އިންތިޚާބަށްފަހު ރައީސް ޔާމީން ފުރަތަމަ ފަހަރަށް އަތޮޅުތެރެއަށް!
މިިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވެ ވަޑައިގެން ބަލިވެ ވަޑައިގަތްފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުރަތަމަ ފަހަރަށް އަތޮޅު ތެރެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފިއެވެ.
މިއަދު މެންދުރުފަހު އެމަނިކުފާނާއި ޕްރޮގްރެސިވް ކޯލިޝަންގެ އިސްބޭފުޅުން ފުރާވަޑައިގެންފައިވަނީ އދ.އަތޮޅުގެ ބައެއް ރަށްތަކަށެވެ.
އެގޮތުން މިބޭފުޅުން ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވަނީ އދ.މަހިބަދޫ, ކުނބުރުދޫ، ދިގުރަށް، އަދި ދަނގެއްްޗަށެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް އަދި މިހާރު ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ޑރ.މުހައްމަދު ޖަމީލު ބައިވެރިވެ ވަޑައިގަންނަވައެވެ.
މި ދަތުރުގެ އަމާޒަކީ އަންނަ ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ޕީޕީއެމް އަދި ޕީއެންސީއަށް ތާއިދު އިތުރުކުރުންކަމަށް އިދިކޮޅު ފަރާތްތަކުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް