އައިޔޫއެމް ލީގަލް ކްލިނިކް
އައިޔޫއެމް ލީގަލް ކްލިނިކް
ހަބަރު 16 Jun 2026 | 12:59

އައިޔޫއެމްގެ"ލީގަލް ކްލިނިކް" އިފްތިތާޙްކޮށްފި؛ ހިލޭ ގާނޫނީ އެހީތެރިކަން ލިބޭނެ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ އަހަރީ ދުވަހުގެ މުނާޞަބަތުގައި "އައިޔޫއެމް ލީގަލް ކްލިނިކް" ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

މިއީ އެ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯގެ ފަރާތުން އިންތިޒާމުކޮށްގެން ހުޅުވި ކްލިނިކެކެވެ. މި ކްލިނިކް ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ ޤާނޫނީ ވަކީލަކަށްވުމަށް ބޭނުންވާ ދަރިވަރުން ތަމްރީންކުރުމާއި، ރާއްޖޭގައި ވަކާލާތުކުރުމުގެ ލައިސަންސް ލިބިފައިވާ ޤާނޫނީ ވަކީލުންގެ އިރުޝާދުގެ ދަށުން ޢާންމުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. ޒަމާނީ ވަޞީލަތްތަކާއެކު ޤާއިމްކޮށްފައިވާ މި ކްލިނިކަކީ ޢާންމު ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

އައިޔޫއެމް ލީގަލް ކްލިނިކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި، އެކިއެކި މައްސަލަތަކުގައި ޤާނޫނީ ލަފާ ދިނުމާއި، މައްސަލަތަކާ ގުޅޭ ލިޔުންތަކާއި ފޯމުތައް ތައްޔާރުކުރުން ހިމެނެއެވެ. މީގެ އިތުރުން، އެކި ބާވަތުގެ އެއްބަސްވުންތައް އެކުލަވާލުމާއި، ޕަވަރ އޮފް އެޓަރނީ ފަދަ ލިޔުންތައް ތައްޔާރުކޮށްދިނުމުގެ ޚިދުމަތްވެސް މި ކްލިނިކުން ލިބިގެންދާނެއެވެ.

ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ކަމަކީ، މި ހުރިހާ ޚިދުމަތްތަކަކީވެސް އެއްވެސް ފީއެއް ދައްކަން ނުޖެހޭ، މުޅިން ހިލޭ ޢާންމުންނަށް ހުޅުވާލެވިފައިވާ ޚިދުމަތްތަކެއް ކަމެވެ.

މި ކްލިނިކްގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތާ ގުޅޭގޮތުން ޔުނިވަރސިޓީން މަޢުލޫމާތު ދޭ ގޮތުގައި، ޢާންމު ފަރާތަކުން ޤާނޫނީ އެހީތެރިކަން ބޭނުންވާ މައްސަލައެއް ހުށަހެޅުމުން، އެ މައްސަލަ ދިރާސާކުރުމަށްޓަކައި ތަޖުރިބާކާރު ޤާނޫނީ ވަކީލެއްގެ ބެލުމުގެ ދަށުން ދަރިވަރުންގެ ޓީމެއް ޢައްޔަންކުރެވޭނެއެވެ. އަދި އޭގެ ފަހުން ޤާނޫނީ ވަކީލާއެކު ބައްދަލުވުން އިންތިޒާމްކޮށްމައްސަލަ ހުށަހެޅި ފަރާތާއެކު އައިޔޫއެމް ލީގަލް ކްލިނިކްގައި ބައްދަލުކޮށް ޤާނޫނީ ލަފާދެވޭނެއެވެ.

މިއީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ޢާންމުންނަށް އެ ޔުނިވަރސިޓީގެފަރާތުން ހުޅުވާލެވިގެންދާ ފަހި ފުރުޞަތެކެވެ.

އައިޔޫއެމް ލީގަލް ކްލިނިކަށް މައްސަލައެއް ހުށަހަޅަން ބޭނުންނަމަ، އެކަމަށްޓަކައިޙާއްސަކޮށްފައިވާ ގޫގްލް ފޯމް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެއެވެ.

.https://forms.gle/Mp4e9ej2w9gfdPX6A

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހަފްތާއެއް ކުރިން އިއުލާންކޮށްގެން މާފުށީގައި ހެލޯވީން ފާހަގަކުރިއިރު ކައުންސިލްއިން ބުނީ ”ނޭނގޭ“ ކަމަށް
05 Nov 2026 ހަބަރު

ހަފްތާއެއް ކުރިން އިއުލާންކޮށްގެން މާފުށީގައި ހެލޯވީން ފާހަގަކުރިއިރު ކައުންސިލްއިން ބުނީ ”ނޭނގޭ“ ކަމަށް

ލޯކަލް ޓޫރިޒަމް އެންމެ ފައްކާވެފައިވާ އެއް ރަށް، ކ. މާފުށީގައި ކްރިސްޓިއަން ދީނުގެ މީހުންގެ ހެލޯވީން ފާހަގަކުރާނެކަން އިއުލާންކޮށް، އެކަން ކޮށް ނިމުނުއިރުވެސް ކައުންސިލްއަށް އެކަމާ ބެހޭ މައުލޫމާތު ”ނޭނގޭ“ ކަމަށް ބުނެފިއެވެ.

އައިޔޫއެމްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި
05 Nov 2026 ހަބަރު

އައިޔޫއެމްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

މި ރަސްމިއްޔާތު ބޭއްވިގެންދިޔައީ މިއަދު އައިޔޫއެމްގައެވެ.

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް ލިބިފައިވާ 48 ބިމެއް ވިއްކާލަން އިއުލާންކޮށްފި
05 Nov 2026 ހަބަރު

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް ލިބިފައިވާ 48 ބިމެއް ވިއްކާލަން އިއުލާންކޮށްފި

ހައުސިންގ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ބިންތައް ގަތުމުގެ ފުރުސަތު ލިބިގެންދާނީ އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި، އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކުގެ ތެރެއިން ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށެވެ.

ކޮންމެ ގައުމަކަށްވެސް އަމިއްލަ ތަރައްގީގެ މިސްރާބު ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު އޮންނަންވާނެ: ނައިބު ރައީސް
05 Nov 2026 ހަބަރު

ކޮންމެ ގައުމަކަށްވެސް އަމިއްލަ ތަރައްގީގެ މިސްރާބު ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު އޮންނަންވާނެ: ނައިބު ރައީސް

ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ، އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ އެގްޒެކެޓިވް ސެޝަން 2 ގައި އެމަނިކުފާނު ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ، ކޮމަންވެލްތުން ވިލުންތެރި ބައިވެރިވުންތަކަށް އިސްކަންދޭނެ ތިން ދާއިރާއެއް ފާހަގަކޮށްފައެވެ.

މ. މުއްޔަށް ޑްރަގް އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށް ބަންދު ޖަހައިފި
05 Nov 2026 ހަބަރު

މ. މުއްޔަށް ޑްރަގް އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށް ބަންދު ޖަހައިފި

މ. މުއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިދީފިއެވެ.

ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި
05 Nov 2026 ހަބަރު

ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި

އެގޮތުން، ޝާހިދުގެ ފަރާތުން ހުށަހެޅި މި އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން ބަލައިގަނެ މިއަދު ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ކުޑަކުދިންނަށް ދިވެހިބަސް ދަސްކޮށްދޭ ޚާއްޞަ އެޕްލިކޭޝަން "އަކުރު ފިލި" ތަޢާރަފްކޮށްފި؛ ހިލޭ ބޭނުން ކުރެވޭނެ
05 Nov 2026 ހަބަރު

ކުޑަކުދިންނަށް ދިވެހިބަސް ދަސްކޮށްދޭ ޚާއްޞަ އެޕްލިކޭޝަން "އަކުރު ފިލި" ތަޢާރަފްކޮށްފި؛ ހިލޭ ބޭނުން ކުރެވޭނެ

ރޯމް ދުނިޔެ އިން މައުލޫމާތު ދިން ގޮތުގައި މިއީ މުޖުތަމަޢަށް އަގުހުރި ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ތައްޔާރުކޮށްފައިވާ އެޕެކެވެ. މި އެޕް ބޭނުންކުރުމަށް އެއްވެސް އެކައުންޓެއް ހަދަން ނުޖެހޭއިރު، އެއްވެސް ބާވަތެއްގެ އިޝްތިހާރެއް ވެސް މި އެޕްގައި ނުހިމެނެއެވެ. އެހެންކަމުން މިއީ ކުދިން އެކަނި ކިޔަވަންވެސް ރައްކާތެރި އެޕެކެވެ.

65 އަހަރު ފުރުމަށް ފަހުވެސް ޕެންޝަން ފައިސާ ބޭނުންކޮށްގެން ޙައްޖަށް ދިއުމަށް މިހާރު ޖާގަ ރިޒާވްކުރެވޭނެ
05 Nov 2026 ހަބަރު

65 އަހަރު ފުރުމަށް ފަހުވެސް ޕެންޝަން ފައިސާ ބޭނުންކޮށްގެން ޙައްޖަށް ދިއުމަށް މިހާރު ޖާގަ ރިޒާވްކުރެވޭނެ

ޢުމުރުން 65 އަހަރު ހަމަވާ ފަހުންވެސް ރިޓަޔަރމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ފަރުޟު ޙައްޖުވުމަށް ބޭނުންކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދު ގެޒެޓުކޮށް، އެއަށް ޢަމަލުކުރަން ފަށައިފިއެވެ.