އެމްއެންޔޫ ފުޓްސަލް ފިއެސްޓާގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖެއްސުން
އެމްއެންޔޫ ފުޓްސަލް ފިއެސްޓާގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖެއްސުން
ކުޅިވަރު 28 Apr 2026 | 15:25

އެމްއެންޔޫ ފުޓްސަލް ފިއެސްޓާގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޓަރ ކޮލެޖް ޔުނިވަރސިޓީ ފުޓްސަލް މުބާރާތް، އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2026 ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖައްސައިފިއެވެެ.

މިކަމަށްޓަކައި މިއަދު ވަނީ ވޮއިސް އާއި އެމްއެންޔޫ ސްޓޫޑެންޓްސް އެސޯސިއޭޝަނާ ދެެމެދު އެއްބަސްވުން ގާއިމްކޮށްފައެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާއަކީ މަތީ ތައުލީމްދޭ ތަންތަނަށް އަމާޒުކޮށް ހުޅުވާލައިގެން ބާއްވާ އެންމެ ފޯރިގަދަ މުބާރާތެވެ. މި މި މުބާރާތް އިންތިޒާމްކުރުމުގެ މައިގަނޑު މަޣްސަދަކީ، ދިވެހިރާއްޖޭގައި މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން، ހުނަރުވެރި ފުޓްސަލް ކުޅުންތެރިންތަކެއް ބިނާކުރުމެވެ.

މި މުބާރާތަކީ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން އިންތިޒާމުކޮށް 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.

މިދިޔަ ފަހަރު ބޭއްވި ފުޓްސަލް ފިއެސްޓާގައި 27 ޓީމަކުން ވާދަކުރިއިރު، މިފަހަރުގެ މުބާރާތުގައި 31 ޓީމް ވާދަކުރާނެއެވެެ. އޭގެ ތެރޭގައި ހިމެނެނީ، ފިރިހެނުންގެ 20 ޓީމާއި އަންހެނުންގެ 11 ޓީމެވެ. މިފަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއިމަހުގެ އެއްވަނަ ދުވަހުއެވެ. މުބާރާތުގެ މެޗްތައް ކުރިއަށްދާނީ ހުޅުމާލޭ ރެހެނދި ފުޓްސަލް ދަނޑުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

ޑރ. ޝެހެނާޒް އެދިލެއްވީ ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
07 Oct 2026 ހަބަރު

ޑރ. ޝެހެނާޒް އެދިލެއްވީ ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް

ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އިލްތިމާސްކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ...

ކިޔަވައިދިނުމުގެ ފެންވަރު މަތިކޮށް، އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
07 Oct 2026 ހަބަރު

ކިޔަވައިދިނުމުގެ ފެންވަރު މަތިކޮށް، އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމ...