ލޭ ހަދިޔާ ކުރަނީ- ފޮޓޯ/ ފިނޭންސް މިނިސްޓްރީ
ލޭ ހަދިޔާ ކުރަނީ- ފޮޓޯ/ ފިނޭންސް މިނިސްޓްރީ
ހަބަރު 04 Nov 2026 | 09:01

ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައި ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ބާއްވަނީ

ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައި ލޭ ހަދިޔާކުރުމުގެ ޚާއްޞަ ހަރަކާތެއް ބާއްވަން ނިންމައި އެ ހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވެ، ލޭ ހަދިޔާކުރުމަށް މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމްބީއެސް) އިން އާންމުކޮށް ހުޅުވާލައިފިއެވެ.

އެމްބީއެސް އިން ބުނީ، މިއީ އެ ސްކޫލުން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ލޭ ހަދިޔާކުރުމުގެ ކެމްޕޭނުގެ ދަށުން، އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތެއް ކަމަށެވެ. މޯލްޑިވިއަން ބްލަޑް ސާވިސަސް، ބްލަޑް ޑޯނާސް އެމްވީ އަދި ލޭ އެޕް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައެވެ.

މި ހަރަކާތުގައި ލޭ ހަދިޔާކުރެވޭނީ ޝަރުތު ހަމަވާ ކޮންމެ މީހަކަށެވެ. އެގޮތުން ލޭ ހަދިޔާކުރާ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ، ބަރުދަނުގައި މަދުވެގެން 45 ކިލޯ ހުރި، އަދި ސިއްހަތު ރަނގަޅު މީހުން ކަމުގައި ވާންޖެހެއެވެ.

މީގެއިތުރުން އަރިދަފުސް ރޯގާ ނުވަތަ ހުމުގެ އަލާމާތެއް ނެތުމާއި، އެންމެ ފަހުން ލޭ ހަދިޔާކުރިތާ މަދުވެގެން 3 މަސްދުވަސް ވެފައިވުން ހިމެނެއެވެ.

ބައެއް ކަހަލަ ފަރުވާތައް ހޯދާފައިވާ ނުވަތަ ވެކްސިން ޖަހާފައިވާ ފަރާތްތަކުން ލޭ ހަދިޔާކުރުމުގެ ކުރިން މަޑުކުރަން ޖެހިދާނެ ކަމަށާއި، މިފަދަ ކަންކަމުގައި ޝައްކު އުފެދޭ ފަރާތްތަކަށް އެހީތެރިވުމަށް އެތަނުގައި ސްކްރީނިންގ ޓީމެއް ހަރަކާތްތެރިވާނެ ކަމަށްވެސް އެމްބީއެސް އިން މައުލޫމާތު ދެއެވެ.

ލޭ ހަދިޔާކުރަން ދާއިރު އައިޑީކާޑު ގެންދިއުމަށް އިލްތިމާސްކުރަމުން އެމްބީއެސް އިން ބުނީ، ލޭ ބޭނުންވާ ފަރާތްތަކަށް މެދުކެނޑުމެއްނެތި ލޭ ފޯރުކޮށްދިނުމަށް ކޮންމެ ލޭތިއްކަކީ ވެސް މުހިންމު އެއްޗަކަށް ވާތީ، ވީހާވެސް ގިނަ ރަޙުމަތްތެރިން ގޮވައިގެން އައިސް ލޭ ހަދިޔާކުރުމަށް އެދޭ ކަމަށެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަ ލިންކު (https://forms.gle/DWpEeskHYNpuNcCJ8) މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރި ޒުވާނަކު އެދުނީ ކިޔަވާ ކުއްޖެއް ވީމާ ދޫކޮށްލަން
04 Nov 2026 ހަބަރު

މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރި ޒުވާނަކު އެދުނީ ކިޔަވާ ކުއްޖެއް ވީމާ ދޫކޮށްލަން

މާލޭގެ މަޖީދީމަގުގައި ހިންގި މާރާމާރީއެއްގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނަކު، އޭނާއަކީ ކިޔަވާ ކުއްޖެއް ކަމަށާއި ކުރެވެނީ ކުޑަ ތުހުމަތެއް ކަމަށް ބުނެ ބަންދުން ދޫކޮށްލުމަށް އެދުނު ނަމަވެސް، ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރުމަށް އަމުރުކޮށްފިއެވެ.

ސައީދުގެ އިތުބާރު އޮތް ކަމަށް މަޖިލީހުން ފާސްކޮށްފި
04 Nov 2026 ހަބަރު

ސައީދުގެ އިތުބާރު އޮތް ކަމަށް މަޖިލީހުން ފާސްކޮށްފި

ސައީދުގެ އިތުބާރު ނެތް ކަމަށްބުނެ އެމްޑީޕީގެ 13 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި މައްސަލަ ފާސްކުރަން ވޯޓް ދެއްވީ އެންމެ 10 މެންބަރުންނެވެ. ފާސްނުކުރަން 54 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

މާލެސިޓީ ކައުންސިލުގެ ދަށުގައި އޮތް 14 ބިމެއް ދައުލަތަށް ނެގުމާ ދެކޮޅު ގަރާރު ބޭރުކޮށްލައިފި
04 Nov 2026 ހަބަރު

މާލެސިޓީ ކައުންސިލުގެ ދަށުގައި އޮތް 14 ބިމެއް ދައުލަތަށް ނެގުމާ ދެކޮޅު ގަރާރު ބޭރުކޮށްލައިފި

މާލޭ ސިޓީ ކައުންސިލްގެ 14 ބިމެއް ދައުލަތަށް ނެގުމާ ދެކޮޅަށް މީކާއީލް ހުށަހެޅުއްވި ގަރާރު، 52 މެންބަރުންގެ ވޯޓުން މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ތަކުރާރުކޮށް މިސްކިތަށް ބޮޑުކަމުދާ ނައުޝާދު ބަންދުން ދޫކޮށްލުމުން އެނބުރި މިސްކިތަށް
04 Nov 2026 ހަބަރު

ތަކުރާރުކޮށް މިސްކިތަށް ބޮޑުކަމުދާ ނައުޝާދު ބަންދުން ދޫކޮށްލުމުން އެނބުރި މިސްކިތަށް

މިމަހުގެ 10 ވަނަ ދުވަހު ފަތިހު 4:14 ހާއިރު ފުރުގާން މިސްކިތަށް ވަދެ، މިސްކިތަށް ބޮޑުކަމުގޮސް، މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއް ހިންގި މައްސަލައިގައި ނައުޝާދު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ދިނީ 15 ދުވަހެވެ.

ކުރަނީ ހަގީގަތާ ޚިލާފް ތުހުމަތުތަކެއް؛ ރަސްމީ ރޭޓްގައި ޑޮލަރު ދޫކުރި މިންވަރު %80 އިތުރު: ސަޢީދު
04 Nov 2026 ހަބަރު

ކުރަނީ ހަގީގަތާ ޚިލާފް ތުހުމަތުތަކެއް؛ ރަސްމީ ރޭޓްގައި ޑޮލަރު ދޫކުރި މިންވަރު %80 އިތުރު: ސަޢީދު

ޑޮލަރު ރޭޓާއި ގުޅިގެން އެމަނިކުފާނަށް ކުރައްވަނީ ދޮގު ތުހުމަތުތަކެއް ކަމަށާ، ރަސްމީ ރޭޓްގައި މި ސަރުކާރުން ދޫކުރި ޑޮލަރުގެ ނިސްބަތް 80% އިތުރު ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ތެލެސީމިއާ ކުދީންގެ އެލަވަންސްއަށް މަހަކު މިލިއަނެއް, 500 ކުދީންނަށް އެލަވަންސް
30 Sep 2026 ހަބަރު

ތެލެސީމިއާ ކުދީންގެ އެލަވަންސްއަށް މަހަކު މިލިއަނެއް, 500 ކުދީންނަށް އެލަވަންސް

ތެލެސީމިއާގެ ހާލަތު ތަހައްމަލުކުރަމުންދާ ކުދިންނަށް ދައުލަތުން ދެމުން އަންނަ މާލީ އިނާޔަތް މަހަކު 2،000 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު މިހާރު 500 އަށް ވުރެ ގިނަ ކުދިންނަށް މި އެލަވަންސް ލިބެމުންދާ ކަމަ...

އެންސްޕާގައި ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
04 Aug 2026 ހަބަރު

އެންސްޕާގައި ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ޖޫންމަހު ތެލަސީމިއާ ފަރާތްތަކުގެ ގޮތުގައި ރަޖިސްތްރީކުރި އަދަދު އިތުރުވެއްޖެއެވެ. އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫންމަހު ތެލަސީމިއާ ފަރާ...

ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޭގެ ނިއުކްލިއިކް އެސިޑް ޓެސްޓިން ފަށައިފި
23 Jul 2026 ހަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޭގެ ނިއުކްލިއިކް އެސިޑް ޓެސްޓިން ފަށައިފި

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މޯލްޑިވްސް ބްލަޑް ސަރވިސަސްގައި ނިއުކްލިއިކް އެސިޑް ޓެސްޓިން (އެންއޭޓީ) ގެ ޚިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ފަށައިފިއެވެ. އެންއޭޓީ އަކީ ހަދިޔާކުރާ ލޭގަ...