އެމްޑީއެންގެ މައްސަަލައިގައި ފުުލުހަށް ހާޒިރުނުވެވޭނެކަމަށް އަޒްރާ ބުނެފި
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން ތައްޔާރުކޮށްފައިވާ ރިޕޯޓާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސްއިން ކުރަމުންދާ ތަހުގީގަށް ހާޒިރުވެވެން ނެތްކަމަށް އެ ރިޕޯޓް އެކުލަވާލުމުގައި ބައިވެރިވެފައިވާ ޑރ.އަޒްރާ ނަސީމް އަަންގައިފިއެވެ.
އަޒްރާ މިގޮތަށް އަންގާފައިވާކަން ފުލުހުން ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނީ ޗިޓު ކިޔުމަށް ފަހު، ސަލާމަތީ ސަބަބު ތަކަށްޓަކައި، ރައްކާތެރި މާހައުލެއް ލިބޭނެކަމުގެ ޔަގީންކަން ނެތުމުން ދިވެހިރާއްޖެއަށް އައުމަށް އުޒުރުވެރި ވާކަމަށް އަޒްރާ އަންގާފައިވާކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީއެންގެ މައްސަލައާއި ގުޅިގެން ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވާ ޑރ.އަޒްރާ ނަސީމާއި ޝަހިންދާ އިސްމާއިލް މިވަގުތު ދިރިއުޅެމުންދަނީ ރާާއްޖެއިން ބޭރުގައެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށްބުނެ އެ މައްސަލައިގެ ތަހުގީގަށް ހާޒިރުނުވާނެކަމަށް އަޒްރާ ބުނެފައިވާއިރު، ޝަހިންދާގެ ފަރާތުން ތަހުގީގަށް ހާޒިރުނުވާނެފަދަ ބަހެއް ލިބިފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް