ޕާކިސްތާނުގެ ސަލާމަތީ ބާރުތައް ހައިބާގައި ފޯރިމަރަނީ.. ފޮޓޯ: ރޮއިޓާސް
ޕާކިސްތާނުގެ ސަލާމަތީ ބާރުތައް ހައިބާގައި ފޯރިމަރަނީ.. ފޮޓޯ: ރޮއިޓާސް
ދުނިޔެ 12 Oct 2026 | 11:57

ޕާކިސްތާނުގެ ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް ގެނެސްފި

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރާއި ޖަލުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީ (ޕީ.ޓީ.އައި) އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި، ޖުމްލަކޮށް ޙާލަތު ގޯސްވުމާ ގުޅިގެން، ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފިއެވެ.

މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ.

ކުއްލި ޙާލަތު އިއުލާންކޮށް، ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ ޤަރާރު ނެރުއްވާފައިވަނީ ޕާކިސްތާނުގެ ޤާނޫނުއަސާސީއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. މިގޮތަށް ޢަމަލުކުރެއްވީ ޕްރޮވިންސްގައި ހަނގުރާމަވެރިންގެ ޙަމަލާތައް އިތުރުވެ، ޤާނޫނީ ވެރިކަން ހިންގަން ދަތިވުމާއި ގުޅިގެން ކަމަށް ބުނެއެވެ. މި ފިޔަވަޅާ ގުޅިގެން ޕްރޮވިންސްގެ ޗީފް މިނިސްޓަރާއި، ކެބިނެޓް މިނިސްޓަރުންނާއި، އެހެނިހެން މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ މަޤާމުތަކުން ދުރުކުރެވިފައެވެ.

މި ނިންމުން އައިސްފައިވަނީ ޢިމްރާން ޚާން ޖަލުން މިނިވަންކުރުމަށާއި، ޞިއްޙީ ފަރުވާ ހޯދައިދިނުމަށް ގޮވާލައި ޕީ.ޓީ.އައި. ގެ އެތައް ހާސް ސަޕޯޓަރުންނެއް ވެރިރަށް އިސްލާމްއާބާދުގައި ކުރަމުންދާ މުޒާހަރާތަކަކާ ގުޅިގެންކަމަށް ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރއެވެ. އިމްރާން ޚާންގެ ޕާޓީގެ ފަރާތުން ބުނެފައިވަނީ މި ނިންމުމަކީ ސިޔާސީ ގޮތުން އަޅާފައިވާ ތާކުން ތާކު ނުޖެހޭ ފިޔަވަޅެއް ކަމަށާއި، މިއީ އިތުރަށް ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތަކަށް މަގުފަހިވާނެ ކަމެއްކަމުގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ތާލިބާނުންގެ ނިންމުމަކާ ގުޅިގެން އަފްޣާނިސްތާނުގައި ލޮލުގެ ކޯނިއާ ބަދަލުކުރުން ހުއްޓުމަކަށް
29 Oct 2026 ދުނިޔެ

ތާލިބާނުންގެ ނިންމުމަކާ ގުޅިގެން އަފްޣާނިސްތާނުގައި ލޮލުގެ ކޯނިއާ ބަދަލުކުރުން ހުއްޓުމަކަށް

ޕާކިސްތާނުގެ ޑޮކްޓަރުންގެ ޖަމިއްޔާއެއް ކަމަށްވާ 'އެޕްނާ' އިން ހިލޭ ކޯނިއާ ހަދިޔާކޮށްގެން ކުރިއަށްގެންދިޔަ އިންސާނީ މި އެހީގެ މަޝްރޫއު ހުއްޓާލުމަށް ތާލިބާނުން އަންގާފައިވާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ. މި ނިންމުމާ ގުޅިގެން ކާބުލް އާއި ޖަލާލުއާބާދުގެ ހޮސްޕިޓަލްތަކުން ވަނީ އޮޕަރޭޝަންތައް މެދުކަނޑާލައި، ފަރުވާއަށް އިންތިޒާރު ކުރަމުންދިޔަ އެތައް ސަތޭކަ ބަލިމީހުން އަނބުރާ ފޮނުވާލާފައެވެ.

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި
26 Oct 2026 ހަބަރު

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި

މި ކޮންފަރެންސުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސިއްހީ ދާއިރާގެ މުދައްރިސުންނާއި، ދިރާސާކުރާ ފަރާތްތަކާއި، ސިއްހީ ޚިދުމަތްތެރިންނާއި އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް
23 Oct 2026 ދުނިޔެ

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް

އދ. ގައި ހުންނަ އިންޑިއާގެ ފަސްޓް ސެކްރެޓަރީ ބަވިކާ މަންގަލާނަންދަން ބުނީ، އަމިއްލަ ގައުމުގައި ތިބި ނާޒުކު މީހުން ހިމާޔަތް ނުކުރެވޭ ގައުމަކަށް އިންޑިއާއަށް ފާޑުކިޔުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.

ރައީސް މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު: ރާއްޖެއަށް ނުރައްކާވާނެ
23 Oct 2026 ހަބަރު

ރައީސް މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު: ރާއްޖެއަށް ނުރައްކާވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގެއްލެމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއަށް ނުރައްކާވެދާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ މެހެމާންދާރީއަށް ރައީސްގެ ޝުކުރު؛ ”ގުޅުން އެހެން ހަރުފަތަކަށް ގެންދިޔުމަށް އެއްބަސްވެވުނު“
23 Oct 2026 ހަބަރު

ޕާކިސްތާނުގެ މެހެމާންދާރީއަށް ރައީސްގެ ޝުކުރު؛ ”ގުޅުން އެހެން ހަރުފަތަކަށް ގެންދިޔުމަށް އެއްބަސްވެވުނު“

ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ރައީސް މުޢިއްޒުވަނީ އެމަނިކުފާނަށާއި އަނބިކަނބަލުންނަށް އަދި ދިވެހި ވަފުދުގެ ބޭފުޅުންނަށް ޕާކިސްތާނުން ކީ ހޫނު މަރުޙަބާއާއި ބެހެއްޓެވި ގާތްކަމަށްޓަކައި ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރްދާރީއަށާއި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް އަދި ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

ކަނޑާއި ވައިގެ މަގުން ޕާކިސްތާނާ ދިވެހިރާއްޖެ ގުޅުވާލަންޖެހޭ: ޝެހްބާޒް
22 Oct 2026 ހަބަރު

ކަނޑާއި ވައިގެ މަގުން ޕާކިސްތާނާ ދިވެހިރާއްޖެ ގުޅުވާލަންޖެހޭ: ޝެހްބާޒް

އިއްޔެ ދެއްވި ގުޅިފައިވާ ބަޔާނުގައި ވަނީ ކުރިއަށްއޮތް ދެ އަހަރުދުވަހުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ މުޢާމަލާތްތައް 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާކަން ހާމަކުރައްވާފައެވެ. ބިޒްނަސް ފޯރަމްގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، ދެޤައުމުގެ މެދުގައި ކުރުމަށް ކަނޑައަޅާފައިވާ އިޤްތިޞާދީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ކުރިން މުހިންމު ކަންތައްތަކެއް ފުރިހަމަކުރަން ޖެހޭ ކަމަށާއި، ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ވާސިލްވެވޭނީ ދަތުރުފަތުރުގެ ވަރުގަދަ ނިޒާމަކުން ގުޅިގެން ކަމަށެވެ.