އެމްއެންޔޫއާ އީޒެޕް އެއްބަސްވުމުގައި ސޮއި ކުރުން: ފޮޓޯ/ އެމްއެންޔޫ
އެމްއެންޔޫއާ އީޒެޕް އެއްބަސްވުމުގައި ސޮއި ކުރުން: ފޮޓޯ/ އެމްއެންޔޫ
ވިޔަފާރި 28 Apr 2026 | 08:31

އެމްއެންޔޫ ފުޓްސަލް ފިއެސްޓާގެ ލައިފްސްޓައިލް ޕާޓްނަރަކަށް އީޒެޕް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2026" ގެ އޮފިޝަލް ލައިފްސްޓައިލް ޕާޓްނަރަކަށް އީޒެޕް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އީޒެޕްގެ ފަރާތުން ބުނީ، އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާއަކީ ރާއްޖޭގެ މަތީ ތައުލީމު ހާސިލްކުރާ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވާ، އަދި އެންމެ ބޮޑު "ސްޓޫޑަންޓް ބޭސް" އެއް ހިމެނޭ އިޖުތިމާއީ ހަރަކާތް ކަމަށެވެ.

އަދި ޔުނިވާސިޓީގައި ކިޔެވުމަކީ ހަމައެކަނި ފިލާވަޅުތަކާއި އެސައިންމަންޓްތަކަށް ހުސްވުން ނޫން ކަމަށާއި، މިއީ އެކަކު އަނެކަކާ ގުޅުން ބަދަހިކޮށް ވަރުގަދަ މުޖުތަމައެއް ބިނާކުރުމަށް ލިބޭ ފުރުސަތެއް ކަމަށްވެސް އީޒެޕުން ފާހަގަކުރިއެވެ.

މި ޕާޓްނަޝިޕްގެ ދަށުން، އެމްއެންޔޫގެ ދަރިވަރުންނަށް އީޒެޕް މެދުވެރިކޮށް ކާބޯތަކެއްޗާއި، ގްރޯސަރީ އަދި ދިރިއުޅުމުގެ އެހެނިހެން ސާމާނުތަކުން ހާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

އީޒެޕުން ބުނި ގޮތުގައި އެ ކުންފުންޏަކީ ހަމައެކަނި ފައިދާ ހޯދުމުގެ ބަދަލުގައި، މުޖުތަމައަށް ފައިދާހުރި ކަންތައްތަކެއް ކޮށްދިނުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ.

މީގެ އިތުރުން، މި އެއްބަސްވުމުގެ ދަށުން ދަރިވަރުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތުތަކެއްވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ހުސްވަގުތުތަކުގައި ޑެލިވަރީގެ މަސައްކަތް ކޮށްގެން ނުވަތަ އީޒެޕް ސްޓޯ މެދުވެރިކޮށް އަމިއްލަ ވިޔަފާރިތައް ފަށައިގެން ކަސްޓަމަރުންނާ ހަމައަށް ވާސިލްވުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑރ. ޝެހެނާޒް އެދިލެއްވީ ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
07 Oct 2026 ހަބަރު

ޑރ. ޝެހެނާޒް އެދިލެއްވީ ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް

ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އިލްތިމާސްކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ...

ކިޔަވައިދިނުމުގެ ފެންވަރު މަތިކޮށް، އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
07 Oct 2026 ހަބަރު

ކިޔަވައިދިނުމުގެ ފެންވަރު މަތިކޮށް، އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމ...

އެމްއެންޔޫގެ ފިއުޗާ ރެޑީ ސީރީޒްގެ ދެވަނަ ސެޝަން މިއަދު ބާއްވައިފި
06 Oct 2026 ހަބަރު

އެމްއެންޔޫގެ ފިއުޗާ ރެޑީ ސީރީޒްގެ ދެވަނަ ސެޝަން މިއަދު ބާއްވައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ކުރިއަށް ގެންދާ ފިއުޗާ ރެޑީ ސީރީޒް (އެފްއާރުއެސް) ގެ ދެވަނަ ސެޝަން ގްރޭޑް ހަތެއް އަދި އަށެއްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށް މިއަދު ބާއް...

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި
02 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި

ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން އޮސްޓްރޭލީއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން ކުރިއަށްގެންދިޔަ ޚާއްޞަ ވެބިނާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. "މައިންޑް މެޓާސް: ވާރ...

އެމްއެންޔޫއިން ބައިނަލްއަޤުވާމީ ހަތަރު ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރި ކާމިޔާބީ ފާހަގަކޮށްފި
30 Sep 2026 ހަބަރު

އެމްއެންޔޫއިން ބައިނަލްއަޤުވާމީ ހަތަރު ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރި ކާމިޔާބީ ފާހަގަކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ބައިނަލްއަޤުވާމީ އެކި މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ހަތަރު ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއްގެ ކާމިޔާބީ ފާހަގަކުރުމަށް މިއަދު ޚާއް...

ހިލްޓަން މޯލްޑިވްސްގެ ތިން ރިސޯޓަކާ އެކު އެމްއެންޔޫއިން އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
29 Sep 2026 ހަބަރު

ހިލްޓަން މޯލްޑިވްސްގެ ތިން ރިސޯޓަކާ އެކު އެމްއެންޔޫއިން އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ހިލްޓަން މޯލްޑިވްސްގެ ތިން ރިސޯޓަކާ އެކު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ކޮންރެޑް މޯލްޑިވްސ...