ބޮޑު ރެއެއް؛ ފައްޔައަށް ތާއީދުކޮށް މަޑަވެލީން 400 މީހުން އެމްޑީޕީއާ ގުޅިއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އެމްޑީޕީގެ ރިޔާސީ ރޭހުގައި އެންމެ ބޮޑު ތާއީދެއް ހޯދާނެ ކަމަށް ބެލެވޭ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް (ފައްޔަ) އަށް ތާއީދު ގދ. މަޑަވެލީން ގިނަ އަދަދެއްގެ ބަޔަކު އެމްޑީޕީއާ ގުޅިއްޖެ އެވެ.
އެ މީހުން އެމްޑީޕީއާ ގުޅުމަށް މިރޭ ވަނީ ހާއްސަ ހަފްލާއެއްް ބާއްވާފަ އެވެ. އެ ހަފްލާގައި ވަނީ އެމްޑީޕީއާ ގުޅުނު މަޑަވެލީގެ އިސް މީހުން ބައިވެރިވެފަ އެވެ. އެ މީހުން ބުނީ ފައްޔައަށް ތާއީދުކޮށް އެ ރަށުން 400 މީހުން އެމްޑީޕީއާ ގުޅިފައިވާ ކަމަށެވެ.

އެ މެންބަރުންނާއި ފައްޔަ ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި އެ ހުރިހާ މެންބަރުންނަށް މަރުހަބާ ދަންނަވާ އެމްޑީޕީއާ ގުޅުމުން ޝުކުރު އަދާކުރެއްވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އެންމެ ފުރަތަމަ ފާޅުކުރެއްވީ ފައްޔަ އެވެ. ރައީސް ނަޝީދު ވަނީ ފައްޔައަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާފަ އެވެ.

އެއާއެކު ވަރަށް ގިނަ ބަޔަކު ދަނީ ފައްޔައަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި ކުރީގެ ކެބިނެޓް މިނިސްޓަރުންނާއި ޕާޓީގެ އިސްއެކްޓިވިސްޓުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް