Advertisement

ނޮޅިވަރަމް ދާއިރާއަށް އިންތިޚާބުވި މިނިވަން ކެންޑިޑޭޓު ވެސް ޕީއެންސީއަށް

މުޙައްމަދު ރަޝީދު (ރަޝީދުބެ)

ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ވާދަކޮށް، ކާމިޔާބީ ހޯއްދެވި މުޙައްމަދު ރަޝީދު (ރަޝީދުބެ) ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

ނޮޅިވަރަމް ދާއިރާއަށް ރަޝީދުގެ އިތުރުން އެ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ޕީއެންސީގެ ކެންޑިޑޭޓެއް އަދި އެމްޑީޕީންވެސް ވާދަކުރެއްވިއިރު، 722 ވޯޓާއެކު ގޮނޑި ކާމިޔާބު ކުރީ ރަޝީދެވެ. 

ރަޝީދު ޕީއެންސީއާ ގުޅުނުއިރު، އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރި ހަ ކެންޑިޑޭޓެއްވެސް އިއްޔެ ވަނީ ޕީއެންސީއާ ގުޅިފައެވެ.

އެއީ:

ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ

ޙަސަން ޒަރީރު – މަތިވެރި ދާއިރާ

އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ

އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ

ޔާސީން ޢަބްދުالله - ނައިފަރު ދާއިރާ

ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ޕީއެންސީގެ ޓިކެޓްގައި 66 މެންބަރުން އިންތިޚާބުވިއިރު އަލަށް އެ ޕާޓީއާ ގުޅުނު މެމްބަރުންނާއި އެކު އެޕާޓީގެ 73 މެމްބަރުން ތިބޭނެ އެވެ. ހަމައެއާއިއެކު ޕާޓީގެ ތާއީދާއެކު ގޮނޑި ކާމިޔާބު ކުރި ކެންޑިޑޭޓުން ހިމަނައިގެން ސަރުކާރަށް އެއްބާރުލުން ދޭނެ 76 ކެންޑިޑޭޓުން މަޖިލީހުގައި ތިބޭނެއެވެ. 

އެގޮތުން ޕީއެންސީން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އިތުރުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް ވެސް ތާއީދު ދީފައިވާއިރު، މި ތިން ބޭފުޅުން ވެސް ވަނީ އިންތިހާބު ކާމިޔާބު ކުރައްވައި، ގޮނޑި ކަށަވަރު ކުރައްވާފައެވެ.

ޕީއެންސީން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައިވާއިރު، އަލަށް އިންތިހާބުވެވަޑައިގެން މެމްބަރުންގެ ހުވާ ކުރެއްވުން އޮންނާނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ.

Advertisement

ކޮމެންޓް

Advertisement