ހޫތީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއެއް- ފޮޓޯ/ ރޮއިޓާސް
ހޫތީން ސައުދީ އެއާޕޯޓަށް ދިން ހަމަލާއެއް- ފޮޓޯ/ ރޮއިޓާސް
ދުނިޔެ 13 Oct 2026 | 02:58

ހޫތީން ސަޢުދީގެ ވެރިރަށް ރިޔާޟަށް ހަމަލާ ދެމުންދާތާ ތިން ދުވަސް؛ މިހާތަނަށް 14 މީހުން މަރުވެއްޖެ

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސަޢުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ޖެހިޖެހިގެން ތިންވަނަ ދުވަހު މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް، ޔަމަނުގައި ހަރަކާތްތެރިވާ ސަޢުދީ ކޯލިޝަނުން ބުނެފިއެވެ.

މި ހަމަލާތަކުގައި މިހާތަނަށް 14 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ވަނީ ބަންދުކޮށްފައެވެ.

ކޯލިޝަންގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހޫތީން ރިޔާޟަށް ބެލިސްޓިކް މިސައިލްއެއް ފޮނުވާފައިވާ ކަމަށާއި، އަދި ހުޅަނގު ދެކުނުގެ ޝަހަރު ޚަމީސް މުޝައިތަށް ދެ މިސައިލް ފޮނުވާފައިވާ ކަމަށެވެ. މިއަދު ދިން މި ހަމަލާތަކުގެ އިތުރުން، ފާއިތުވި ދުވަސްތަކުގައި ދިން ހަމަލާތަކުގައި ރިޔާޟުގެ ރައްޔިތުންނަށް ވައިގެ ނުރައްކަލުގެ އިންޒާރު ދީފައިވާކަން އެނގިފައިވެއެވެ.

ޔަމަނުގެ އެންމެ އާބާދީ ބޮޑެތި ސަރަޙައްދުތަކާއި ވެރިރަށް ސަންޢާވެސް ކޮންޓްރޯލް ކުރާ ހޫތީން ބުނެފައިވަނީ ރިޔާޟުގައި އެމީހުން އަމާޒުކުރީ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ކަމަށެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީ ވިދާޅުވީ، ޔަމަން ބޯޑަރާ ކައިރީގައިވާ ޚަމީސް މުޝައިތުގެ އަސްކަރީ ވައިގެ ބަނދަރަށްވެސް ޑްރޯނެއް ފޮނުވާފައިވާ ކަމަށެވެ. އޭނާ ވަނީ އަލުންވެސް ބައިނަލްއަޤްވާމީ އެއާލައިންތަކަށާއި ދަތުރުވެރިންނަށް ސަޢުދީގެ ވައިގެ ބަނދަރުތަކަށް ދަތުރުނުކުރުމަށް އިންޒާރު ދެއްވާފައެވެ. އެއީ މައްކާއާއި މަދީނާ ފަދަ ކީރިތި ޝަހަރުތަކުގެ ވައިގެ ބަނދަރުތައް ފިޔަވައި އެހެން ވައިގެ ބަނދަރުތަކަކީ ރައްކާތެރި ތަންތަން ނޫން ކަމަށް ވިދާޅުވަމުންނެވެ.

މި ހަމަލާތަކުގެ ކުރިން ހޮނިހިރު ދުވަހު ރިޔާޟުގެ ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދިން ހަމަލާއެއްގައި 13 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. އާދިއްތަ ދުވަހު ދިން އިތުރު ހަމަލާއެއްގައި އެކެއް މަރުވެ، 11 މީހުން ޒަޚަމްވިއެވެ.

ސަޢުދީގެ އޮފިޝަލުން ވިދާޅުވީ، ކިންގް ޚާލިދު ބައިނަލްއަޤްވާމީ ވައިގެ ބަނދަރު މި ހޮނިހިރާ ހަމައަށް ބަންދުކޮށްފައި ހުންނާނެ ކަމަށާއި، ގިނަ އެއާލައިންތަކުން ވަނީ އެމީހުންގެ ދަތުރުތައް ކެންސަލްކޮށްފައި ކަމަށެވެ. ހޫތީން ވަނީ ސަޢުދީގެ ތެލުގެ މުޢައްސަސާތަކަށްވެސް ހަމަލާ ދީފައެވެ.

ސަޢުދީ އަރަބިއްޔާގެ ހަކަތަޔާބެހޭ ވަޒީރު ޕްރިންސް ޢަބްދުލްޢަޒީޒް ބިން ސަލްމާން އާރް-ސަޢޫދު ރިޔާޟުގައި ބޭއްވި ހަކަތަ ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ފާއިތުވި ހަފްތާގައި ވައިގެ ބަނދަރުތަކަށް ދިން ހަމަލާތަކުން ސީރިއަސް ކަންތައްތަކެއް ކަމަށާ، ރައްދުވެސް އެހާމެ ސީރިއަސް ވާންޖެހޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކްރައުން ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ އިޤްތިޞާދީ ވިޝަން 2030 ކުރިއަށް ދާންޖެހޭ ކަމަށާއި، އިންވެސްޓްމެންޓްތައް ކުރިއަށް ދާންޖެހޭނެ ކަމަށެވެ.

ސަޢުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ، ގައުމުގެ ވައިގެ ދިފާޢީ ނިޒާމަށް މި ހަމަލާތައް ހުއްޓުވުމަށް ނުކުޅެދުނީ ކީއްވެގެންތޯ ބަލަން ތަޙްޤީޤެއް ފަށާފައެވެ. ރަސްމީ ދެ ފަރާތަކުން ނަން ހާމަ ނުކުރާ ގޮތަށް އެސޯސިއޭޓެޑް ޕްރެސްއަށް މައުލޫމާތު ދެމުން ބުނީ، ހޫތީން ފުރަތަމަ އެތައް ޑްރޯނެއް ފޮނުވައިގެން މިސައިލްތަކަށް މަގުފަހިކުރި ކަމަށާއި، ދެން ކްރޫޒް އަދި ބެލިސްޓިކް މިސައިލްތައް ވައިގެ ބަނދަރަށް އަމާޒުކުރި ކަމަށެވެ. ހޫތީންގެ ބެލިސްޓިކް މިސައިލްތަކުގައި ދަތުރުމަތީގައި މަގު ބަދަލުކުރެވޭ ވަރުގެ ހެޑްސް ހުންނަ ކަމަށްވެސް އެނގިފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ
02 Nov 2026 ދުނިޔެ

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ

ކުންފުނިން ބުނި ގޮތުގައި ފައިދާ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު އުފުލުމާއި، އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޓިކެޓުގެ އަގުތަކަށް އައި ބަދަލުތަކެވެ.

މަދީނާ އިސްލާމިކް ޔުނިވަރސިޓީން މަނާކުރި ކަމަށް ބުނާ ލިޔުންތެރިންގެ ލިސްޓެއްގައި މަޝްހޫރު ޢިލްމުވެރިންތަކެއް
01 Nov 2026 ދުނިޔެ

މަދީނާ އިސްލާމިކް ޔުނިވަރސިޓީން މަނާކުރި ކަމަށް ބުނާ ލިޔުންތެރިންގެ ލިސްޓެއްގައި މަޝްހޫރު ޢިލްމުވެރިންތަކެއް

ސަޢޫދީ ޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ލައިބްރަރީގައި މަނާކޮށްފައިވާ ފޮތްތައް ކަމަށް ބުނެ، ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ލިޔުމެއްގައި އިސްލާމީ ދުނިޔޭގެ މަޝްހޫރު ގިނަ ޢިލްމުވެރިންތަކެއް ހިމެނިފައިވާތީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

މައްކާ، މަދީނާ އަދި ސައުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ހަމަލާތަކެއް ހުއްޓުވައިފި
31 Oct 2026 ދުނިޔެ

މައްކާ، މަދީނާ އަދި ސައުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ހަމަލާތަކެއް ހުއްޓުވައިފި

ހުކުރު އަދި ހޮނިހިރު ދުވަހު ހޫޘީން ވަނީ ގައުމުގެ އެކި ހިސާބުތަކަށް އަމާޒުކޮށް ދެ މިސައިލާއި ތިން ޑްރޯން ފޮނުވާލާފައެވެ. މީގެ ތެރޭގައި ހުޅަނގު ސަރަހައްދަށް އަމާޒުކުރި ކުރޫޒް މިސައިލަކާއި، ދެކުނަށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ހިމެނެއެވެ. މި ހުރިހާ ހަމަލާތަކެއްވެސް ސައުދީގެ ދިފާއީ ނިޒާމުން ވަނީ ވައިގެ ތެރޭގައި ނައްތާލާފައެވެ.

ޓެންޒޭނިއާގެ ގުޅިފައިވާ ދެބެން ވަކިކުރުމަށް ސައުދީ އަރަބިއްޔާއިން 15 ގަޑިއިރުގެ އޮޕަރޭޝަނެއް
29 Oct 2026 ދުނިޔެ

ޓެންޒޭނިއާގެ ގުޅިފައިވާ ދެބެން ވަކިކުރުމަށް ސައުދީ އަރަބިއްޔާއިން 15 ގަޑިއިރުގެ އޮޕަރޭޝަނެއް

ލައިޓިއެންސް އާއި ލޮވެންސް ނަމަކަށް ކިޔާ އުމުރުން ދެ އަހަރުގެ މި ދެބެން ވަކިކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށާފައިވާއިރު، މި އޮޕަރޭޝަނަށް ގާތްގަނޑަކަށް 15 ގަޑިއިރު ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.

މަސްޖިދުލް ޙަރަމްގައި އެއްޖަމާޢަތަކަށް، އެއް އިމާމެއްގެ ފަހަތުގައި ނަމާދުކުރާތާ 100 އަހަރު
28 Oct 2026 ދުނިޔެ

މަސްޖިދުލް ޙަރަމްގައި އެއްޖަމާޢަތަކަށް، އެއް އިމާމެއްގެ ފަހަތުގައި ނަމާދުކުރާތާ 100 އަހަރު

މައްކާގެ މަސްޖިދުލް ޙަރަމްގައި ވަކިވަކި މަޛްހަބުތަކަށް ބަހާލައިގެން ކުރަމުން އައި ޖަމާޢަތްތައް ހުއްޓާލައި، އެއް އިމާމެއްގެ ފަހަތުގައި މުސްލިމުން އެއް ޖަމާޢަތެއްގައި ނަމާދުކުރަން ފެށިތާ 100 އަހަރު ފުރިއްޖެއެވެ.

ސައުދީން 2027 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ތެޔޮ ރައްކާކުރަނީ
26 Oct 2026 ދުނިޔެ

ސައުދީން 2027 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ތެޔޮ ރައްކާކުރަނީ

މި މަޝްރޫއުގެ މައިގަނޑު މަޤްސަދަކީ ދެ ޤައުމުގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ތެޔޮ ފޯރުކޮށްދިނުމުގެ ސަޕްލައި ޗެއިން އިތުރަށް ވަރުގަދަކުރުމެވެ.

ޙޫޘީންގެ ޙަމަލާތައް ވަރުގަދަވެ، ސަޢޫދީގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން އެ ޤައުމުން ފޭބުމަށް އަންގައިފި
22 Oct 2026 ދުނިޔެ

ޙޫޘީންގެ ޙަމަލާތައް ވަރުގަދަވެ، ސަޢޫދީގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން އެ ޤައުމުން ފޭބުމަށް އަންގައިފި

ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ވަރުގަދަވެ، އެ ޤައުމުގެ އެކި ސަރަޙައްދުތަކުން މީހުން މަރުވުމާ ގުޅިގެން، ސަޢޫދީގައި ތިބި އެމެރިކާގެ ބައެއް ޑިޕްލޮމެޓުންނާއި އެމީހުންގެ ޢާއިލާތައް އެ ޤައުމުން ފޭބުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަންގައިފިއެވެ.