ޓައިވާނުގެ ރައީސް ލައި ޗިންގް-ޓޭ .. ފޮޓޯ: ރޮއިޓާސް
ދުނިޔެ
15 Jul 2025 | 14:03
ޓައިވާނުގެ ރައީސް ޕަރަގުއޭއަށް، އެމެރިކާގައި ޓްރާންސިޓް ކުރައްވަފާނެ

ޓައިވާނުގެ ރައީސް ލައި ޗިންގް-ޓޭ އަންނަ މަހު ޕެރެގުއޭއަށް ވަޑައިގަންނަވާނެކަން ޕެރެގުއޭގެ ރައީސް ސެންތިއާގޯ ޕޭނާ އިއުލާންކުރައްވައިފިއެވެ.

ވެރިރަށް އެސުންސިއޯންގައި ބޭއްވި އިންވެސްޓްމަންޓް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނުން ޕޭނާ ވިދާޅުވީ 30 ދުވަހުގެ ތެރޭގައި ޓައިވާނުގެ ރައީސް ލައި އަށް މަރުހަބާ ދެންނެވުމަށް ޕެރެގުއޭ އޮތީ ތައްޔާރަށްކަމަށެވެ. ޕޭނާ މިކަން އިއުލާންކުރެއްވި ރަސްމިއްޔާތުގައި ޓައިވާނުގެ ޚާރިޖީ ވަޒީރު ލިން ޗިއަ-ލަންގް ވެސް އިންނެވިއެވެ. ޕެރެގުއޭއަކީ ޓައިވާނުގެ މިނިވަންކަން ފުރިހަމައަށް ގަބޫލުކުރާ 12 ގައުމުގެ ތެރެއިން އެއް ގައުމެވެ.

ޕެރެގުއޭގެ އިތުރުން ކެރީބިއަން ސަރަހައްދުގައި އޮންނަ ބެލީޒްއަށްވެސް ލައި ވަޑައިގަންނަވާކަމަށް އެގައުމުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސްއިން ބުންޏެވެ. އެހެންނަމަވެސް އެދަތުރުގެ ތަފްސީލެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

ދެކުނު އެމެރިކާ ސަރަހައްދަށް ލައި މިކުރައްވާ ދަތުރުފުޅުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދާނީ އޭނާގެ ދަތުރުފުޅުގައި އެމެރިކާގައި ކުރައްވާ ޓްރާންސިޓަށެވެ. އެމެރިކާއިން ރަސްމީކޮށް ޓައިވާނުގެ މިނިވަންކަން ބަލައިނުގަންނާތީ، ލައި އަށް އެމެރިކާއަށް ރަސްމީ ދަތުރުފުޅެއް ނުކުރެއްވޭނެއެވެ. އެހެންނަމަވެސް ޓައިވާނުގެ ވެރިން މިގޮތަށް ކުރައްވާ ޓްރާންސިޓްގައި އެމެރިކާގެ ކޮންގްރެސްގެ ބައެއް ބޭފުޅުންނާއި، ސްޓޭޓްތަކުގެ ސަރުކާރުތަކުގެ އިސް ބޭފުޅުންނާއެކު އަބަދުވެސް 'ނުރަސްމީ' ބައްދަލުވުންތައް ބާއްވަވައެވެ. އަދި މިފަދަ ކޮންމެ ފަހަރަކު ޗައިނާއިން އެކަމާ ހިތްހަމަނުޖެހުން އިންތިހާއަށް ފާޅުކުރެއެވެ. ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެގައުމުގެ ޕްރޮވިންސެކެވެ. އަދި ގިނަ ގައުމުތަކުން ޓައިވާނުގެ މިނިވަންކަން ބަލައިނުގަންނަނީ ޗައިނާ ރުއްސުމުގެ ގޮތުންނެވެ.

ލައި އެމެރިކާގައި ޓްރާންސިޓްކުރައްވާނެތޯ ނުވަތަ ނޫންތޯ އަދި ކަށަވަރުވެފައި ނުވާއިރު، އެމެރިކާއިން މިކަމުގައި އަދި ބަހެއް ނުބުނެއެވެ. ލައި އެމެރިކާގައި ޓްރާންސިޓްކުރައްވާނަމަ، މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް މިއަހަރު ކުރީކޮޅު ވެރިކަމަށް ވަޑައިގަތްފަހުން ޓައިވާނުގެ ރައީސަކު އެމެރިކާގައި ޓްރާންސިޓްކުރައްވާ ފުރަތަމަ ފަހަރަށް ވާނެއެވެ. މިދިޔަ އަހަރު ޕެސިފިކްގެ ބައެއް ގައުމުތަކަށް ލައި ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ހަވައީ އަދި އެގައުމުގެ ޓެރިޓަރީއެއްކަމަށްވާ ގުއާމްގައި ޓްރާންސިޓްކުރެއްވިއެވެ.

ޓައިވާނުގެ ރައީސްގެ ރަސްމީ ދަތުރުފުޅުތަކުގެ ތަފްސީލްތައް އެގައުމުން އާއްމުކޮށް ހާމަކުރަނީ ދަތުރުފުޅުކުރައްވާ ތާރީޚު ވަރަށް ކައިރިވުމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް