ގެފުޅު-
ގެފުޅު-
ދުނިޔެ 28 Oct 2026 | 11:45

މަސްޖިދުލް ޙަރަމްގައި އެއްޖަމާޢަތަކަށް، އެއް އިމާމެއްގެ ފަހަތުގައި ނަމާދުކުރާތާ 100 އަހަރު

މައްކާގެ މަސްޖިދުލް ޙަރަމްގައި ވަކިވަކި މަޛްހަބުތަކަށް ބަހާލައިގެން ކުރަމުން އައި ޖަމާޢަތްތައް ހުއްޓާލައި، އެއް އިމާމެއްގެ ފަހަތުގައި މުސްލިމުން އެއް ޖަމާޢަތެއްގައި ނަމާދުކުރަން ފެށިތާ 100 އަހަރު ފުރިއްޖެއެވެ.

ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި، އެތައް ޤަރުނެއް ވަންދެން މަސްޖިދުލް ޙަރަމްގައި ހަތަރު މަޛްހަބަށް ޚާއްޞަކޮށްގެން ހަތަރު މުޞައްލަ (ނަމާދުކުރާ ވަކި ޖާގަ) ހުއްޓެވެ. މި އާދައިގެ ދަށުން، ކޮންމެ މަޛްހަބެއްގެ މީހުންވެސް ނަމާދުކުރަމުން ދިޔައީ އެ މަޛްހަބެއްގެ ވަކި އިމާމެއްގެ ފަހަތުގައެވެ. މިގޮތުން ޢާންމުކޮށް އެންމެ ފުރަތަމަ ޝާފިޢީ މަޛްހަބުގެ ޖަމާޢަތް ކުރިއަށްދާއިރު، އޭގެ ފަހުން ޙަނަފީ، މާލިކީ އަދި ޙަންބަލީ މަޛްހަބުގެ ޖަމާޢަތްތައް އެއް ނަމާދަކަށް ތަކުރާރުކޮށް ބާއްވަމުން ގެންދިޔައެވެ.

އެ ޒަމާނުގެ ދަތުރުވެރިންނާއި ތާރީޚު ޢިލްމުވެރިން ވަނީ ކޮންމެ މަޛްހަބެއްގެ އަހުލުވެރިން އެބައިމީހުންގެ ޚާއްޞަ މަޤާމުތަކަށް އެއްވެ، ވަކިވަކިން ނަމާދުކުރި ގޮތް ތަފްޞީލުކޮށް ބަޔާންކޮށްފައެވެ.

އެހެންނަމަވެސް، 27 އޮކްޓޫބަރު 1926 ގައި ސަޢޫދީ ޢަރަބިއްޔާގެ ބާނީ ރަސްގެފާނު ޢަބްދުލްޢަޒީޒް ވަނީ މި އުޞޫލު އުވާލައްވަން އަމުރުކުރައްވާފައެވެ. ޙިޖާޒާއި ނަޖުދުގެ ދީނީ ޢިލްމުވެރިންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށްފަހު، ހުރިހާ މުސްލިމުން އެއް އިމާމެއްގެ ފަހަތުގައި އެއް ޖަމާޢަތަކަށް ގެނައުމަށް އިއްތިފާޤުވެވުނެވެ. މި ނިންމުމާއެކު، ޙަރަމްފުޅުގައި ހުރި ވަކިވަކި މުޞައްލަތައް ނައްތާލެވި، އެއް ނަމާދަކަށް ތަކުރާރުކޮށް ޖަމާޢަތް ހެދުން އެއްކޮށް ނިމުމަކަށް ގެނެވުނެވެ.

މި ތާރީޚީ ބަދަލަށްފަހު، ކޮންމެ ނަމާދަކަށްވެސް ޙަރަމްފުޅުގައި ބޭއްވެނީ އެންމެ ޖަމާޢަތެކެވެ. އިމާމުކަމުގެ ވާޖިބު އަދާކުރެއްވުމަށް ޝަރުޠުހަމަވާ އެކި އިމާމުން ބަހާލައިގެން ޙަރަކާތްތެރިވި ނަމަވެސް، އެއް ވަގުތެއްގައި ހުރިހާ މައުމޫމުން ސަފުހަދަނީ އެއް އިމާމެއްގެ ފަހަތުގައެވެ. މިއީ ކީރިތި ރަސޫލާ ﷺ އާއި އެކަލޭގެފާނުގެ ޞަޙާބީންގެ ޒަމާނުގައި ޢަމަލުކުރެއްވި އަސްލު ގޮތެވެ. އިސްލާމްދީނުގެ ކުރީކޮޅުގައިވެސް އެންމެހައި މުސްލިމުން އެއްބައިވަންތަކަމާއެކު ނަމާދުކުރަމުން ދިޔައީ އެންމެ ޖަމާޢަތެއްގައެވެ.

އަހަރުތަކަކަށް ދެމިގެންދިޔަ ބައިބައިވުމަށް ނިމުމެއް ގެނެސް، 1926 ގައި ނިންމި ނިންމުމަށް މިއަދު 100 އަހަރު ފުރިފައިވާއިރު، މި ނިޒާމު މިއަދާ ހަމައަށްވެސް ދެމިއޮތީ އެއްވެސް ބަދަލެއް ނައިހެވެ. މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ އެތައް މިލިއަން މުސްލިމުން މަސްޖިދުލް ޙަރަމްގައި އެކުއެކީ ސަފުހަދައި ނަމާދުކުރަމުން ދަނީ އެއްބައިވަންތަ އެއް އުންމަތެއްގެ ގޮތުގައެވެ. މިއީ ސަޢޫދީ ވެރިކަމުގެ ކުރީކޮޅުގައި ޙަރަމްފުޅުގެ އިންތިޒާމުތަކަށް ގެނެވުނު އެންމެ މުހިންމު އަދި ދެމިގެންދިޔަ އެއް އިޞްލާޙެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި
22 Nov 2026 ދުނިޔެ

މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންނަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރުމުން، ކްރިސްޓިއަނުން ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް ގޮވާލައިފި

2035 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮތް ދީނަކަށް އިސްލާމްދީން ވެގެންދާނެ ކަމަށް ދިރާސާއަކުން ދެއްކުމާ ގުޅިގެން، ކައިވެނިކޮށް ގިނައިން ދަރިން ހޯދުމަށް އެމެރިކާގެ ކުރީގެ ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ކްރިސްޓިއަނުންނަށް ގޮވާލައިފިއެވެ.

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި
22 Nov 2026 ދުނިޔެ

އިސްރާއީލުގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް، ނަތަންޔާހޫގެ ލިކުޑް ޕާޓީއަށް މަޝްވަރާއަށް ދައުވަތު ދީފި

އިސްރާއީލުގެ އާ ސަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ކުރީގެ އަސްކަރީ ވެރިޔާ ގާޑީ އައިޒެންކޮޓް، ބެންޖަމިން ނަތަންޔާހޫގެ ކަނާތުފިޔައިގެ ލިކުޑް ޕާޓީއާ އެކު ކޯލިޝަން މަޝްވަރާތައް ފެށުމަށް ދައުވަތު ދީފިއެވެ.

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ
22 Nov 2026 ދުނިޔެ

ދީނީ އަދި ރޫޙާނީ ކަންކަމަށް އިސްކަންދޭ އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުން، ދީނާ ދުރުމީހުންނަށްވުރެ މާ އުފާވެރި: ދިރާސާ

އުމުރުން ދުވަސްވާއިރު ދީނީ އަދި ރޫޙާނީ ކަންކަމަށް ލޯބިކުރާ މީހުންނަށް ދިރިއުޅުމުގައި ލިބޭ އުފާވެރިކަމާއި، ދިރިއުޅުމުގެ ފެންވަރު މާ ބޮޑަށް ރަނގަޅު ކަމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ.

