ލޭ ހަދިޔާ ކުރުން: ފޮޓޯ/ ފެނަކަ
ލޭ ހަދިޔާ ކުރުން: ފޮޓޯ/ ފެނަކަ
ހަބަރު 25 Jan 2026 | 09:15

އެޗްޑީސީ ސްޓާފުން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރަނީ

ބްލަޑް ބޭންކް'އިން ލޭ ހުސްވާން ގާތްވެފައިވާތީ، އެޗްޑީސީ ސްޓާފުންގެ ފަރާތުން، ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ނިންމައިފިއެވެ.

އެގޮތުން، ލޭ ހަދިޔާކުރުމަށް އެޗްޑީސީއާއި މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް)ގުޅިގެން މާދަމާ ބްލަޑް ޑޮނޭޝަން ކޭމްޕެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އެޗްޑީސީން މައުލޫމާތުދޭގޮތުން މިއީ، ރާއްޖޭގެ ބަލްޑް ބޭންކުން ވަރަށް ބޮޑަށް ލޭ މަދުވެ، ވީހާވެސް އަވަހަކަށް ލޭ ހަދިޔާކުރުމަށް އެމްބީއެސް އިން ކުރި އިއުލާނާ ގުޅިގެން ކުރިއަށްގެންދާ ޑޮނޭޝަން ކޭމްޕެކެވެ.

އަދި މި ކޭމްޕުގެ މަގްސަދަކީ ބްލަޑް ބޭންކުން މި ދަނޑިވަޅުގައި ލޭ މަދުވެފައިވާތީ، އެކަމަށް ހައްލު ހޯދައިދިނުމަށް އެޗްޑީސީ ސްޓާފުންގެ ފަރާތުން އެހީތެރިވުން ކަމަށްވެސް ބުންޏެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރި ޒުވާނަކު އެދުނީ ”ކިޔަވާ ކުއްޖެއް“ ވީމާ ދޫކޮށްލަން
04 Nov 2026 ހަބަރު

މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކުރި ޒުވާނަކު އެދުނީ ”ކިޔަވާ ކުއްޖެއް“ ވީމާ ދޫކޮށްލަން

މާލޭގެ މަޖީދީމަގުގައި ހިންގި މާރާމާރީއެއްގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނަކު، އޭނާއަކީ ކިޔަވާ ކުއްޖެއް ކަމަށާއި ކުރެވެނީ ކުޑަ ތުހުމަތެއް ކަމަށް ބުނެ ބަންދުން ދޫކޮށްލުމަށް އެދުނު ނަމަވެސް، ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރުމަށް އަމުރުކޮށްފިއެވެ.

ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައި ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ބާއްވަނީ
04 Nov 2026 ހަބަރު

ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައި ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ބާއްވަނީ

ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައި ލޭ ހަދިޔާކުރުމުގެ ޚާއްޞަ ހަރަކާތެއް ބާއްވަން ނިންމައި އެ ހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވެ، ލޭ ހަދިޔާކުރުމަށް މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމްބީއެސް) އިން އާންމުކޮށް ހުޅުވާލައިފިއެވެ

ސައީދުގެ އިތުބާރު އޮތް ކަމަށް މަޖިލީހުން ފާސްކޮށްފި
04 Nov 2026 ހަބަރު

ސައީދުގެ އިތުބާރު އޮތް ކަމަށް މަޖިލީހުން ފާސްކޮށްފި

ސައީދުގެ އިތުބާރު ނެތް ކަމަށްބުނެ އެމްޑީޕީގެ 13 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި މައްސަލަ ފާސްކުރަން ވޯޓް ދެއްވީ އެންމެ 10 މެންބަރުންނެވެ. ފާސްނުކުރަން 54 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.

