ތުލުސްދޫއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ބަޔަކު، އެރަށް ބަލާލަނީ... ފޮޓޯ: ވޮއިސް
ހަބަރު
05 Jul 2025 | 11:35
އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތް 9.1 އިންސައްތަ އިތުރުވެއްޖެ

މިދިޔަ އަހަރުގެ ޖޫންމަހާ އަޅާބަލާއިރު، މިއަހަރުގެ އެ މުއްދަތުގެ ނިޔަލަށް ރާއްޖެއަށް ޒުޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް 9.1 އިންސައްތަ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ، 1,108,130 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1,015,527 ފަތުރުވެރިންނެވެ.

ހުސްވި ޖޫންމަހު ރާއްޖެއަށް ވަނީ 141,772 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ޖޫންމަހާ އަޅާބަލާއިރު، 15 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ޖޫންމަހު ޒިޔާރަތްކޮށްފައިވަނީ، 123,284 ފަތުރުވެރިންނެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ، ޗައިނާ ރަޝިއާ، އިނގިރޭސިވިލާތް، އިޓަލީ އަދި ޖަރުމަނުވިލާތެވެ.

މިވަގުތު ރާއްޖޭގެ ޓޮޕް 5 މާކެޓް:

- ޗައިނާ: 141,162

- ރަޝިއާ: 126,780

- އިނގިރޭސިވިލާތް: 108,371

- އިޓަލީ: 86,891

- ޖަރުމަނުވިލާތް: 82,188

މިދިޔަ ޖޫންމަހުގެ ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް ހުރީ 6,122 ގައެވެ. މިދިޔަމަހު ރާއްޖެއަށް އެންމެ މަދުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އީރާން/އިޒްރާއީލް މަޝްރަހް ގޯސްވުމާ ގުޅިގެން ޖޫންމަހުގެ 24 ވަނަ ދުވަހުއެވެ. އެދުވަހު ގަތަރުގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް އުދުހުންތައް ތާވަލްކުރި ބައެއް ފްލައިޓްތައް ކެންސަލްކުރުމާ ގުޅިގެން އެދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 3،775 ފަތުރުވެރިންނެވެ.

އަހަރުެގ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 801,764 މީހުން ޒިޔާރަތްކޮށްފައިވަނީ، ރިސޯޓްތަކަށެވެ. ގެސްޓްއުސްތަކަށް 249,788 މީހުން ޒިޔާރަތްކުރިއިރު، ދެން އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، ހޮޓާތަކަށެވެ. އެގޮތުން ހޮޓާތަކަށް 30,777 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ސަފާރީތަކަށް 24,975 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.