N/A
N/A
ހަބަރު 15 Sep 2019 | 03:27

ޑާކް ރެއިނަށް 13 އަހަރު: ދިވެހި ފިލްމީ ދާއިރާ އާ އުސްމިންތަަކަށް!

މީގެ ކުރިން ދިވެހި ފިލްމެކޭ ބުނެފިނަމަ ހިތަށް އަރާނީ ތިނެސްކަން ލޯބީގެ ވާހަކައެކެވެ. ވަރަށް ލޯބިން އުޅޭ ދެމަފިރިންގެ ދެމެދަށް ކޮންމެވެސް ކުއްޖަކު، ކޮންމެވެސް ސަބަބަކާއި ހުރެ ވަންނާނީއެވެ. ގިނަ ފަހަރަށް އެ ކުއްޖާ ވާނީ މި ފިލްމްގެ "ވިލަން"އަށެވެ. ނުވަތަ އެކުއްޖާގެ ބަދަލުގައި ވިލަންއަކަށް މައިދައިތައެއް، ފަހަރިއެއް، ޅިޔަނެއް ނުވަތަ ދޮން މަންމައެއް ވެދާނެއެވެ. ދެން އެ ފިލްމްގައި އިޝްގީ އަސަރު މަދުވާނަަމަ ޖެހިދާނެ ރޯގާއަކަށް ފަރުވާލެއް ނެތި ވާރޭގައި އަސަރުގަދަ ލޯބީގެ ލަވައެއް އައިސްފާނެއެވެ.

މިއީ އޭރު ގިނަ ދިވެހި ފިލްމްތަކުގެ ހާލަތެވެ. އެ ދުވަސްވަރުގައިވެސް ތަފާތު ފިލްމްތައް ނާންނަ ވާހަކައެއް ނުދަންނަވަމެވެ.

ފަހަރެއްގައި އެއީ ދިވެހި އޯޑިއަންސްއިން ބޭނުންވި ބާވަތުގެ ފިލްމްތަކަށް ވެދާނެއެވެ. އެ ފިލްމްތަކަކީ އެ ޒަމާނުގައި ސުޕަރހިޓްތަކެކެވެ. ނަމަވެސް މަޝްހޫރު ފިލްމް ސްޓޫޑިއޯ ޑާކް ރެއިން އެންޓަރޓެއިންމެންޓް މީގެ 13އަހަރު ކުރިން އުފެދިގެން އައުމާއި އެކު ދިވެހި ފިލްމީ ސިނާއަތަށް ބަދަލުތަކެއް އައިފަދައެވެ. ތަފާތު ޖޯންރާ ނުވަތަ ބާވަތްތަކުގެ ދިވެހި ފިލްމްތަކަށް ދިވެހިން އެދެން ފެށިއެވެ. ކުޑައިރުންސުރެ ފިލްމްތައް ދެކެމުންދިޔަ ޒުވާނާއާއި، ޒުވާން ދައުރުގައި ވީސީއާރުން ފިލްމްތައް ބަލަަން ފެށި އުމުރުން ދުވަސްވީ މީހާވެސް ހިމެނޭ ގޮތުންނެވެ.

މިއަދު ދިވެހިރާއްޖޭގެ ގިނަބަޔަކަށް ނަން އެނގޭ ކާމިޔާބު ސްޓޫޑިއޯއަކަށް ޑާކް ރެއިން އެންޓަރޓެއިންމެންޓް ވެފައިވީނަމަވެސް، އެ ހިސާބަށް އާދެވުނީ ގިނަ ހުރަސްތަކެއް ގިރާކުރުމަށްފަހުގައެވެ. މުހައްމަދު އަލީ (މޮގާ)،އަލީ ޝިފާއު (ޗިއްޕެ) އަދި މުއުމިން ފުއާދު ފަދަ ބަޔަކުވެގެން އުފެއްދި މި ސްޓޫޑިއޯއިން އެންމެ ފުރަތަމަ ނެރުނު ފިލްމް "ހޭލާ" އަކީ އެ ދުވަސްވަރު ގިނަބަޔަކު އެންމެ އެދޭ ރަހަތައް ހިމެނޭ ފިލްމަކަށް ނުވިއެވެ. ފާޑުކިޔުންތެރިންގެ ނަޒަރުން ބަލާއިރު، އެއީ ދިވެހި ސިނަމާ ހިލުވާލި ފިލްމެކެވެ. އާންމުކޮށް ނުފެންނަ ވައްތަރުގެ ފިލްމެއް ގެނެސްދިނީއެވެ. 2007ވަނަ އެ ސްޓޫޑިއޯ އިން ނެރުނު "ބަޑިއެދުރު" ފިލްމަކީވެސް މިފަދަ އެއްޗެކެވެ.

ނަަމަވެސް ޑާކްރެއިން އާންމުންނަށް ބޮޑަށް އެނގުނީ 2009ވަނަ އަހަރު އެ ސްޓޫޑިއޯއިން ނެރުނު "ހެޕީ ބާތުޑޭ" އިންނެވެ. ޔޫއްޕެ، ނިއުމާ އަދި އާސިމްފަދަ ތަރިންނާއި އެކު އެ ފިލްމަކީ އެ ސްޓޫޑިއޯއިން ސިނަމާއަށް ގެނެސްދިން ފުރަތަމަ ފިލްމެވެ. މިއީވެސް ހަމަ އެ ދުވަސްވަރުގެ ކްލެސިކް ތިނެސްކަން ލޯބީގެ ފިލްމްތަކާއި ދިމާ އިިދިކޮޅު ފިލްމެކެވެ. މި ފިލްމަށް މާބޮޑު އާމްދަނީއެއް ނުލިބުނެވެ. ފަހަރުގައި ދިވެހި ފިލްމްގެ ފޭނުންނަށް ކަމުނުދިޔައީކަމަށް ވެދާނެއެވެ. ނޫނީ މާކެޓިންގ އެކަށީގެންވާ މިންވަރަށް ނުކުރެވުނީ ކަމަށް ވެދާނެއެވެ.

ނަމަވެސް އޭގެ ހަ ވަރަކަށް އަހަރު ފަހުން ބޭއްވުނު ފިލްމް އެވޯޑްސްގައި އެންމެ ބޮޑަށް ވިދާލީ މި ފިލްމެވެ. 17 އެވޯޑާއި އެކު އެ ފިލްމަކީ މޮޅު ފިލްމެއްކަން ދައްކާލިއެވެ. ދުނިޔޭގެ މަޝްހޫރު ވެނިސް ފިލްމް ފެސްޓިވަލާއި ހިސާބަށް ހެޕީ ބާތުޑޭގެ ޕާޓީ ފޯރިއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ހަަމައެކަނި ތްރީޑީ ފިލްމް ހެދުމުގެ ޝަރަފުވެސް އޮތީ ޑާކް ރެއިންގެ އަތުގައެވެ. ފަތިސް ހަނދުވަރުގެ ފެށުންގެ ނަމުގައި ނެރުނު މި ފިލްމަކީ އެ ސްޓޫޑިއޯއިން އެންމެ ބުރަ މަސައްކަތްކޮށްގެން ނެރުނު ފިލްމެވެ. ފާހަގަކޮށްލެވޭ ގޮތުގައި "ފަތިސްހަނދުވަރުގެ ފެށުން" ތްރީޑީކޮށް ބަލާލެވޭނެ ފުރުސަތު ބެލުންތެރިންނަށް ދިނުމަށް އެކަމަށް ޚާއްސަކޮށް ޗައިނާއިން އޯޑަރުކޮށްގެން 40،000 އައިނު އެ ސްޓޫޑިއޯއިން ގެނައެވެ. އެ ފިލްމް ވެގެންދިޔައީ ދިވެހި ތާރީޚުގައި ފަވާލެވުނު ފިލްމަކަށެވެ.

މި ހިސާބުން އެ ސްޓޫޑިއޯގެ ވާހަކަ ނިންމާލެވޭކަށެއް ނެތެވެ. ހުޅުދާން، ގޮށްރާޅު، މާމުއި ފަދަ ތަފާތު ޖޯންރާތަކުގެ ފިލްމްތަކާއި އެކު ޑާކްރެއިނަށް ދިވެހިންގެ ހިތްތަކުގައި ވަނީ ޚާއްސަ ޖާގައެއް ދެވިފައެވެ. ފުރާވަރަށް އެރި ޑާކްރެއިނުން މިހާތަނަށް ވަނީ 12 ފީޗާ ފިލްމު، ހަތަރު ކުރު ފިލްމު، އަށް ޓީވީ ސީރީޒް ހަދާފައެވެ. އެ ސްޓޫޑިއޯގެ އުފެއްދުންތައް އަދިވެސް އޮތީއެވެ. ދިވެހި ފިލްމީ ދާއިރާގެ އިންގިލާބު އަދިވެސް އޮތީއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...