ރައީސް ޔާމީން އަންނަ މަހު ދެކުނުގެ އަތޮޅުތަކަށް ވަޑައިގަންނަވަނީ
އަންނަ ނޮވެމްބަރުމަހު ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ދެކުނުގެ ބައެއް އަތޮޅުތަކަށް ވަަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީން ދެން އެންމެ އަވަހަށް ވަޑައިގަންނަވާނީ ނ.އަތޮޅުގެ ރަށްތަކަށްކަމަށެވެ.
އެގޮތުން އެ އަތޮޅުގެ ކެނދިކުޅުދޫ، މަނަދޫ، ހޮޅުދޫ، ވެލިދޫ، މިލަދޫ އަދި މަގޫދޫ ވަރަށް އަވަހަށް ވަޑައިގަންނަވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
ނ އަތޮޅުގެ ދަތުރަށް ފަހު ކުރިއަށް އޮތް ނޮވެމްބަރު މަހު މ ގދ. އަތޮޅުގެ ރަށްތަކަށާއި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށްވެސް ރައީސް ޔާމީން ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ހީނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ދެކުނުގެ ރަށްތަކަށް ދަތުރުކުރައްވަން ތައްޔާރުވަމުންދާއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ދެކުނުގެ ރަށްތަކުން ވަރަށް ބޮޑަށް ތައްޔާރުވަމުންދާކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް