ހަބަރު
30 Jun 2024 | 11:23
ދިވެހި ޖީޕީޓީ: އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ދިވެހިބަސް އައު ހަރުފަތަކަށް

ޖަވާބު ޕްރައިވެޓް ލިމިޓެޑް އިން ތަޢާރަފުކޮށްފައިވާ ދިވެހި ޖީޕީޓީގެ އައު އަޕްޑޭޓަކީ ދިވެހިބަހުގެ ލިޔުންތެރިކަމުގެ ދާއިރާގައި އިންޤިލާބީ ބަދަލެއް ގެނެސްދޭނެ ކަމެއްކަމަށް ބެލެވެއެވެ.

މި އެޕްލިކޭޝަނަކީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދިވެހިބަހުން ލިޔުމަށް އެހީތެރިވެދޭ ވަސީލަތެކެވެ.

ދިވެހި ޖީޕީޓީ މިހާރު ބިނާވެފައިވަނީ އޯޕަން އޭއައިގެ ޖީޕީޓީ-4އޯ އަދި އެންތްރޮޕިކްގެ ކްލޯޑް 3.5 ސޮނެޓް އޭއައި މޮޑެލްތަކުގެ މައްޗަށެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ދިވެހިބަހުގެ ޕްރޮސެސިންގ އަދި ޖެނެރޭޝަން ކުރިން ނުދެކޭ މިންވަރަކަށް ރަނގަޅުވެފައިވެއެވެ.

ޖަވާބު އެކަޑެމީއިން ބުނީ، މި އައު އަޕްޑޭޓާއެކު ތަޢާރަފުކޮށްފައިވާ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި ދިވެހިބަހުން ދިރާސާކުރުމާއި މަޢުލޫމާތު ހޯދުން، ލިޔުންތައް އުފެއްދުން، ޚުލާސާކުރުން އަދި ޢިބާރާތްކުރުން އިސްލާޙުކުރުން ކަމަށެވެ. މީގެ އިތުރުން، ކޮންމެ ބަހަކުންވެސް ދިވެހިބަހަށް ތަރުޖަމާކުރުމުގެ ޚިދުމަތްވެސް މި އެޕްލިކޭޝަނުން ފޯރުކޮށްދިމަށް ކަމަށެވެ. 

ދިވެހި ޖީޕީޓީ ބޭނުންކޮށްގެން ސިޓީ، މަޒުމޫނު، އެއްބަސްވުން، ތަގުރީރު، ވާހަކަ، ޅެން އަދި ރައިވަރު ފަދަ ތަފާތު ބާވަތްތަކުގެ ލިޔުންތައް އުފެއްދިދާނެއެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ބާވަތްތަކުގެ ލިޔުންތައްވެސް އުފެއްދޭނެކަމަށް ބުނެފައިވެއެވެ.

ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ މުޙައްމަދު ޖައިލަމް ވިދާޅުވި ގޮތުގައި، މި އެޕްލިކޭޝަނުގެ މައިގަނޑު މަޤްޞަދަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ކުރިއެރުންތައް ދިވެހިރާއްޖޭގެ އާންމުންނާ ހަމައަށް ފޯރުކޮށްދިނުމާއި، އޭއައި ދާއިރާގައި ދިވެހިބަސް ކުރިއެރުވުމެވެ.

އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށް އެޕްލިކޭޝަން ޓެސްޓް ކުރުމަށް ހިލޭ 5 ސުވާލު ކުރުމުގެ ފުރުޞަތު ލިބެއެވެ. އިތުރު ސުވާލުތައް ކުރުމަށް ދުވަހު، ހަފްތާގެ އަދި މަހުގެ އެކި ޕެކޭޖްތައް ގަނެވެން ހުންނާނެ ކަމަށް ޖަވާބުން ބުނެއެވެ.

މި އެޕްލިކޭޝަނަކީ ކިޔަވާ ދަރިވަރުންނަށާއި، ޓީޗަރުންނަށް އަދި އޮފީސް މަސައްކަތްތެރިންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ވަސީލަތެކެވެ. މިހާރުވެސް 5000 އަށްވުރެ ގިނަ ބޭނުންކުރާ ފަރާތްތައް މި ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައިވާކަން ފާހަގަކުރެވެއެވެ.

ދިވެހި ޖީޕީޓީއާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް https://dhivehigpt.com އަށް ޒިޔާރަތްކުރެވިދާނެއެވެ.

ކޮމެންޓް
Ahmed Mohamed
ޝުކްރިއްޔާ ޖައިލަމް
17 Jul 2024
Ahmed Mohamed
ޝުކްރިއްޔާ ޖައިލަމް ދިގު ލިޔުން ތަރުޖަމާ ކުރުމަށް ހަދަންވީ ކިހިނެތް؟
17 Jul 2024
ފަތުހު އާދަމް ހަސަން ފުޅު
މިއީ ވަރަންގިނަބަޔަކަ ހުޅުވާލަދިން ރަނުގެ ފުރުސަތެކެވެ ވީމާ އަޅުގަޑުގެފަރާތުން ސުކުރު އަދާކުރާނީ ކޮންމެ ކުރާ ހެޔޮކަމަކަ ފަހު ތިފަރާތަ މިކަހަލަ މުހިންމު ކަންކަމަން ސުކުރީޔާ ތިފަރާތަން
24 May 2025
އިޒްމާ
ދިވެހި ބީޕީޓީ
16 Jul 2026
އިޒްމާ
ބިރުވެރި ވާހަކަ
16 Jul 2026
ގުޅޭ ލިޔުންތައް
07 Sep 2026
ބަލިނުވެ އެލީޓް ސެމީއަށް، އޭއީސީއަށް ތިންވަނަ މޮޅު
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގައި، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ހޮސްޕިޓަލްގެ އެލީޓް ޓީމު ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. އަދި އދ. އޭއީސީ ޓީމުން ވަނީ ތިންވަނަ މޮޅު ހޯދައި މުބާރާތުގައި މުހިންމު މޮޅެއް ހޯދާފައެވެ.
07 Sep 2026
ޗައިނާގެ ބިލްބޯޑުތަކުން އެގައުމުގެ ސައިންސްވެރިންނަށް ޚާއްސަ ޖާގައެއް
ޗައިނާގެ ބޮޑެތި ސިޓީތަކުގައި ހުންނަ ބޮޑެތި ސްކްރީންތަކާއި ބިލްބޯޑުތަކުގައި މީގެކުރިން ދައްކަމުން ދިޔަ ފެޝަން އަދި މޯބައިލް ފޯނުތަކުގެ ވިޔަފާރި އިޝްތިހާރުތައް ނަގައި، ގައުމު ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާކުރި ސައިންސްވެރިންގެ ފޮޓޯތަކާއި މައުލޫމާތު ދައްކަން ފަށައިފިއެވެ.
07 Sep 2026
އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ޔާމީން ދެއްކެވި ވާހަކަތައް ބެލުމަށް އަންގައިފި
ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުން ދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރުމަށާއި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގަވާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
07 Sep 2026
ބައިނަލްއަޤްވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީ އައިދާ
ދިވެހިރާއްޖޭގެ ވޮލީބޯޅައިގެ ތާރީޚުގައި ފަޚުރުވެރި އައު ބާބެއް ލިޔެ، ބައިނަލްއަޤްވާމީ ބީޗް ވޮލީބޯޅަ މުބާރާތެއްގައި ރެފްރީކަން ކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އައިދާ ޢަބްދުލްޙަކީމް ހޯދައިފިއެވެ.
06 Sep 2026
ފަހަތުން އަރައި ޗެލްސީ ބަލިކޮށް އާސެނަލް ފެންވަރު ދައްކާލައިފި
ޗެލްސީ އަތުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އުޅެނީ މެންޗެސްޓަރ ސިޓީއާއެކު ތާވަލްގެ އެންމެ ކުރީގައެވެ. އާސެނަލް އަދި ސިޓީ، މިއިން ކޮންމެ ޓީމަކުން 3 މެޗް ކުލެފައިވާއިރު، ދެޓީމަށްވެސް ލިބިފައިވަނީ 9 ޕޮއިންޓެވެ.
06 Sep 2026
ރާއްޖެއާއި އައިޓީއެފްސީ ދެމެދު 1.5 ބިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގ އެއްބަސްވުމެއްގައި ސޮއިކޮށްފި
މީގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ އެހެނިހެން މުދާ އިމްޕޯޓުކުރުމަށާއި، ރާއްޖެއިން ބޭރުކުރާ އުފެއްދުންތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މާލީ ވުޒާރާއިން ބުންޏެވެ
06 Sep 2026
ދަރިވަރުން މުދައްރިސުންނަށް އިހްތިރާމްކުރުން އޮތީ ބެލެނިވެރިން ދޭ ތަރުބިއްޔަތަކުން
ސްކޫލެއް ކާމިޔާބު ކުރުމަށްޓަކައި އެންމެ ބޮޑު މަސައްކަތެއް ކުރަންޖެހޭ އެއް ބަޔަކީވެސް ބެލެނިވެރިން ކަމަށް ވިދާޅުވިއެވެ. ނަމަވެސް، މަދުން ނަމަވެސް ބެލެނިވެރިންނާއި ސްކޫލާ ދެމެދު އޮންނަންޖެހޭ ގުޅުން ކުޑަވަމުންދާ މަންޒަރު ފެންނަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
06 Sep 2026
ވަށަފަރާއި މުރައިދޫ ބައްދަލުކުރިމެޗް ވަށަފަރަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންގާރަ ދުވަހު ކެލައާ ދެކޮޅަށެވެ. އަދި ވަށަފަރު ނިކުންނާނީ ހަމަ އެދުވަހު ފިނޭއާ ދެކޮޅަށެވެ