ގައުމީ މުބާރާތުގެ ފައިނަލުގައި ޑީއެސްސީ އާއި އެޗްޑީސީ ވާދަކުރަނީ.. ފޮޓޯ: ގާފު ސްޕޯޓްސް
ކުޅިވަރު
16 Jul 2025 | 12:54
މާދަމާ މާލޭގައި ފަށާ ކާވާ ޗެންޕިއަންސް ލީގުގައި ރާއްޖޭގެ ދެޓީމު

ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ޗެންޕިއަންސް ލީގު މާދަމާ، މާލޭ ސިޓީގައި ފަށާއި މިމުބާރާތުގައި ރާއްޖޭގެ ދެޓީމެއް ވާދަކުރާނެއެވެ.

މިމަހުގެ 17 އިން ފެށިގެން 23 އާއި ދެމެދު ކުރިޔަށްދާ މިމުބާރާތް މާލޭ ސޯސަލް ސެންޓަރުގައި ކުރިޔަށްގެންދަން ހަމަޖެހިފައިވާއިރު، މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އެވެ.

މިމުބާރާތުގައި ވާދަކުރާ ދިވެހި ދެޓީމަކީ ނިމިދިޔަ ރާއްޖޭގެ ވޮލީބޯޅަ ސީޒަނުގެ އެންމެ ކާމިޔާބު ދެޓީމެވެ. އެގޮތުން މިއަހަރުގެ ޤައުމީ ލީގާއި އެސޯސިއޭޝަން ޗެންޕިއަންޝިޕްގެ އިތުރުން ޤައުމީ މުބާރާތުގެ ޗެންޕިއަންކަން ދިވެހި ސިފައިންގެ ކުލަބު ޑީއެސްސީ އިން ކާމިޔާބުކުރިއިރު، އެޓީމާއި އެންމެ ގާތުން ވާދަކޮށްފައިވަނީ އެޗްޑީސީ އިންނެވެ.

މި މުބާރާތުގައި ރާއްޖޭގެ ދެ ޓީމުގެ އިތުރުން، ކިރްގިސްތާންގެ ބެޝިކް، ނޭޕާލުގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބް، ޒަހީކް، އަދި ސްރީލަންކާ ޕޯޓް އޮތޯރިޓީ ވޮލީބޯލް ކްލަބާއެކު ޖުމްލަ ހަ ޓީމެއް ވާދަކުރާނެއެެވެ. 

މީގެ އިތުރުން ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ކުޅޭ މި މުބާރާތުގެ މެޗުތައް ބެލުމަށް ޓިކެޓް ވިއްކަން ވަނީ ނިންމާފައިވެއެވެ. އަދި ކޮންމެ މެޗަކަށް 20 ރުފިޔާގެ އަގުގައި ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާއިރު، ކޮންމެ މެޗެއް ފެށުމުގެ އެއް ގަޑިއިރު ކުރިން މެޗް ޓިކެޓް ވިއްކަން ފަށާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.