ވޯކްޝޮޕްތަކުގައި ކިޔަވައިދެއްވާ ބައެއް ޕްރޮފެސަރުން
ވޯކްޝޮޕްތަކުގައި ކިޔަވައިދެއްވާ ބައެއް ޕްރޮފެސަރުން
ހަބަރު 11 Oct 2025 | 17:16

މިއައިޔޫއެމްގައި ޚާއްސަ ސެމިނާއެއް, ދެ ދުވަހުގެ ވޯކްޝޮޕްތަކެެއް

އާދީއްތަ ދުވަހާއި ހޯމަ ދުވަހު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި ވަރަށް ޚާއްސަ ސެމިނާ އެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އައިޔޫއެމް އިން ބުނީ މި ސެމިނާގައި ފެސިލިޓޭޓް ކޮށްދެއްވާނީ އައިއައިޔޫއެމް (މެލޭޝިޔާ)ގެ އެކިއެކި ޕްރޮފެސަރުންނެވެ. އޭގެ ތެރޭގައި މި ސަރަޙައްދުގައި ފާހަގަކޮށްލެވޭ ބޭފުޅުން ހިމެނެ އެވެ. އެ ބޭފުޅުންގެ މައުލޫމާތު ވެސް އައިޔޫއެމް އިން ވަނީ އާންމުކޮށްފަ އެވެ.

އިސްލާމިކް ޔުނިވާސިޓީން ބުނި ގޮތުގައި ދެ ދުވަހުގެ މި ސެމިނާގައި ތަފާތު 13 އިލްމީ ބައްދަލުވުމެއް އިންތިޒާމު ކޮށްފައިވާ ކަމަށެވެ. މި ޕްރޮގުރާމްތަކުގައި ރަޖިސްޓަރީވުމުގެ ފުރުސަތު އާއްމުންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ.

މި ސެމިނާގައި ކުރިއަށް ގެންދާ އިލްމީ ތަފާތު ބައްދަލުވުންތަކުގެ ތެރޭގައި އެކި މާއްދާތައް ކިޔަވައިދިނުމުގައި އިސްލާމީ ނަޒަރުން ކިޔަވާ ދޭނެ ގޮތާއި، ޒުވާނުންނަށް ހާއްސަކޮށްގެން ގެންދެވޭ ލީޑާޝިޕް ޕްރޮގުރާމްތައް ވެސް ހިމެނެ އެވެ. އަދި އިސްލާމިކް ފައިނޭންސިންގެ މައްޗަށް ވެސް މައުލޫމާތު ހިއްސާކުރުމުގެ ބައްދަލްވުންތައް ހިމެނެ އެވެ.

"ސެމިނަރ އޮން އިސްލާމިކް ލީޑަރޝިޕް އެންޑް އިންޓަރގްރޭޝަން އޮފް ނޮލެޖް" މިއަދު ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހަފްތާއެއް ކުރިން އިއުލާންކޮށްގެން މާފުށީގައި ހެލޯވީން ފާހަގަކުރިއިރު ކައުންސިލްއިން ބުނީ ”ނޭނގޭ“ ކަމަށް
05 Nov 2026 ހަބަރު

ހަފްތާއެއް ކުރިން އިއުލާންކޮށްގެން މާފުށީގައި ހެލޯވީން ފާހަގަކުރިއިރު ކައުންސިލްއިން ބުނީ ”ނޭނގޭ“ ކަމަށް

ލޯކަލް ޓޫރިޒަމް އެންމެ ފައްކާވެފައިވާ އެއް ރަށް، ކ. މާފުށީގައި ކްރިސްޓިއަން ދީނުގެ މީހުންގެ ހެލޯވީން ފާހަގަކުރާނެކަން އިއުލާންކޮށް، އެކަން ކޮށް ނިމުނުއިރުވެސް ކައުންސިލްއަށް އެކަމާ ބެހޭ މައުލޫމާތު ”ނޭނގޭ“ ކަމަށް ބުނެފިއެވެ.

އައިޔޫއެމްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި
05 Nov 2026 ހަބަރު

އައިޔޫއެމްގެ 2026 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

މި ރަސްމިއްޔާތު ބޭއްވިގެންދިޔައީ މިއަދު އައިޔޫއެމްގައެވެ.

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް ލިބިފައިވާ 48 ބިމެއް ވިއްކާލަން އިއުލާންކޮށްފި
05 Nov 2026 ހަބަރު

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް ލިބިފައިވާ 48 ބިމެއް ވިއްކާލަން އިއުލާންކޮށްފި

ހައުސިންގ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ބިންތައް ގަތުމުގެ ފުރުސަތު ލިބިގެންދާނީ އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި، އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކުގެ ތެރެއިން ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށެވެ.

ކޮންމެ ގައުމަކަށްވެސް އަމިއްލަ ތަރައްގީގެ މިސްރާބު ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު އޮންނަންވާނެ: ނައިބު ރައީސް
05 Nov 2026 ހަބަރު

ކޮންމެ ގައުމަކަށްވެސް އަމިއްލަ ތަރައްގީގެ މިސްރާބު ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު އޮންނަންވާނެ: ނައިބު ރައީސް

ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ، އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގެ އެގްޒެކެޓިވް ސެޝަން 2 ގައި އެމަނިކުފާނު ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ، ކޮމަންވެލްތުން ވިލުންތެރި ބައިވެރިވުންތަކަށް އިސްކަންދޭނެ ތިން ދާއިރާއެއް ފާހަގަކޮށްފައެވެ.

މ. މުއްޔަށް ޑްރަގް އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށް ބަންދު ޖަހައިފި
05 Nov 2026 ހަބަރު

މ. މުއްޔަށް ޑްރަގް އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށް ބަންދު ޖަހައިފި

މ. މުއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިދީފިއެވެ.

ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި
05 Nov 2026 ހަބަރު

ޝާހިދު ހައްޔަރުކުރަން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި

އެގޮތުން، ޝާހިދުގެ ފަރާތުން ހުށަހެޅި މި އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން ބަލައިގަނެ މިއަދު ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ކުޑަކުދިންނަށް ދިވެހިބަސް ދަސްކޮށްދޭ ޚާއްޞަ އެޕްލިކޭޝަން "އަކުރު ފިލި" ތަޢާރަފްކޮށްފި؛ ހިލޭ ބޭނުން ކުރެވޭނެ
05 Nov 2026 ހަބަރު

ކުޑަކުދިންނަށް ދިވެހިބަސް ދަސްކޮށްދޭ ޚާއްޞަ އެޕްލިކޭޝަން "އަކުރު ފިލި" ތަޢާރަފްކޮށްފި؛ ހިލޭ ބޭނުން ކުރެވޭނެ

ރޯމް ދުނިޔެ އިން މައުލޫމާތު ދިން ގޮތުގައި މިއީ މުޖުތަމަޢަށް އަގުހުރި ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ތައްޔާރުކޮށްފައިވާ އެޕެކެވެ. މި އެޕް ބޭނުންކުރުމަށް އެއްވެސް އެކައުންޓެއް ހަދަން ނުޖެހޭއިރު، އެއްވެސް ބާވަތެއްގެ އިޝްތިހާރެއް ވެސް މި އެޕްގައި ނުހިމެނެއެވެ. އެހެންކަމުން މިއީ ކުދިން އެކަނި ކިޔަވަންވެސް ރައްކާތެރި އެޕެކެވެ.

65 އަހަރު ފުރުމަށް ފަހުވެސް ޕެންޝަން ފައިސާ ބޭނުންކޮށްގެން ޙައްޖަށް ދިއުމަށް މިހާރު ޖާގަ ރިޒާވްކުރެވޭނެ
05 Nov 2026 ހަބަރު

65 އަހަރު ފުރުމަށް ފަހުވެސް ޕެންޝަން ފައިސާ ބޭނުންކޮށްގެން ޙައްޖަށް ދިއުމަށް މިހާރު ޖާގަ ރިޒާވްކުރެވޭނެ

ޢުމުރުން 65 އަހަރު ހަމަވާ ފަހުންވެސް ރިޓަޔަރމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ފަރުޟު ޙައްޖުވުމަށް ބޭނުންކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދު ގެޒެޓުކޮށް، އެއަށް ޢަމަލުކުރަން ފަށައިފިއެވެ.