ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2026 ގެ ތެރެއިން ބިޒްނަސް ސްކޫލާއި އެމްއައިޓީން ވާދަކުރި މެޗު؛ ފޮޓޯ / އެމްއެންޔޫއެސްޔޫ
ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2026 ގެ ތެރެއިން ބިޒްނަސް ސްކޫލާއި އެމްއައިޓީން ވާދަކުރި މެޗު؛ ފޮޓޯ / އެމްއެންޔޫއެސްޔޫ
ކުޅިވަރު 03 May 2026 | 04:02

ރޭ ކުޅުނު މެޗްތަކުން އަހްމަދިއްޔާ އާއި އެމްބީއެސް އަށް ފަސޭހަ މޮޅެއް

ލިޔުންތެރިޔާ

އަޙްމަދު އާހިލް ސަޢީދު

ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2026 ގައި ރޭ ކުޅުނު މެޗުތަކުން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އާއި މޯލްޑިވްސް ބިޒްނަސް ސްކޫލް ކުރި ހޯދައިފިއެވެ.

އަހްމަދިއްޔާއިން މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީ އާއި ދެމެދު ކުޅުނު މެޗު އަހުމަދިއްޔާ ކާމިޔާބު ކުރީ 1-8 ގެ ނަތީޖާ އަކުންނެވެ. އަދި މޯލްޑިވްސް ބިޒްނަސް ސްކޫލުން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި ދެކޮޅަށް ކުޅުނު މެޗު އެމްބީއެސް ކާމިޔާބުކުރީ، 2-15 ގެ ނަތީޖާ އަކުންނެވެ.

އަހްމަދިއްޔާ އާއި އިސްލާމިކް ޔުނިވަރސިޓީން ބައްދަލުކުރި މެޗުގައި އަހްމަދިއްޔާ އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ، އިބްރާހިމް އަވުސަމް އަބްދުﷲ، މުހައްމަދު ނައުހާން ޒާހިރު، ބިލާލް ބިން އަހުމަދު އަދި މުހައްމަދު ޒޯރޯން އަޔާޒް އެވެ. އޭގެ ތެރެއިން 4 ލަނޑު އަވުސަމް ޖެހިއިރު، ނައުހާން ވަނީ 2 ލަނޑު ޖަހާފައެވެ. އަދި ބިލާލް އާއި ޒޯރޯން ވަނީ 1 ލަނޑު ޖަހާފައެވެ.

އިސްލާމިކް ޔުނިވަރސިޓީން ޖެހި 1 ލަނޑު ކާމިޔާބުކޮށްދީފައިވަނީ، އިބްރާހިމް އީމަން އެވެ. އަދި މި 2 ޓީމުން ބައްދަލުކުރި މެޗުން "ޕްލެޔަރ އޮފް ދަ މެޗު" ލިބިފައިވަނީ، އަހްމަދިއްޔާ ސްކޫލްގެ އަވުސަމް އަށެވެ.

ބިޒްނަސް ސްކޫލުން އެމްއައިޓީ އާއި ދެކޮޅަށް ކުޅުނު މެޗުން ބިޒްނަސް ސްކޫލަށް ލަނޑު ޖަހައިދީފައިވަނީ، އިބްރާހިމް ހަމީދު، މުހައްމަދު އަޖުވަދު ސޮލާހް، މުހައްމަދު ތާހިރު، ކައިސަން ބިން ހަސަން، ޒައިޝަން އަޝްރަފު، ތޮއައިފް އަހުމަދު ފިރާގު، މުހައްމަދު އަލީ، ހުސައިން އަފީފް އަދި އަހުމަދު ރިޝްފާން އެވެ. އޭގެ ތެރެއިން 5 ލަނޑު ހަމީދު ޖަހާފާވާއިރު، އަޖުވަދު އަދި ތާހިރު ވަނީ 2 ލަނޑު ޖަހާފައެވެ. މީގެ އިތުރުން ކައިސަން، ޒައިޝަން، ތޮއައިފް، މުހައްމަދު އަލީ، ހުސައިން އަފީފް، އަދި ރިޝްފާން ވަނީ 1 ލަނޑު ޖަހާފައެވެ.

ބިޒްނަސް ސްކޫލާއި އެމްއައިޓީން ވާދަކުރި މެޗަކީ ރޭ ކުޅުނު މެޗުތަކުން އެންމެ ފޯރިގަދަ އެއް މެޗެވެ. އެގޮތުން، އެމްއައިޓީން ޖެހި 2 ލަނޑު ކާމިޔާބުކޮށްދީފައިވަނީ، އަބްދުﷲ ނާސިފް އެވެ. އަދި މި މެޗުން "ޕްލެޔަރ އޮފް ދަ މެޗު" ހޯދީ އިބްރާހިމް ހަމީދު އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ދެ ޑިވިޝަނުގެ ޗެމްޕިއަންކަންވެސް މޯލްޑިވްސް ބިޒްނަސް ސްކޫލަށް
16 May 2026 ކުޅިވަރު

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ދެ ޑިވިޝަނުގެ ޗެމްޕިއަންކަންވެސް މޯލްޑިވްސް ބިޒްނަސް ސްކޫލަށް

ނިމިގެންދިޔަ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ދެ ޑިވިޝަނުގެ ޗެމްޕިއަންކަން މޯލްޑިވްސް ބިޒްނަސް ސްކޫލް ހޯދައިފިއެވެ. ފިރިހެން ޑިވިޝަނުގެ ފައިނަލުގައި މޯލްޑިވްސް ބިޒްނަސް ސްކޫލް ނިކުތީ މެޕްސް ކޮ...

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ އަންހެނުންގެ ފައިނަލަށް އެމްބީއެސް އާއި ވިލާ ކޮލެޖް
14 May 2026 ކުޅިވަރު

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ އަންހެނުންގެ ފައިނަލަށް އެމްބީއެސް އާއި ވިލާ ކޮލެޖް

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ އަންހެނުންގެ ފައިނަލުގެ ޖާގަ މޯލްޑިވްސް ބިޒްނަސް ސްކޫލާއި ވިލާ ކޮލެޖުން ހޯދައިފިއެވެ. މުބާރާތުގެ ފައިނަލުގެ ޖާގައެއް މޯލްޑިވްސް ބިޒްނަސް ސްކޫލް ހޯދާފައިވަނީ ސެ...

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަނުގެ ފައިނަލަށް އެމްބީއެސް އާއި މެޕްސް
14 May 2026 ކުޅިވަރު

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަނުގެ ފައިނަލަށް އެމްބީއެސް އާއި މެޕްސް

މިހާރު ކުރިއަށްދާ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަނުގެ ފައިނަލަށް މޯލްޑިވްސް ބިޒްނަސް ސްކޫލާއި، މެޕްސް ކޮލެޖް ދަތުރުކޮށްފިއެވެ. މުބާރާތުގެ ފައިނަލުގެ ޖާގައެއް މޯލްޑިވްސް ބިޒްނަ...

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ސެމީފައިނަލް މެޗްތައް މިރޭ ރެހެނދި ފުޓްސަލް ދަނޑުގައި
13 May 2026 ކުޅިވަރު

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ސެމީފައިނަލް މެޗްތައް މިރޭ ރެހެނދި ފުޓްސަލް ދަނޑުގައި

މިހާރު ކުރިއަށްދާ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ސެމީފައިނަލް މެޗްތައް މިރޭ ރެހެނދި ފުޓްސަލް ދަނޑުގައި ކުރިއަށްދާނެއެވެ. މިރޭ ސެމީފައިނަލްގެ ހަތަރު މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ކ...

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ ފިރިހެނުންގެ ސެމީގެ ޖާގަ ހޯދީ، އެމްބީއެސް، ސީއެފްއެސް، އެފްއީ އަދި މެޕްސް
12 May 2026 ކުޅިވަރު

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ ފިރިހެނުންގެ ސެމީގެ ޖާގަ ހޯދީ، އެމްބީއެސް، ސީއެފްއެސް، އެފްއީ އަދި މެޕްސް

މިހާރު ކުރިއަށްދާ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ފިރިހެނުންގެ ސެމީފައިނަލަށް މޯލްޑިވްސް ބިޒްނަސް ސްކޫލް، ސީއެފްއެސް، އެފްއީ އަދި މެޕްސް ކޮލެޖް ދަތުރުކޮށްފިއެވެ. މުބާރާތުގެ ސެމީގެ ފުރަތަމަ ޖާ...

އެމްއެންޔޫ ފުޓްސަލް މުބާރާތުގެ ވުމެންސް ސެމީއަށް އެމްބީއެސް، އެފްއެޗްއެސް، ވިލާ އަދި މެއިންޒް ކޮލެޖް
12 May 2026 ކުޅިވަރު

އެމްއެންޔޫ ފުޓްސަލް މުބާރާތުގެ ވުމެންސް ސެމީއަށް އެމްބީއެސް، އެފްއެޗްއެސް، ވިލާ އަދި މެއިންޒް ކޮލެޖް

ދިރާގް އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ވުމެންސް ސެމީގެ ޖާގަ ބިޒްނަސް ސްކޫލް، އެފްއެޗްއެސް، ވިލާ އަދި މެއިންޒް ކޮލެޖް ހޯދައިފިއެވެ. ކުއާޓާ ފައިނަލުގައި މޯލްޑިވްސް ބިޒްނަސް ސްކޫލް ނިކުތީ، ޤައުމީ ޔު...