ޔަމަނުގެ ދެ ސަރަހައްދަކަށް ސައުދީން ހަމަލާދީފި
21 Nov 2026 ދުނިޔެ

ޔަމަނުގެ ދެ ސަރަހައްދަކަށް ސައުދީން ހަމަލާދީފި

އަލް މަސީރާ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައުދީން ހަމަލާދީފައިވަނީ ޔަމަނުގެ ތައީޒްގައި ހުންނަ ދެ ސަރަހައްދަކަށެވެ.

ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރާ ސަޢުދީ ކޯލިޝަންގެ ކޮމާންޑަރު މަގާމުން ވަކިކޮށްފި
17 Nov 2026 ދުނިޔެ

ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރާ ސަޢުދީ ކޯލިޝަންގެ ކޮމާންޑަރު މަގާމުން ވަކިކޮށްފި

ޔަމަނުގައި އީރާނުގެ ތާޢީދު އޮންނަ ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ސަޢޫދީ ކޯލިޝަން ފައުޖުތަކުގެ އިސް ކޮމާންޑަރުގެ މަޤާމުން ލެފްޓިނެންޓް ޖެނެރަލް ފަހަދު ބިން ޙަމަދު އަލްސަލްމާން ވަކިކޮށް، އެ މަޤާމަށް އައު ބޭފުޅަކު ޢައްޔަންކޮށްފިއެވެ.

މަސްޖިދުލް ޙަރަމަށް ޒިޔާރަތްކުރާ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަމަށް ހާއްސަ ބޭންޑެއް
15 Nov 2026 ދީން

މަސްޖިދުލް ޙަރަމަށް ޒިޔާރަތްކުރާ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަމަށް ހާއްސަ ބޭންޑެއް

މި ޚިދުމަތް ފޯރުކޮށްދެނީ ޙަރަމްފުޅުގައި ގާއިމުކޮށްފައިވާ "ގެސްޓް ކެއަރ ސެންޓަރު" ތައް މެދުވެރިކޮށް ހިލޭސާބަހަށެވެ. މި ބްރޭސްލެޓްތަކުގައި އެ މީހަކީ ކާކުކަން އަންގައިދޭ މުހިންމު މަޢުލޫމާތާއި ގުޅޭނެ ނަންބަރުތައް ހިމަނާފައި ހުރެއެވެ.

ސައުދީން 9 މިސައިލާއި ޑްރޯން ވައްޓާލައިފި؛ މައްކާ ސަރަހައްދަށް ބައެއް ބައިތައް ވެއްޓުނު
12 Nov 2026 ދުނިޔެ

ސައުދީން 9 މިސައިލާއި ޑްރޯން ވައްޓާލައިފި؛ މައްކާ ސަރަހައްދަށް ބައެއް ބައިތައް ވެއްޓުނު

ކޯލިޝަނުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރްކީ އަލްމާލިކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހުއްޓުވި ހަމަލާތަކުގެ ތެރޭގައި ރިޔާދު، މައްކާ އަދި ސައުދީގެ ދެކުނާއި އިރުމަތީ ސަރަހައްދުތަކަށް އަމާޒުކޮށްފައިވާ ދެ ބެލިސްޓިކް މިސައިލާއި، ތިން ކްރޫޒް މިސައިލްގެ އިތުރުން ހަތަރު ޑްރޯން ހިމެނޭ ކަމަށެވެ.

އިންޑޮނޭޝިޔާގެ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ސައުދީން އެހީ ފޯރުކޮށްދޭން ފަށައިފި
07 Nov 2026 ދުނިޔެ

އިންޑޮނޭޝިޔާގެ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ސައުދީން އެހީ ފޯރުކޮށްދޭން ފަށައިފި

އިންޑޮނޭޝިޔާގެ ފްލޮރެސް ޖަޒީރާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ސައުދީ އަރަބިއްޔާއިން ކުއްލި އެހީގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ.