މެންޗެސްޓާ ސިޓީ
ކުޅިވަރު
16 Jul 2025 | 11:59
ޕޫމާ އާއިއެކު 1.3 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށް ސިޓީން ޔުނައިޓެޑްގެ ރެކޯޑް މުގުރާލައިފި

އިނގިރޭސި ޕްރެމިއާ ލީގުގެ މެންޗެސްޓާ ސިޓީ އިން ޖަރުމަނުގެ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި ޕުމާއެކު 1.3 ބިލިއަން ޑޮލަރުގެ އެއްބަސްވުމުގައި  ސޮއިކޮށްފިއެވެ.

10 އަހަރު ދުވަހުގެ މިއެއްބަސްވުމުގެ ދަށުން ޕޫމާ އިން އަހަރަކަށް 100 މިލިއަން ޑޮލަރު މެންޗެސްޓާ ސިޓީއަށް ދިނުމަށް އެއްބަސްވެފައިވާއިރު، މިއީ އިނގިރޭސި ފުޓްބޯޅައިގެ ރެކޯޑެކެވެ. އަދި ކުރިން މިރެކޯޑް އޮތީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ އަތުގައެވެ. އެއީ 2023 ވަނަ އަހަރު އެޑިޑާސްއާކު އެކުލަބުން ހެދި 900 މިލިއަން ޑޮލަރުގެ އެއްބަސްވުމާއެކުގައެވެ.

ސިޓީން 2019 ގައި ޕޫމާއާ އެކު ހެދި އެއްބަސްވުމުން އެ ކްލަބަށް ލިބުނީ އަހަރަކަށް 65 މިލިއަން ޑޮލަރެވެ. އަދި ސިޓީ ފުޓްބޯޅަ ގުރޫޕްގެ ސިއީއޯ ފެރާން ސޮރިއާނޯ ބުނީ ޕޫމާއާ އެކު އެކުލަބުން އެއްބަސްވުން އައު ކުރީ އެހެން ބަޔަކާ ޗެލެންޖެއް ކުރުމުގެ މަގްސަދުގައި ނޫން ކަމަށެވެ.

"ސިޓީ ގުރޫޕްގެ އަމިއްލަ ޗެލެންޖެއް. އަހަރެމެން މި ބަލަނީ އަހަރެމެން އަމިއްލަ އަށް ކަނޑައަޅާފައިވާ ޓާގެޓްތަކަށް ވުރެ މައްޗަށް ދެވޭތޯ،" ސޮރިއާނޯ ބުންޏެވެ.

ސިޓީ ގުރޫޕުން ހިންގާ ބައެއް އެހެން ކްލަބްތަކަށް ވެސް ޕޫމާއިން ޖޯޒީ އާއި ކިޓް ފޯރުކޮށްދެ އެވެ. އެއީ ޖިރޯނާ، ޕަލޭމޯ، މެލްބަން ސިޓީ އަދި މުމްބާއީ ސިޓީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.