އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވރޫމް ހުޅުވައިފި

އެސްޓީއޯ އިން ހުޅުމާލޭގައި އަލަށް ހުޅުވި ފިހާރަ-- ފޮޓޯ: އެސްޓީއޯ

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވރޫމް ރޭގައި ހުޅުވައިފިއެވެ.

މި ޝޯވރޫމް ހުޅުވައިދެއްވައިފައިވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއާއި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމްއެވެ.

އެސްޓީއޯ އިން ބުނީ ހުޅުމާލޭ ދިރިއުޅޭ ފަރާތްތަކާއި ކޮންސްޓްރަކްޝަން ސިނާއަތުގެ ބައިވެރިންނަށް ލިބިގެންދާ އިތުރު ކުރިއެރުމަކާއި ފަސޭހައަކަށް މި ޝޯވރޫމް ވެގެންދާނެ ކަމަށާއި، މިފިހާރައިން އިމާރާތްކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއްގެ އިތުރުން މަކިޓާ ޓޫލްސް، އަދި ނިޕޯން ފަދަ އެސްޓީއޯގެ އެންމެ މަގުބޫލު ބްރޭންޑްތައް ލިބިގެންދާނެކަމަށެވެ.

އެސްޓީއޯ ސްމާރޓް ސްޓޯ ކައިރީގައި ހުޅުވި މި ޝޯވރޫމްގެ އެންމެ ހިތްގައިމު ކަމަކީ ޒަމާނީ އިންޓީރިއަރ އަދި ކަސްޓަމަރ ސަރވިސް ކަމަށާއި، ކަސްޓަމަރު އިހްތިޔާރު ކުރާ ނިޕޯންގެ ކޮންމެ ކުލައެއް ތައްޔާރުކުރުންވެސް ވަގުތުން ކުރިއަށް ދާނެ އިންތިޒާމް މި ޝޯވރޫމްގައި ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

ހަމައެއާއިއެކު، އެސްޓީއޯއިން އަލަށް ހުޅުވި މި ޝޯވރޫމުން މަކިޓާގެ ހުރިހާ ރޭންޖެއްގެ ޕްރޮޑަކްޓް ތަކާއި ކޮންސްޓްރަކްޝަންސް މެޓީރިއަލްސް ލިބެން ހުންނައިރު،އެސްޓިއޯ ޕަވަރމިކްސް ކަސްޓަމަރުންނަށްވެސް ރެޑީމިކްސް ކޮންކްރީޓް ހުޅުމާލެ ޝޯވރޫމް އިން އޯޑަރ ކޮށްލެވޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement