންފުނިތައް ދިވެހިރާއްޖެއާއި މުޅި ދުނިޔޭގައި ތަޢާރަފުވެފައިވާ ކަމަށެވެ. އެގޮތުން، މިއަދު މުސްލިމް ޤައުމުތަކުގެ އިތުރަށް އެހެނިހެން ޤައުމުތަކުގައި ވެސް އިސްލާމީ ޝަރީޢަތް ހުއްދަކުރާ ގޮތަށް ފައިސާ ރައްކާކުރުމާއި، ފައިސާގެ މުޢާމަލާތުތައް ހިންގޭނެ ބޭންކުތަކާއި މުއައްސަސާތައް ކާމިޔާބުކަމާ އެކު ހިންގާން ފަށައިފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ. އެހެންކަމުން، އިސްލާމީ ޝަރީޢަތްހުއްދަކުރާ ގޮތަށް، މާލީ މުޢާމަލާތުތައް ކުރެވެން ނެތް ކަމަށް މިއަދު ނިންމޭކަށެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ. 

މިއާއެކު ހުކުރު ޚުތުބާގައި ބުނީ، އިސްލާމް ދީނުގައި ރިބާގެ ހުރިހައި މުޢާމަލާތުތަކެއް ޙަރާމްކުރައްވައިފައިވާ ކަމަށާ، ރިބާގެ މުޢާމަލާތަކީ، الله سُبْحَانَهُ وَتَعَالَى ޙަރާމްކުރައްވައިފައިވާ، ހަލާކުކުރަނިވި ބޮޑެތި ހަތް ފާފައިގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. 

”ރިބާ ކާމީހާ ފާފަވެރިވާ ފަދައިން، އެކަމުގައި ޝާމިލުވާ އެހެނިހެން މީހުން ވެސް ފާފަވެރި ވެއެވެ. އެބަހީ، ރިބާ ކާމީހާއާއި، ރިބާ ދޭ މީހާއާއި، އެކަމާ ގުޅޭ ލިޔުންތައް ލިޔާ މީހާއާއި އެ ކަމަށް ހެކިވާ މީހުން ވެސް ހިމެނޭ ގޮތަށް، މި އެންމެންނަކީ، ފާފާގައި ހަމަހަމަ ބައެއްކަމާއި، މި އެންމެންނަށް اللهގެ ލަޢުނަތް ހުރިކަމަށް ނަބިއްޔާ ﷺ ވަނީ މި އުންމަތަށް އިންޒާރުކުރައްވައިފައެވެ.“

ޚުތުބާ

”އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (لَعَنَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا، وَمُوْكِلَهُ، وَشَاهِدَهُ وَكَاتِبَهُ) މާނައީ: "ރިބާ ކާމީހާއާއި، ރިބާގެ ގޮތުގައި ފައިސާއާއި މުދާ ދޫކުރާ މީހާއާއި، އެ މުޢާމަލާތުގައި ހެކިވާ މީހާއާއި، އެ ކަމުގެ ލިޔެކިޔުންތައް ލިޔެ، ބަލަހައްޓާ މީހާގެ މައްޗަށް ރަސޫލު الله ﷺ ލަޢުނަތް ލެއްވިއެވެ."

ޚުތުބާގައި އިތުރަށް ބުނީ، ރިބާއަކީ، މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރާ މެދު ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި ވަބާއެއް ކަމަށެވެ. މީގެ އިތުރަށް، އެއީ އުޚުރަވީ ޙަޔާތުގައި ވެސް ވޭންދެނިވި ޢަޛާބާ ކުރިމަތިލާން ޖެހޭނޭ ކަމެއް ކަންވެސް ފާހަގަކޮށްފައިވެއެވެ. 

”މުޅި ދުނިޔެއަށް މިހައި ތަނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގިނަ ކާރިސާތައް މެދުވެރިވި ސަބަބަކަށް ވެފައިވަނީ، ރިބާގެ ނުރައްކާތެރި ވަބާއެވެ. ރިބާގެ ސަބަބުން އިޤްތިޞާދީ ނަފާވެރިކަން މަދުބައެއްގެ އަތްމައްޗަށް ގޮސް، މުޅި މުޖުތަމަޢުގެ ތެރޭގައި އޮންނާންޖެހޭ އިޤްތިޞާދީ ޢަދުލުވެރިކަން ނެތި ކޮށްލައެވެ.“ ޚުތުބާގައި ބުންޏެވެ.

މީގެ އެތައް ސަތޭކަ އަހަރެއް ކުރީން، ވިޔަފާރިއާއި ރިބާއާ ބެހޭ ގޮތުން ބަޔަކު ބުނަމުން ދިޔަ ބަސްތައް، މާތް الله ވަނީ ކީރިތި ޤުރްއާނުގައި ބަޔާންކޮށްދެއްވައިފައެވެ. އެ ބަސްފުޅުގެ މާނައީ: "އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާ ކަހަލަ ކަމެއްކަމުގައެވެ." މިއީ މި އަދު މަދުން ނަމަވެސް އަހަރެމެންގެ މުޖުތަމަޢުން އިވޭ އަޑެކެވެ.

ޚުތުބާ

މިއަދުގެ ހުކުރު ޚުޠުބާގައި އިސްލާމީ އުއްމަތަށް ވަސިއްޔަތް ކުރައްވައިފައިވަނީ، އަހަރެމެންގެ ކޮންމެ ޢަމަލަކީ ވެސް މާތް الله ބައްލަވައިވޮޑިގެންވާ ޢަމަލެއްކަން ހަނދުމަކޮށް، ދުނިޔެއާއި އާޚިރަތުގައި ކާމިޔާބަށް އެދި، އަހަރެމެންގެ އުޅުމާއި ގުޅުން އިޞްލާޙުކުރުމަށެވެ. އަހަރެމެން ދެއަތް އުފުލައި ކުރާ ދުޢާ، اللهގެ ޙަޟުރަތަށް އުފުއްލެވުމަށް އެދޭ ހިނދު، ރިބާގެ ވަބާ ފަދަ، މާތް الله ޙަރާމްކުރައްވައިފައިވާ އެންމެހައި ޢަމަލުތަކުން ދުރުހެލިވުމަށް މި މަތިވެރި މިންބަރު މަތީގައި ހުރެ ނަސޭހަތްތެރިވެ ވަސިއްޔަތްކޮށްފައިވެއެވެ.

މާތް الله ރުހިވޮޑިގަންނަވާ ގޮތަށް އަޅުކަންކުރުމަށް އިސްކަންދޭ ފަދައިން، މާލީ މުޢާމަލާތުތައް ވެސް اللهގެ ރުހިވޮޑިގަތުން ލިބޭނޭ ގޮތަށް ބައްޓަންކުރުމަށް މަސައްކަތްކުރުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.