މާލެސިޓީ ކައުންސިލުގެ ދަށުގައި އޮތް 14 ބިމެއް ދައުލަތަށް ނެގުމާ ދެކޮޅު ގަރާރު ބޭރުކޮށްލައިފި
04 Nov 2026 ހަބަރު

މާލެސިޓީ ކައުންސިލުގެ ދަށުގައި އޮތް 14 ބިމެއް ދައުލަތަށް ނެގުމާ ދެކޮޅު ގަރާރު ބޭރުކޮށްލައިފި

މާލޭ ސިޓީ ކައުންސިލްގެ 14 ބިމެއް ދައުލަތަށް ނެގުމާ ދެކޮޅަށް މީކާއީލް ހުށަހެޅުއްވި ގަރާރު، 52 މެންބަރުންގެ ވޯޓުން މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ތަކުރާރުކޮށް މިސްކިތަށް ބޮޑުކަމުދާ ނައުޝާދު ބަންދުން ދޫކޮށްލުމުން އެނބުރި މިސްކިތަށް
04 Nov 2026 ހަބަރު

ތަކުރާރުކޮށް މިސްކިތަށް ބޮޑުކަމުދާ ނައުޝާދު ބަންދުން ދޫކޮށްލުމުން އެނބުރި މިސްކިތަށް

މިމަހުގެ 10 ވަނަ ދުވަހު ފަތިހު 4:14 ހާއިރު ފުރުގާން މިސްކިތަށް ވަދެ، މިސްކިތަށް ބޮޑުކަމުގޮސް، މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތަކެއް ހިންގި މައްސަލައިގައި ނައުޝާދު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ދިނީ 15 ދުވަހެވެ.

ކުރަނީ ހަގީގަތާ ޚިލާފް ތުހުމަތުތަކެއް؛ ރަސްމީ ރޭޓްގައި ޑޮލަރު ދޫކުރި މިންވަރު %80 އިތުރު: ސަޢީދު
04 Nov 2026 ހަބަރު

ކުރަނީ ހަގީގަތާ ޚިލާފް ތުހުމަތުތަކެއް؛ ރަސްމީ ރޭޓްގައި ޑޮލަރު ދޫކުރި މިންވަރު %80 އިތުރު: ސަޢީދު

ޑޮލަރު ރޭޓާއި ގުޅިގެން އެމަނިކުފާނަށް ކުރައްވަނީ ދޮގު ތުހުމަތުތަކެއް ކަމަށާ، ރަސްމީ ރޭޓްގައި މި ސަރުކާރުން ދޫކުރި ޑޮލަރުގެ ނިސްބަތް 80% އިތުރު ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ކުލި ނުދެއްކުމުން ހުޅުމާލޭގެ ލޮޓް 10877 ގެ އެއްބަސްވުން ބާތިލުކޮށް، ބިން އެޗްޑީސީއަށް ނަގައިފި
02 Nov 2026 ހަބަރު

ކުލި ނުދެއްކުމުން ހުޅުމާލޭގެ ލޮޓް 10877 ގެ އެއްބަސްވުން ބާތިލުކޮށް، ބިން އެޗްޑީސީއަށް ނަގައިފި

އެޗްޑީސީން ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އެއްބަސްވުން ބާތިލުކޮށް އެ ބިން އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށަށް ނަގަން ނިންމާފައިވަނީ 2026 ނޮވެންބަރު 2 ވީ ހޯމަ ދުވަހުން ފެށިގެންނެވެ. އަދި މި ނިންމުމާ ގުޅިގެން، އެ ތާރީޚުން ފެށިގެން އެ ބިމުގައި އެއްވެސް ބާވަތެއްގެ ވިޔަފާރި މުއާމަލާތެއް އަދި އެއްވެސް ޚިދުމަތެއް ވެސް ސޮލާރިސް ހޮސްޕިޓަލިޓީއަށް ނުދެވޭނެ ކަމަށް ވަނީ އަންގާފައެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް
25 Oct 2026 ހަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް

ގައުމީ އުފެއްދުންތެރިކަމުގެ އެވޯޑުގައި 30 އަށްވުރެ ގިނަ ސަރުކާރު ކުންފުނިތަކާ ވާދަކޮށް އެޗްޑީސީން އެއްވަނަ ހޯދައިފިއެވެ. މި ފަހަރު ޖުމްލަ 298 އެވޯޑު ދީފައިވެއެވެ.