ކުޑަ ކުއްޖަކު: ފޮޓޯ/ ގޫގުލް
ހަބަރު
11 May 2025 | 13:13
ރާއްޖޭގެ ކުޑަކުދިންގެ އާަބާދީގެ %2 ދިރިއުޅެނީ ބެލެނިވެރިއަކާ ނުލައި!

ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ 18 އަހަރުން ދަށުގެ ކުޑަކުދިންގެ ތެރެއިން %2 ކުދިން ދިރިއުޅެމުންދަނީ މަންމަ ނުވަތަ ބައްޕައާއި ވެސް ނުލައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. 

ކުޑަކުދިންގެ ދުވަހާއި ގުޅިގެން މޯލްޑިވްސް ބިޔުރޯ އޮފް ސްޓެޓިސްޓިކުން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 2025 ވަނަ އަހަރުގެ، ދިވެހި ކުޑަކުދިންގެ އާބާދީއަކީ 131،154 އެވެ. އެއީ މުޅި އާބާދީގެ 21.8 އިންސައްތަ އެވެ. ކުޑަކުދިންގެ އާބާދީގެ %52 އަކީ ފިރިހެން ކުދިން ކަމުގައި ވާއިރު، އަނެއް %48އަކީ އަންހެން ކުދިންނެވެ. 

2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާަބުތައް ދައްކާގޮތުން، ރާއްޖޭގައި ދިރިއުޅޭ ކުޑަކުދިންގެ އާބާދީގެ %74 ދިރިއުޅެނީ މަންމައާއި ބައްޕައާ އެކުގައެވެ. އަނެއް %22 އިންސައްތަ މަންމަ ނުވަތަ ބައްޕައާއެކު ދިރިއުޅޭއިރު %2 ކުދިން ދިރިއުޅެނީ ބެލެނިވެރިއަކާ ނުލައެވެ. 

ފޮޓޯ/ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

މީގެ އިތުރުން 2023/2024 ގައި ސްކޫލްތަކުގައި 99،300 ކިޔަވަމުންދާއިރު، އޭގެ ތެރެއިން 50،845 ކުދިންނަކީ ފިރިހެން ކުދިންނެވެ. އަދި 48،455 އަކީ އަންހެން ކުދިންނެވެ. 

2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި 3،401 ކުދިންނަކީ ކޮންމެވެސް ކަހަލަ ނުކުޅެދުންތެރިކަމެއް ހުންނަ ކުއްޖެކެވެ. 

ފޮޓޯ/ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ތަފާސް ހިސާބުތައް ދައްކާގޮތުން، 2023 ވަނަ އަހަރު ކުޑަކުދިންނަށް ޖިންސީ އަނިޔާ ކޮށްގެން 218 މައްސަލަ ރިޕޯޓް ކޮށްފައިވެއެވެ. އަދި ޖިސްމާނީ އަނިޔާ ކޮށްގެން 169 މައްސަލަ ހުށަހެޅުނުއިރު، އަޅާނުލައިގެން 57 މައްސަލައެއް ރިޕޯޓް ކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ވައިގެ މަގުން 5212، ކަނޑުމަގުން 1070 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ނުފެނުނު
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްެއެންޑީއެފުން ދެންމެ ބުނެފި އެވެ.
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.