ޒުވާނުންގެ އެވޯޑު ރައީސް ސޯލިހު ހަވާލުކޮށްދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް
ޒުވާނުންގެ އެވޯޑު ރައީސް ސޯލިހު ހަވާލުކޮށްދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު 23 Oct 2022 | 18:34

މި އަހަރުގެ ޒުވާނުންގެ އެވޯޑު 10 ފަރާތަކަށް ދީފި

ޤައުމުގެ ކުރިއެރުމާ، މުޖުތަމަޢުގެ ލާބައާއި މަންފާއަށް ޒުވާނުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް، ޤައުމީ ފެންވަރުގައި ޒުވާނުންނަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު 10 ފަރާތަކަށް ދީފިއެވެ.

ޒުވާނުންގެ އެވޯޑް ލިބުނު ފަރާތްތަކަށް، އެވޯޑް ހަވާލުކޮށްދެއްވީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ޔޫތު ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.

މިއަހަރުގެ ޒުވާނުންގެ އެވޯޑު 9 ދާއިރާއަކުން ޙާސިލްކުރި ޒުވާނުންނަށާއި، ނޭޝަނަލް ޔޫތު ވޮލަންޓިއަރ ޕްރޮގްރާމްގެ ތެރެއިން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް ދެއްވާ ޚާއްސަ އިނާމު ލިބުނު ފަރާތަށް ވަނީ އެވޯޑްދީފައެވެ.

ޒުވާނުންގެ އެވޯޑު ހަފްލާގައި ރައީސްގެ ދެ ކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ/ ފޮޓޯ: ރައީސް އޮފީސް 

ޒުވާނުންގެ އެވޯޑު ލިބުނު ފަރާތްތައް

* ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިން މުޙައްމަދު ޖައިލަމް، ޝާދީވިލާ/ ގދ.ފިޔޯރީ

* އަރޓް-ފަންނުވެރި ކަމުގެ ދާއިރާއިން، ޢަބްދުﷲ ޝަފީޢު، ހިސާން/ ހދ.ވައިކަރަދޫ

* ކުޅިވަރަށް ޚިދުމަތްކުރުމުގެ ދާއިރާއިން، ނީޝާ ޚަލީމް، މއ.ކޮކޯމާ/ ކ.މާލެ

* ދަރުމަވެރިކަމުގެ ދާއިރާއިން ފިރާޝާ މުޙައްމަދު، ރިލީފް/ ހދ.ހަނިމާދޫ

* ވޮކޭޝަނަލް ޓްރެއިނިން ދަސްކޮށްދިނުމުގެ ދާއިރާއިން އިބްރާޙިމް ޝަރީފް ޙަސަން، އުރަހަ/ ޅ.ހިންނަވަރު

* ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ ދާއިރާއިން، ޢަބްދުﷲ ޝަހުނީޒް، އޯކިޑުމާގެ/ ނ.ޅޮހި

* ދިވެހިބަހާއި ސަޤާފަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން، ޢަލީ އާމިރު، ލަކީސްޓަރ/ ދ.ބަނޑިދޫ

* މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާއިން، އާފިރު މުޙައްމަދު، އައްސޭރިވިލާ/ ގދ.ރަތަފަންދޫ

* ދަނޑުވެރިކަމުގެ ދާއިރާއިން، ޢަލީ ރަޝީދު، އައްސޭރިވިލާ/ ގދ.ރަތަފަންދޫ

ޒުވާނުްގެ އެވޯޑު ހަފްލާގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް 

މިއަހަރުގެ ޒުވާނުންގެ އެވޯޑަށް ތަފާތު 18 ދާއިރާއަކުން ކުރިމަތިލުމަށް ހުޅުވާލިނަމަވެސް، އެވޯޑް ދީފައިވަނީ 9 ދާއިރާއަކުންނެވެ.

އެވޯޑް ލިބުނު ފަރާތްތައް ހޮވާފައިވަނީ އެކަމަށް ޚާއްސަ ކޮމިޓީއަކުންނެވެ.

އެވޯޑް ދިނުމުގައި ޒުވާނެއްގެ ޙައިސިއްޔަތުން ކުރަމުން އަންނަ މަސައްކަތްތަކާއި، މުއްދަތާއި، އެކަމުގެ ސަބަބުން މުޖުތަމަޢަށް ކުރާ މަންފާއާއި މަސައްކަތުން ނަތީޖާ ޙާސިލްވާ މިންވަރަށް ވަނީ ބަލާފައެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރުމަހުގެ 22 ވަނަ ދުވަސް، ޒުވާނުންގެ ދުވަހުގެ ގޮތުގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަނޑައެޅުއްވީ 19 ޑިސެމްބަރު 2019 ގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.