ކުޑަހުވަދޫގައި ބޭއްވި ބީޗް ހޭންޑްބޯޅަ މުބާރާތެއްގެ ތެރެއިން..ފޮޓޯ: ގާފު ސްޕޯޓްސް
ކުޅިވަރު
16 Jul 2025 | 13:40
ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ ސެލެކްޝަން މާލެ އަދި ކުޅުދުއްފުށީގައި

މިއަހަރުގެ ސެޕްޓެންބަރު މަހުގެ 18 އިން 22 އަށް ކުޅުދުއްފުށީ ސިޓީގައި ބާއްވާ ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތުގައި ވާދަކުރާ ޤައުމީ ޓީމު އެކުލަވާލުމަށް މާލޭ ސިޓީގެ އިތުރުން ކުޅުދުއްފުށީގައި ޓްރައިއައުޓްސްތަކެއް ބޭއްވުމަށް ހޭންޑްބޯޅަ މޯލްޑިވްސް އިން ނިންމައިފިއެވެ.

އެގޮތުން ހުޅުމާލޭ ބީޗު ހޭންޑްބޯޅަ ކޯޓުގައި މިމަހު 16، 17 އަދި 18 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ޓްރައިއައުޓްސް ކުރިއަށްގެންދިއުމަށްފަހު މިމަހުގެ 20، 21 އަދި 2އ ވަނަ ދުވަހު ކުޅުދުއްފުށީ ސިޓީގައި ވެސް ޤައުމީ ޓީމުގެ ޓްރައިއައުޓްސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

6 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް އޮމާންގެ މަސްކަޓްގައި ކުރިއަށްދިޔަ 10 ވަނަ ބީޗް ހޭންޑްބޯލް އޭޝިއަން ޗެންޕިއަންޝިޕްގައި ވާދަކުރި ޤައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ ސެލެކްޝަން ކުޅުދުއްފުށީގައި ބޭއްވުމުގެ ސަބަބުން ގިނަ އަދަދެއްގެ ހޭންޑްބޯޅަ ކުޅުންތެރިންނަށް ސެލެކްޝަންގައި ބައިވެރިވެވޭގޮތް ނުވުމުން އެފަހަރު ގިނަބައެއްގެ ފާޑުކިޔުން ހޭންޑްބޯޅަ މޯލްޑިވްސްއަށް އޮތީ އަމާޒުވެފައެވެ.

ނަމަވެސް އޭރު ހޭންޑްބޯޅަ މޯލްޑިވްސް އިން ބުނީ ކުޅުދުއްފުށީ ސިޓީގައި ޤައުމީ ޓީމެގެ ސެލެކްޝަން ބޭއްވީ މާލޭ ސިޓީ ސަރަހައްދުގައި ބީޗު ހޭންޑްބޯޅަ ކުޅޭނެ އެކަށީގެންވާ ބީޗު ހޭންޑްބޯޅަ ކޯޓެއް ނެތުމުންކަމަށެވެ. ނަމަވެސް އޭރުވެސް މާލޭ ސަރަހައްދުގައި އަމިއްލަ ކުލަބު ޖަމްއިއްޔާތަކުން އައީ ކޮންމެ ވެސް ވަރަކަށް ބީޗް ހޭންޑްބޯޅަ މުބާރާތް ބާއްވަމުންނެވެ.

މީގެ އިތުރުން ދާދިފަހުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިންޓަ އޮފީސް ބީޗް ހޭންޑްބޯޅަ މުބާރާތެއް ބާއްވާފައިވާއިރު، ހޭންޑްބޯޅަ މޯލްޑިވްސްގެ މިނިންމުމަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ބީޗް ހޭންޑްބޯޅަ ކުޅޭ އެތަކެއް ކުޅުންތެރިންނަށް ޤައުމީ ސްކޮޑުން ފުރުސަތު ހޯދުމަށް ހުޅުވިގެންދިޔަ ދޮރެކެވެ. 

މީގެ އިތުރުން ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތަށް އެކުލަވާލެވޭ ޤައުމީ ޓީމު އެމުބާރާތައްފަހު, އަންނަ އަހަރު ޖެނުއަރީ މަހު ޕާކިސްތާނުގައި އޮންނަ އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.