ސައުދީ އާއި ސިނަގްޕޫރު ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރުން؛ ފޮޓޯ / ސައުދީ ގެޒެޓް
ސައުދީ އާއި ސިނަގްޕޫރު ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރުން؛ ފޮޓޯ / ސައުދީ ގެޒެޓް
ދުނިޔެ 26 Oct 2026 | 09:19

ސައުދީން 2027 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ތެޔޮ ރައްކާކުރަނީ

ސައުދީ އަރަބިއްޔާ އާއި ސިންގަޕޫރުގެ ސަރުކާރުން ގުޅިގެން ސިންގަޕޫރުގައި ކްރޫޑް އޮއިލް ރައްކާކުރެވޭނެ އިންތިޒާމެއް ގާއިމްކޮށް، 2027 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ކްރޫޑް ތެޔޮ ރައްކާކުރަން ނިންމައިފިއެވެ.

މި މަޝްރޫއުގެ މައިގަނޑު މަޤްސަދަކީ ދެ ޤައުމުގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ތެޔޮ ފޯރުކޮށްދިނުމުގެ ސަޕްލައި ޗެއިން އިތުރަށް ވަރުގަދަކުރުމެވެ.

މި ނިންމުން އިއުލާންކުރުމުގެ ގޮތުން، ސިންގަޕޫރު އިންޓަރނޭޝަނަލް އެނާޖީ ވީކް (އެސް.އައި.އީ.ޑަބްލިއު) ގެ ތެރެއިން ސިންގަޕޫރުގެ އެނާޖީ މާކެޓް އޮތޯރިޓީ (އީ.އެމް.އޭ) އާއި ޖޭ.ޓީ.ސީ ކޯޕަރޭޝަނުން ވަނީ ސައުދީ އަރާމްކޯއާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، ލިޔުންތައް ބަދަލުކޮށްފައެވެ.

ރޭވިފައިވާ ގޮތުގެ މަތިން ސައުދީގެ ކްރޫޑް އޮއިލް ރައްކާކުރުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރުގެ ޖުރޮންގް އައިލެންޑްގައިވާ ޖުރޮންގް ރޮކް ކޭވަރންސްގައެވެ. އަދި މި ސްޓޯރޭޖުގެ ޚިދުމަތްތަކާއި އޮޕަރޭޝަންތައް 2027 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ފެށުމަށް ވަނީ އަމާޒުހިފާފައެވެ.

މިގޮތަށް ރައްކާކުރެވޭ ކްރޫޑް އޮއިލްގެ ސަބަބުން ދުނިޔޭގެ މާކެޓަށް ނުވަތަ ތެޔޮ ފޯރުކޮށްދިނުމަށް ދިމާވެދާނެ ނުވަތަ މެދުކެނޑުމެއް އަތުވެދާނެ ހާލަތްތަކުގައި ސިންގަޕޫރުގެ ހަކަތައިގެ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިވެދޭނެއެވެ. މީގެ އިތުރުން، ދެކުނު އޭޝިއާގެ ސަރަހައްދުތަކަށް ސައުދީ ކްރޫޑް އޮއިލް ފޯރުކޮށްދިނުމުގެ ސަޕްލައި ޗެއިން އިތުރަށް ހަރުދަނާވެގެންދާނެއެވެ.

މި ފިޔަވަޅަކީ ދެ ޤައުމުގެ ދެމެދުގައި ހަކަތައިގެ ދާއިރާއިން އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެކެވެ. މިއީ ސަރަހައްދީ ހަކަތައިގެ މަރުކަޒެއްގެ ގޮތުގައި ސިންގަޕޫރުން އަދާކުރާ ދައުރާއި ސައުދީ އަރަބިއްޔާއިން ތެޔޮ ފޯރުކޮށްދިނުން ހަރުދަނާކުރުމަށް ކުރާ މަސައްކަތްތައް ގުޅުވާލަދޭ މުހިންމު މަޝްރޫއެއްކަން ސައުދީ ސަރުކާރުން ފާހަގަކުރެއެވެ.

މި ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ސިންގަޕޫރުގެ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީ އާއި ސައުދީގެ މިނިސްޓްރީ އޮފް އެނާޖީ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކަރުދާސް ހޮޅިތައް ޕްލާސްޓިކް ހޮޅިތަކަށްވުރެ 6.33 ގުނަ ނުރައްކާތެރި: ދިރާސާ
26 Oct 2026 ދުނިޔެ

ކަރުދާސް ހޮޅިތައް ޕްލާސްޓިކް ހޮޅިތަކަށްވުރެ 6.33 ގުނަ ނުރައްކާތެރި: ދިރާސާ

މި ދިރާސާއަކީ ސައުތު ކޮރެއާގެ މިނިސްޓްރީ އޮފް ކްލައިމެޓް، އެނާޖީ އެންޑް އެންވަޔަރަންމަންޓްގެ އެދުމުގެ މަތިން ކުރިއަށްގެންގޮސް، ޕީޕަލް ޕަވަރ ޕާޓީގެ ރެޕްރެޒެންޓެޓިވް ކިމް ވި-ސަންގް ހާމަކުރައްވާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ހަތަރު ބާވަތެއްގެ ހޮޅިއެއްގެ ތިމާވެށީގެ އަސަރުތައް ވަނީ ފާހަގަކޮށްފައެވެ.

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފި
26 Oct 2026 ދުނިޔެ

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފި

ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ، ވާދަވެރި ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓް ސެނެޓަރު ފްލާވިއޯ ބޮލްސޮނާރޯ ބަލިކުރައްވައި ހަތަރު ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. އެއީ ރިޔާސީ އިންތިޚާބެއްގެ ފުރަތަމަ ބުރުގައި ބަލިވެވަޑައިގަތުމަށްފަހު ދެވަނަ ބުރު ކާމިޔާބުކުރެއްވި ބްރެޒިލްގެ ހަމައެކަނި ސިޔާސީ ބޭފުޅާއެވެ.

ޙޫޘީންގެ ޙަމަލާތައް ވަރުގަދަވެ، ސަޢޫދީގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން އެ ޤައުމުން ފޭބުމަށް އަންގައިފި
22 Oct 2026 ދުނިޔެ

ޙޫޘީންގެ ޙަމަލާތައް ވަރުގަދަވެ، ސަޢޫދީގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން އެ ޤައުމުން ފޭބުމަށް އަންގައިފި

ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ވަރުގަދަވެ، އެ ޤައުމުގެ އެކި ސަރަޙައްދުތަކުން މީހުން މަރުވުމާ ގުޅިގެން، ސަޢޫދީގައި ތިބި އެމެރިކާގެ ބައެއް ޑިޕްލޮމެޓުންނާއި އެމީހުންގެ ޢާއިލާތައް އެ ޤައުމުން ފޭބުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަންގައިފިއެވެ.

ސައޫދީގެ ކިންގް ފަހަދު އެއާޕޯޓަށް ދިން ހަމަލާއެއްގައި އެކަކު މަރުވެ، އަށް މީހުން ޒަޚަމްވެއްޖެ
22 Oct 2026 ދުނިޔެ

ސައޫދީގެ ކިންގް ފަހަދު އެއާޕޯޓަށް ދިން ހަމަލާއެއްގައި އެކަކު މަރުވެ، އަށް މީހުން ޒަޚަމްވެއްޖެ

ސައޫދީ އަރަބިއްޔާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ދައްމާމުގައި ހުންނަ ކިންގް ފަހަދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި އެކަކު މަރުވެ، އަށް މީހުން ޒަޚަމްވެއްޖެއެވެ.

އިނގިރޭސިވިލާތުން، ސައުދީއަށް ހޫތީންނާއި ދެކޮޅަށް ދިފާއީ އެހީތެރިކަން ފޯރުކޮށްދެނީ
20 Oct 2026 ދުނިޔެ

އިނގިރޭސިވިލާތުން، ސައުދީއަށް ހޫތީންނާއި ދެކޮޅަށް ދިފާއީ އެހީތެރިކަން ފޯރުކޮށްދެނީ

އިނގިރޭސިވިލާތުން ބުނެފައިވާ ގޮތުގައި، އެ ގައުމުން ފޮނުވާނީ ރޯޔަލް އެއާ ފޯސް )އާރްއޭއެފް(ގެ ވޮއޭޖަރ މަރުކާގެ، ވައިގައި ހުރެ އެހެން މަތިންދާބޯޓުތަކަށް ތެޔޮ އަޅައިދޭ ބޯޓެކެވެ. މި އެހީ ދެނީ ސައުދީ ސަރުކާރުން އެދިވަޑައިގަތުމުން، ޔަމަނުގެ ސަރުކާރަށް ތާއީދުކޮށް ސައުދީން ކުރިއަށް ގެންދާ ދިފާއީ މަސައްކަތްތަކަށް އެހީތެރިވުމަށެވެ.

މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑި ބަންގްލަދޭޝްގެ ދެ މީހަކަށް ސައުދީއިން މަރުގެ އަދަބުދިން މައްސަލާގައި ޢާއިލާއިން ވާހަކަދައްކައިފި
20 Oct 2026 ދުނިޔެ

މައްކާގެ މިސްކިތެއްގެ ހުރުމަތް ކެނޑި ބަންގްލަދޭޝްގެ ދެ މީހަކަށް ސައުދީއިން މަރުގެ އަދަބުދިން މައްސަލާގައި ޢާއިލާއިން ވާހަކަދައްކައިފި

މައްކާގެ މިސްކިތެއްގެ ތެރޭގައި އަދަބު އަޚްލާޤާ ޚިލާފު ޢަމަލެއް ހިންގި ކަމުގެ ކުށް ސާބިތުވެ، ބަންގްލަދޭޝްގެ ފިރިހެނަކާއި އަންހެނަކަށް ސައުދީ ޢަރަބިއްޔާގައި މަރުގެ އަދަބު ދީފިއެވެ. މި އަދަބު ތަންފީޒުކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު މައްކާ ސަރަޙައްދުގައެވެ.

ސައުދީއަށް ދިފާއީ އެހީތެރިކަން ދިނުމަށް މިސްރުން މަޝްވަރަކުރަނީ
18 Oct 2026 ދުނިޔެ

ސައުދީއަށް ދިފާއީ އެހީތެރިކަން ދިނުމަށް މިސްރުން މަޝްވަރަކުރަނީ

މިސްރުގެ މަޖިލީހުން ވަނީ، މި ނިންމެވުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތަކާއި ގުޅޭ ގޮތުން ހާއްސަ ސެޝަނެއް އެ އިދާރާގައި ބާއްވަން ނިންމާފައެވެ. މިކަމާއި ގުޅޭ ގޮތުން، ދިފާއީ ތަހުލީލުވެރިއަކު އަލް ޖަޒީރާއަށް ބުނި ގޮތުގައި، އެ ގައުމުގެ މަޖިލީހުން މިކަމަށް ހުއްދަ ދީފިނަމަ މަދު ގަޑިއިރުތަކެއްގެ ތެރޭގައި މިސްރުގެ ސިފައިންނަށް ސައުދީ އަރަބިއްޔާއަށް ދިފާއީ އެހީތެރިކަން ދެވިދާނެއެވެ.

ހޫޘީންގެ ވަރުގަދަ އިންޒާރެއް: ސައޫދީގެ އެއާޕޯޓްތަކަށާއި ތެލުގެ ވަސީލަތްތަކަށް އިތުރު ހަމަލާތައް ދޭނަން
14 Oct 2026 ދުނިޔެ

ހޫޘީންގެ ވަރުގަދަ އިންޒާރެއް: ސައޫދީގެ އެއާޕޯޓްތަކަށާއި ތެލުގެ ވަސީލަތްތަކަށް އިތުރު ހަމަލާތައް ދޭނަން

ޔަމަނުގެ ހޫޘީ ޖަމާއަތުން ސައޫދީ އަރަބިއްޔާގެ އެއާޕޯޓްތަކަށާއި ތެލުގެ ވަސީލަތްތަކަށް އަމާޒުކޮށް އިތުރު ހަމަލާތައް ދޭނެކަމުގެ ވަރުގަދަ އިންޒާރެއް ބުދަ ދުވަހު ދީފިއެވެ.