ހޫތީން ސައުދީއަށް ދިން ހަމަލާއެއް-
ހޫތީން ސައުދީއަށް ދިން ހަމަލާއެއް-
ދުނިޔެ 22 Oct 2026 | 11:38

ޙޫޘީންގެ ޙަމަލާތައް ވަރުގަދަވެ، ސަޢޫދީގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން އެ ޤައުމުން ފޭބުމަށް އަންގައިފި

ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ވަރުގަދަވެ، އެ ޤައުމުގެ އެކި ސަރަޙައްދުތަކުން މީހުން މަރުވުމާ ގުޅިގެން، ސަޢޫދީގައި ތިބި އެމެރިކާގެ ބައެއް ޑިޕްލޮމެޓުންނާއި އެމީހުންގެ ޢާއިލާތައް އެ ޤައުމުން ފޭބުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަންގައިފިއެވެ.

ސަޢޫދީގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ތެޔޮ ވަޅަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް ވައްޓާލުމުގެ ތެރޭގައި އޭގެ ބައިތައް ވެއްޓި ދެ މީހަކު ވަނީ މަރުވެފައެވެ. އަދި ދަންމާމުގެ ކިންގް ފަހަދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ޙަމަލާއެއްގައި އިތުރު މީހަކު ވަނީ މަރުވެފައެވެ. މި ޙަމަލާގައި 8 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. މީގެއިތުރުން، ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ ބޯޑަރު ކައިރީގައި އޮންނަ ޝައިބާ ތެޔޮ ދަނޑަށް ދިން ޑްރޯން ޙަމަލާއެއްގައިވެސް ދެ މީހަކު ޒަޚަމްވެފައިވެއެވެ.

އީރާނުގެ މަދަދު ލިބޭ ޙޫޘީންނާއި ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ވަނީ އިތުރަށް ގޯސްވެފައެވެ. ޙޫޘީން ދަނީ ސަޢޫދީގެ ވައިގެ ބަނދަރުތަކަށާއި، ހަކަތަ އުފައްދާ މަރުކަޒުތަކަށް އަދި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ޙަމަލާތައް ފޮނުވަމުންނެވެ. މިގޮތުން ދާދިފަހުން ރިޔާޒުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދިން ޙަމަލާއަކީ ފަހަކަށް އައިސް އެ ޤައުމަށް ދެވުނު އެންމެ ނުރައްކާތެރި އެއް ޙަމަލާއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނީ، ސަޢޫދީ ޢަރަބިއްޔާގައި ތިބި އެމެރިކާ ސަރުކާރުގެ ކޮންމެހެން ތިބެން ނުޖެހޭ (ނޮން-އިމަޖެންސީ) މުވައްޒަފުންނާއި އެމީހުންގެ ޢާއިލާތަކުގެ މެންބަރުން އެ ޤައުމުން ފުރުމަށް އަންގާފައިވާ ކަމަށެވެ. އަދި އީރާނުގެ ތާއީދު އޮންނަ ޙޫޘީން ސަޢޫދީގެ ޢާންމު ވައިގެ ބަނދަރުތަކަށާއި މުހިންމު ޢުމްރާނީ ވަސީލަތްތަކަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ޢާންމުންގެ ފުރާނައަށް ގެއްލުންވެ، ދަތުރުފަތުރަށް ބޮޑެތި ބުރޫއަރަމުންދާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން މި ހަމަނުޖެހުންތައް އިތުރަށް ފުޅާވެގެން ހިނގައިދާނެ ކަމުގެ އިންޒާރުވެސް ތަރުޖަމާނު ވަނީ ދީފައެވެ.

ޔަމަނުގައި ދާޚިލީ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރު ޙޫޘީން އެ ޤައުމުގެ ވެރިރަށް ޞަންޢާއިން ސަރުކާރު ބޭރުކޮށްލުމާ ގުޅިގެންނެވެ. އަދި 2015 ވަނަ އަހަރު ސަޢޫދީ އިސްވެ އޮންނަ އަސްކަރީ ކޯލިޝަނުން ޔަމަނުގެ ޤާނޫނީ ސަރުކާރު އަލުން ޤާއިމުކުރުމަށް ވަނުމާއެކު މި ހަނގުރާމަ ވަރަށް ބޮޑަށް ވަރުގަދަވިއެވެ. ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު ޢަމަލުކުރަމުންދިޔަ ނުރަސްމީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މިދިޔަ ޖުލައި މަހު ވަނީ ނިމުމަކަށް އައިސްފައެވެ. އެއީ ސަޢޫދީއާ ދެކޮޅަށް "ކަނޑުގެ ދަތުރުފަތުރުގެ ދަތިކުރުމުގެ ފިޔަވަޅުތަކެއް" ޙޫޘީން އިޢުލާނުކޮށް، ސަޢޫދީގެ އެއާޕޯޓްތަކަށާއި، ތެޔޮ މަރުކަޒުތަކަށް އަދި ރަތްކަނޑުގައި ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް ޙަމަލާދޭން ފެށުމުންނެވެ.

ޙޫޘީން ބުނަމުންދަނީ މި ޙަމަލާތަކަކީ އެމީހުންގެ ސަރަޙައްދުތަކަށް ސަޢޫދީން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށާއި، ޞަންޢާ އެއާޕޯޓަށް ދިން ވައިގެ ޙަމަލާތަކުގެ ބަދަލުހިފުމެއް ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި
22 Nov 2026 ދުނިޔެ

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި

2035 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށް ދިރާސާއަކުން ދެއްކުމާ ގުޅިގެން، ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް އެމެރިކާގެ ކުރީގެ ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ކްރިސްޓިއަނުންނަށް ގޮވާލައިފިއެވެ.

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި
22 Nov 2026 ދުނިޔެ

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި

އިސްރާއީލުގެ އާ ސަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ކުރީގެ އަސްކަރީ ވެރިޔާ ގާޑީ އައިޒެންކޮޓް، ބެންޖަމިން ނަތަންޔާހޫގެ ކަނާތުފިޔައިގެ ލިކުޑް ޕާޓީއާ އެކު ކޯލިޝަން މަޝްވަރާތައް ފެށުމަށް ދައުވަތު ދީފިއެވެ.

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ
22 Nov 2026 ދުނިޔެ

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ

އުމުރުން ދުވަސްވާއިރު ދީނީ އަދި ރޫޙާނީ ކަންކަމަށް ލޯބިކުރާ މީހުންނަށް ދިރިއުޅުމުގައި ލިބޭ އުފާވެރިކަމާއި، ދިރިއުޅުމުގެ ފެންވަރު މާ ބޮޑަށް ރަނގަޅު ކަމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ.

ޔަމަނުގެ ދެ ސަރަހައްދަކަށް ސައުދީން ހަމަލާދީފި
21 Nov 2026 ދުނިޔެ

ޔަމަނުގެ ދެ ސަރަހައްދަކަށް ސައުދީން ހަމަލާދީފި

އަލް މަސީރާ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައުދީން ހަމަލާދީފައިވަނީ ޔަމަނުގެ ތައީޒްގައި ހުންނަ ދެ ސަރަހައްދަކަށެވެ.

ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރާ ސަޢުދީ ކޯލިޝަންގެ ކޮމާންޑަރު މަގާމުން ވަކިކޮށްފި
17 Nov 2026 ދުނިޔެ

ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރާ ސަޢުދީ ކޯލިޝަންގެ ކޮމާންޑަރު މަގާމުން ވަކިކޮށްފި

ޔަމަނުގައި އީރާނުގެ ތާޢީދު އޮންނަ ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ސަޢޫދީ ކޯލިޝަން ފައުޖުތަކުގެ އިސް ކޮމާންޑަރުގެ މަޤާމުން ލެފްޓިނެންޓް ޖެނެރަލް ފަހަދު ބިން ޙަމަދު އަލްސަލްމާން ވަކިކޮށް، އެ މަޤާމަށް އައު ބޭފުޅަކު ޢައްޔަންކޮށްފިއެވެ.

މަސްޖިދުލް ޙަރަމަށް ޒިޔާރަތްކުރާ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަމަށް ހާއްސަ ބޭންޑެއް
15 Nov 2026 ދީން

މަސްޖިދުލް ޙަރަމަށް ޒިޔާރަތްކުރާ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަމަށް ހާއްސަ ބޭންޑެއް

މި ޚިދުމަތް ފޯރުކޮށްދެނީ ޙަރަމްފުޅުގައި ގާއިމުކޮށްފައިވާ "ގެސްޓް ކެއަރ ސެންޓަރު" ތައް މެދުވެރިކޮށް ހިލޭސާބަހަށެވެ. މި ބްރޭސްލެޓްތަކުގައި އެ މީހަކީ ކާކުކަން އަންގައިދޭ މުހިންމު މަޢުލޫމާތާއި ގުޅޭނެ ނަންބަރުތައް ހިމަނާފައި ހުރެއެވެ.

ސައުދީން 9 މިސައިލާއި ޑްރޯން ވައްޓާލައިފި؛ މައްކާ ސަރަހައްދަށް ބައެއް ބައިތައް ވެއްޓުނު
12 Nov 2026 ދުނިޔެ

ސައުދީން 9 މިސައިލާއި ޑްރޯން ވައްޓާލައިފި؛ މައްކާ ސަރަހައްދަށް ބައެއް ބައިތައް ވެއްޓުނު

ކޯލިޝަނުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރްކީ އަލްމާލިކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހުއްޓުވި ހަމަލާތަކުގެ ތެރޭގައި ރިޔާދު، މައްކާ އަދި ސައުދީގެ ދެކުނާއި އިރުމަތީ ސަރަހައްދުތަކަށް އަމާޒުކޮށްފައިވާ ދެ ބެލިސްޓިކް މިސައިލާއި، ތިން ކްރޫޒް މިސައިލްގެ އިތުރުން ހަތަރު ޑްރޯން ހިމެނޭ ކަމަށެވެ.

އިންޑޮނޭޝިޔާގެ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ސައުދީން އެހީ ފޯރުކޮށްދޭން ފަށައިފި
07 Nov 2026 ދުނިޔެ

އިންޑޮނޭޝިޔާގެ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ސައުދީން އެހީ ފޯރުކޮށްދޭން ފަށައިފި

އިންޑޮނޭޝިޔާގެ ފްލޮރެސް ޖަޒީރާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ސައުދީ އަރަބިއްޔާއިން ކުއްލި އެހީގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ.