Advertisement

މާޗު މަހު 4.4 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކުރި

މާލޭ ކޮމާޝަލް ބަނދަރު - ފޮޓޯ: މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

މިދިޔަ މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބު ދައްކައިފިއެވެ. 

ކަސްޓަމްސްގެ ތަފާސްހިސާބު ދައްކާގޮތުގައި މިދިޔަ މާޗު މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު މިދިޔަ އަހަރުގެ މާޗުމަހާ އަޅާބަލާއިރު މިއީ 4 އިންސައްތަ އިތުރު ޢަދަދެކެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޯރެވެ. 

އެގޮތުން އޮމާނުން 777 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑީއާއިން 763 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޔޫއޭއޭއިން 671 މިލިއަން ރުފިޔާގެ މުދާ، ޗައިނާއިން 440 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 401 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައި ވަނީ ތައިލޭންޑަށެވެ. އެގޮތުން ރާއްޖެއިން ތައިލޭންޑަށް 41 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައިވެއެވެ. 

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެތެރެކުރި މުދާ އިތުރުވެފައިވީ ނަމަވެސް، ރާއްޖެއިން ބޭރުކުރެވުނު މުދަލުގެ އަގު 64 އިންސައްތަ ވަނީ ދަށްވެފައެވެ. އަދި ކަސްޓަމްސްއަށް ޢާމްދަނީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 3 އިންސައްތައިން ދަށްވެފައެވެ.

މީގެއިތުރުން، މި އަހަރުގެ ފެބްރުއަރީ މަހާ އަޅައިބަލާއިރު ރާއްޖޭން ބޭރުކުރި މުދާ 35.3 އިންސައްތަ ދަށްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.  

Advertisement

ކޮމެންޓް

Advertisement