ޯވޯޓުތައް އަލުން ގުނަން އެދުމަކީ ކުޅިވަރަކަށް ނަހަދާ: އީސީ
މަޖިލިސް އިންތިޚާބުގެ ވޯޓުތައް އަލުން ގުނަން ހެދުމަކީ ކުޅިވަރަކަށް ނެހެދުމަށް ކެނޑިޑޭޓުންގެ އަރިހުން އިލެކްޝަންސް ކޮމިޝަނުން އެދިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުތައް އަލުން ގުނުމަށް ގިނަ ކެނޑިޑޭޓުން އެދެމުންދާ ކަމަށާއި ނަމަވެސް ނަތީޖާއަށް ބަދަލު އަންނަވަރުގެ ކަމެއް ފާހަގަ ނުކުރަނީސް އެކަމެއް ނުކުރާނެކަމަށެވެ.
އީސީން ވަނީ ވޯޓުތައް އަލުން ގުނަން އެދުމަކީ ކުޅިވަރަކަށް ނެހެދުމަށްވެސް އެދިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އީސީން ވަނީ މިހާތަނަށް ފަސް ދާއިރާއެއްގެ ފޮށީގެ ސެކިއުރިޓީ ސީލް ކެނޑުމަށް ފަހު ވޯޓު ގުނާފައެވެ. ނަަމަވެސް އެ ފަސް ދާއިރާއަށް އިންތިޚާބުވި ކެންޑިޑޭޓުންނަށް ވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް