އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތްކުރަން މަސައްކަތްކުރި މީހަކު ހާލު ދެރަވެ ނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތްކުރަން މަސައްކަތްކުރި މީހަކު ހާލު ދެރަވެ ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ވ. ފުލިދޫގައި މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި މީހަކު ހާލު ދެރަވެގެން އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު އޭޕްރީލް 3 ވަނަ ދުވަހުގެ 15:10 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަަށެވެ.
އެމީހާއަށް އެރަށު ހެލްތު ސެންޓަރު ގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. އެއީ 63 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް