އެމްކިއުއޭ އެޑްވައިޒަރީ ބޯޑުގެ ބައްދަލުވުމެއް... ފޮޓޯ: އެމްކިއުއޭ
އެމްކިއުއޭ އެޑްވައިޒަރީ ބޯޑުގެ ބައްދަލުވުމެއް... ފޮޓޯ: އެމްކިއުއޭ
ހަބަރު 17 Jun 2025 | 02:26

ފޭކް ސަނަދުތަކުގެ މައްސަލަ ކަންބޮޑުވާވަރަށް އިތުރުވެއްޖެ: އެމްކިއުއޭ

ފޭކް ސަނަދުތައް ދައުރުވަމުންދާ މައްސަލަ މިހާރު ކަންބޮޑުވާވަރަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ހާމަކޮށްފިއެވެ.

އަސްލެއްނެތް ސަނަދުތަކުގައި އަސްލެއްކަމަށް އަންގައިދޭ ތަތްގަނޑު ޖަހައިގެން ބޭނުންކުރަމުންދާ މައްސަލަތަކެއް މިދިޔަ ދެ އަހަރެއްހާދުވަހުވެސް ފެންމަތިވިއެވެ. އެގޮތުން 2023 އަހަރުގެ ތެރޭގައި ފޭކް އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓްތައް ހެދި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މިކަމާ ގުޅިގެން އޭރު، އެމްކިއުއޭއިން ވަނީ އެކަމަށް ސަމާލުވުމަށް އެދި ބަޔާނެއްވެސް ނެރެފައެވެ.

ފޭކް ސަނަދުތަކުގެ މައްސަލާގައި ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވިދާޅުވެފައިވަނީ، މި ފަހަކަށް އައިސް ކަންބޮޑުވާވަރަށް ފޭކް ސަނަދުތަކުގެ މައްސަލަ އިތުރުވަމުން އަންނަކަން ފާހަގަކުރެވޭކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް އެމްކިއުއޭއަށް ފޭކް ސަނަދުގެ 5 މައްސަލައެއް އަދި އަހަރުގެ މިހާތަނަށް ހަތަރު މައްސަލައެއް ހުށަހެޅިފައިވާކަމަށާއި، އެހާވަރަށް އެ އޮތޯރިޓީއަށް އެ މައްސަލަ އަންނާނީ މުޖުތަމައުގައި ފޭކް ސަނަދުތައް މުޖުތަމައުގައި ދައުރުވާތީކަމަށެވެ.

އޭނާ ވިދާޅުވީ މިހާރުވެސް ފޭކު ސަނަދާ ގުޅޭގޮތުން ހަފްތާއަކު މަދުވެގެން މައްސަލައެއް ރިޕޯޓްކުރާކަމަށާއި، ފޭކް ސަނަދުތަކާ ގުޅޭގޮތުން އެމްކިއުއޭއަށް ލިބުނު މައްސަލަތައް ބެލުމަށް ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާކަމަށެވެ. މިފަދަ މައްސަލަތައް ފުލުހުންގެ އިދާރާއަށް ފޮނުވިނަމަވެސް، މައްސަލަ ބެލުމުގައި ފުލުހުންގެ މުއައްސަސާއިން މައްސަލަ ލަސްވަމުންދާކަން ފިޒާނާ ވަނީ ފާހަގަކުރައްވާފައެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭއިން ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ ތަންތަނުން ދޫކުރާ ސެޓިފިކެޓްތަކުގައި "ރިކޮގްނިޝަން" ތަތްގަނޑުޖެހުން 2016 ވަނަ އަހަރު ހުއްޓާލާފައެވެ. އެއާއެކު ދަރިވަރަކު އެއްކޮލެޖުން އަނެއް ކޮލެޖަށް ވަނުމަށް ހުށަހަޅާ ތައުލީމީ ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ޖަހަމުންދަނީ އެސެސްޓޭޝަން ތަތްގަނޑެކެވެ. ގިނަ ފަހަރަށް އެ ސެސްޓޭޝަން ތަތްގަނޑު ޖަހައިދެނީ ކޮންމެވެސް ލޯޔަރެކެވެ.

މިހާރަކަށް އައިސް ފޮޓޯކޮޕީ ނަގައިދޭ ބައެއް ތަންތަނުންނާއި ގުޅާލުމުން އެމީހަކު ހުރިތަނަށް އައިސް އެސެސްޓޭޝަން ތަތްގަނޑު ޖަހައިދޭ މީހުން އުޅޭއިރު، ފޯޖްކޮށްފައި ހުންނަ ސެޓްފިކެޓްގައި އެ ތަތްގަނޑު ޖަހައި ހުށަހެޅުމުން އެއީ ރަނގަޅު ސެޓްފިކެޓެއްތޯ ކޮލެޖްތަކަށް ކަށަވަރުކުރެވޭނެ ގޮތެއް ނޯވެއެވެ.

ފިޒާނާ ވިދާޅުވީ އެބީދައިން ދައުރުވާ ސަނަދުތައް ވަރަށްގިނައިން ހުންނާނެކަން ގަބޫލުކުރެވޭކަމަށާއި، އަސްލެއްނެތް ސަނަދުތައް ބޭނުންކޮށްގެން ވަޒީފާގައި ތިބި މީހުންގެ އަދަދު ގިނަވާނޭކަމަށް މިހާރު ބެލެވޭކަމަށެވެ. ފިޒާނާ ވިދާޅުވީ މިހާރު ކޮލެޖްތަކުންވެސް ކޯހަށް ވަނުމަށް ދަރިވަރުން ހުށަހަޅާ ސަނަދުތައް އަސްލުތޯ ބެލުމަށް ހުށަހަޅަމުންދާ ކަމަށާއި، އެގޮތަށް ހުށަހެޅޭ ސަނަދުތަކުންވެސް ފޭކް ސަނަދުތައް ފެންނަމުންދާ މިންވަރު އިތުރުވަމުންދާކަމަށެވެ.

"ކޮލެޖްތަކުގެ ޕްރޮގްރާމް އޮޑިޓުންވެސް ފޭކް ސަނަދުތަކުގެ މައްސަލަ އެބަ ފާހަގަވޭ. ތަންތަނުން ހުށަހަޅާ މިފަދަ ސަނަދުތަކުގައި އޮޅުވާލުން ހިމެނޭނަމަ އަޅުގަނޑުމެން އެ ސަނަދެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅަން" ފިޒާނާ ވިދާޅުވިއެވެ.

ފޭކް ސަނަދަށް ބިނާކޮށް އޭގެ މައްޗަށްހުރި ޕްރޮގްރާމްތައް ފުރިހަމަކުރިނަމަވެސް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އުސޫލްތައް އޮންނަގޮތުން ކިޔެވި ހުރިހާ ޕްރޮގްރާމެއްގެ ސެޓްފިކެޓްތައް ބާތިލްވާނެއެވެ. އެމްކިއުއޭއިން ވަނީ މިގޮތަށް ފާހަގަކުރެވުނު ބައެއް މީހުންގެ ސެޓްފިކެޓްތައް ބާތިލްކޮށް އެފަދަ މައްސަލަތައް ބެލުމަށްވެސް ފުލުހުންނަށް ހުށަހަޅާފައެވެ. ނަމަވެސް ފުލުހަށް ހުށަހަޅާ މިފަދަ މައްސަލަތައް ލަސްވަމުންދާތީ އެމްކިއުއޭއިން ވަނި ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި
06 Nov 2026 ހަބަރު

ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި

ދިވެހިރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނި ކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި މައްސަލަ، ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

އައިއޭޔޫގެ އެޑްމިނިސްޓްރޭޓިވް ބޯޑަށް އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އިންތިޚާބުވެވަޑައިގެންފި
06 Nov 2026 ހަބަރު

އައިއޭޔޫގެ އެޑްމިނިސްޓްރޭޓިވް ބޯޑަށް އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އިންތިޚާބުވެވަޑައިގެންފި

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޔުނިވަރސިޓީސް (އައިއޭޔޫ) ގެ އެޑްމިނިސްޓްރޭޓިވް ބޯޑުގެ ފުލް މެންބަރެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އިންތިޚާބުވެވަޑައިގެންފިއެވެ. ޑރ. ޝެހެނާޒް މި މަޤާމަށް އިންތިޚާބުވެވަޑައިގެންނެވީ 2026 އިން 2030 ގެ ދައުރަށެވެ.

ދީނީ ޢިލްމު ނެތި ފަތުވާދީ، ޅަ ސިކުނޑިތައް ތަޣައްޔަރުކުރާ މައްސަލައަށް ޙައްލު ހޯދަންޖެހޭ: ދިފާއީ ވަޒީރު
06 Nov 2026 ހަބަރު

ދީނީ ޢިލްމު ނެތި ފަތުވާދީ، ޅަ ސިކުނޑިތައް ތަޣައްޔަރުކުރާ މައްސަލައަށް ޙައްލު ހޯދަންޖެހޭ: ދިފާއީ ވަޒީރު

ވަޒީރު ވިދާޅުވީ، މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އިސްލާމީ އެއްވެސް މަދުރަސާއަކުން ނުވަތަ ޔުނިވަރސިޓީއަކުން ދީނީ ޢިލްމު ޙާޞިލުނުކޮށް ތިބޭ ފަރާތްތަކުން އަމިއްލައަށް ފަތުވާ ނެރެ، މުޖުތަމަޢުގެ ޅަދަރިންގެ ވިސްނުން ކިލަނބުކުރަމުން ދިޔުން ކަމަށެވެ

ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ ހިދުމަތާއި ސްޓެލްކޯއިން ހަވާލުވެއްޖެ
05 Nov 2026 ހަބަރު

ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ ހިދުމަތާއި ސްޓެލްކޯއިން ހަވާލުވެއްޖެ

މި ބަދަލާ ގުޅިގެން އެންމެ ފަހު ރަށެއްގެ ގޮތުގައި ހިދުމަތާއި ހަވާލުވެ، ސްޓެލްކޯގެ ދިދަ ނަގާފައިވަނީ ލ. ފޮނަދޫގަ އެވެ.

ހިޔާވަހި ލޯން ލިބުނު ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ރައީސް އަރިހަށް، ލިބުނީ ރައީސް ކަނޑައެޅުއްވި ގޮތަކަށް ނޫން
05 Nov 2026 ހަބަރު

ހިޔާވަހި ލޯން ލިބުނު ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ރައީސް އަރިހަށް، ލިބުނީ ރައީސް ކަނޑައެޅުއްވި ގޮތަކަށް ނޫން

މީގެ އިތުރުން ލޯނު ހަމަޖެހުނުތާ އެތައް ދުވަހެއްވީއިރުވެސް ލޯނު ނުލިބި ލަސްވުމުން އެކަމުގެ ކަންބޮޑުވުން ވެސް ހިއްސާކުރި އެވެ.

ކޮރަޕްޝަން ތަހުގީގުކުރާނެ މީހުން ބިނާކުރަން އަންނަ އަހަރު ޑިޕްލޮމާ ކޯހެއް ފަށަނީ
04 Nov 2026 ހަބަރު

ކޮރަޕްޝަން ތަހުގީގުކުރާނެ މީހުން ބިނާކުރަން އަންނަ އަހަރު ޑިޕްލޮމާ ކޯހެއް ފަށަނީ

(އެމްނާކާ) ގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ޠައްޔިބު ވިދާޅުވީ، ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހަކީ މި ދާއިރާއަށް ޚާއްޞަވެގެން ތަމްރީނު ލިބިފައިވާ އިންވެސްޓިގޭޓަރުން މަދުވުން ކަމަށެވެ. އެހެންކަމުން މިކަމަށް ހައްލެއް ގެނައުމަކީ، ދައުލަތުގެ ޢަދުލުގެ ނިޒާމަށާއި މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރިކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ

ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް އެވިޑް ކޮލެޖުން ސަނަދު ދޫކުރި މައްސަލައެއް
22 Jun 2026 ހަބަރު

ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް އެވިޑް ކޮލެޖުން ސަނަދު ދޫކުރި މައްސަލައެއް

އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައެއްގައި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން އެ ކޮލެޖު ޖޫރިމަނާކޮށްފިއެވެ. އެމްކިޔުއޭ އިން ނެރުނު ނ...

އެވިޑް ކޮލެޖުން އުސޫލްތަކާ ހިލާފަށް ލަންކާގައި ކޯސްތަކެއް ހިންގި މައްސަލައެއް
03 Jan 2026 ހަބަރު

އެވިޑް ކޮލެޖުން އުސޫލްތަކާ ހިލާފަށް ލަންކާގައި ކޯސްތަކެއް ހިންގި މައްސަލައެއް

ރާއްޖޭގެ އަމިއްލަ ކޮލެޖެއްކަމަށްވާ އެވިޑުން އަވައްޓެރި ލަންކާގައި ޤަވާއިދާހިލާފަށް ކޯސްތަކެއް ހިންގި މައްސަލައެއް ފެންމަތިވެއްޖެއެވެ. މިކަމާ ގުޅޭގޮތުން މޯލްޑިވްސް ކޮލިފިކެޝަން އޮތީރިޓީން ނެރުނު ބަޔާނެ...