ރަސްމީ ދަތުރުފުޅެއްގައި، ޚާރިޖީ ވަޒީރު ޒަމީރު މާދަމާ އިންޑިޔާއަށް ވަޑައިގަންނަވަނީ
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި މާދަމާ އިންޑިއާއަށް ވަޑައިގަންނަވާނެކަމުގައި ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.
މިއަދު ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވަޒީރުގެ މި ދަތުރުފުޅަކީ މާދަމައިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
ވަޒީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރައްވާ، ރާއްޖެއާއި އިންޑިއާގެ ގުޅުމާ މެދު ދެ ވަޒީރުން މަޝްވަރާކުރައްވާނެކަމުގައިވެސް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.
ވަޒީރު އިންޑިޔާއަށް ކުރައްވާ މި ދަތުރުފުޅަކީ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް