Advertisement

ޒިންމާދާރު އިދިކޮޅު ޕާޓީއަކަށް މިހާރު ރާއްޖެ މިވަނީ އިންތިހާއަށް ބޭނުންވެފައި: ވަޒީރު އާދަމް ޝަރީފް

ވަޒީރު އާދަމް ޝަރީފް އުމަރު-- ފޮޓޯ: ވޮއިސް

ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކުރާނެ ޕާޓީއަކަށް ރާއްޖެ މިހާރު މިވަނީ އިންތިހާއަށް ބޭނުންވެފައި ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް މިފަދައިން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިގޮތުން ވަޒީރު ވިދާޅުވީ، ފެހި ޤާނޫނު އަސާސީން ލިބިދިން މަލްޓި ޕާޓީ ޑިމޮކްރެސީގެ މަންފާ ރައްޔިތުންނަށް ކުރާނީ ތަހުޒީބު މުޖުތަމަޢުތަކުގައި ކަންކުރާ ފަދައިން ސަބަބުވެރި އިންސާނެއްގެ ވިސްނުމާއި ޚިޔާލާއި ފިކުރާއި ޢަމަލުތައް ހުންނާނެ ގޮތަށް ޕާޓީތަކުގެ ހިންގުމަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެންނަން ފުރުސަތުދީގެން ކަމަށެވެ.

ހަމައެއާއިއެކު ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، މިފަދައިން ކަންތައް ކުރެވޭނީ ބަދަލު ހިފުމާއި ޖަދަލު ކުރުމާއި މަވެތިކަމާ ދުރުހެލިވެ ޕާޓީއަކީ ވަކި ފިކުރެއް ނުވަތަ މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ފުރުސަތު ދީގެން ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement