މަޖިލިހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ/ މަޖިލިސް
މަޖިލިހުގެ ޖަލްސާއެއްގެ ތެރެއިން- ފޮޓޯ/ މަޖިލިސް
ހަބަރު 02 Nov 2026 | 07:20

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ޚާއްސަ ޙާލަތްތަކެއްގައި ހޯމް ސްކޫލިންގ ދެވޭގޮތަށް ތަޢުލީމީ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަަންނަން ފާސްކޮށްފިއެވެ.

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލި ބަލައިގަންނަން ފާސްކުރީ ވޯޓުގައި ބައިވެރިވި 41 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓް ނުދެއްވައެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހޯމް-ސްކޫލިންގ ޕްރޮގްރާމް ތަޢާރަފްކޮށް، ވަކި ޚާއްސަ ހާލަތްތަކުގައި ކުދިންނަށް ގޭގައި ތަޢުލީމު ދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މި ބިލުގައިވާ ގޮތުން ސަރުކާރުގެ ފަރާތުން މިފަދަ ބިލެއް ހުށަހެޅުމުގެ އެއް ބޭނުމަކީ، ކުއްޖާގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލައި ހެދޭ އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށް، ކުއްޖާ ދިރިއުޅޭ ގޭގައި މަދުރަސީ ތަޢުލީމު ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

އެގޮތުން، ތަޢުލީމުގެ ޤާނޫނު ގައި ހޯމް-ސްކޫލިންގ ޕްރޮގްރާމް ތަޢާރުފުކޮށް، އެ ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދިނުމުގެ ޝަރުޠުތަކާއި އުސޫލުތައް ޤާނޫނުގައި ބަޔާންކުރުމަށް ބިލުގައި ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން، މަދުރަސީ ތަޢުލީމުގެ ނިޒާމު ހިންގައި ތަންފީޛުކުރުމުގައި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންގެ ދައުރު އިތުރަށް ތަފްޞީލުކުރުމަށާއި، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި، ބުނެވިދިޔަ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަކީވެސް މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މަޖުބޫރު ތަޢުލީމު ލާޒިމުނޫން ޙާލަތްތައް

ބިލުގައި ހިމަނާފައިވާ ކަމެއްގެ ގޮތުން، ތަޢުލީމުގެ ޤާނޫނުގެ 14 ވަނަ މާއްދާގައި މަޖުބޫރު ތަޢުލީމު ލާޒިމުކޮށްފައިވީ ނަމަވެސް، ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ސްކޫލަށް ހާޒިރުވެގެން ނުވަތަ ހޯމް-ސްކޫލިންގ ޕްރޮގްރާމްގެ ދަށުންވެސް ތަޢުލީމު ހާސިލުކުރުމަށް ނުކުޅެދޭ ކުދިންނަކީ، މަޖުބޫރު ތަޢުލީމު ލާޒިމުވާނެ ކުދިންނެއް ނޫންކަމަށް ބުނެފައިވެއެވެ.

ނަމަވެސް، މިފަދަ ހާލަތްތަކުގައިވެސް ކުއްޖާގެ ނުކުޅެދުންތެރިކަމާ އެކަށޭނަ ގޮތަކަށް، އަދި އެކަށޭނަ މިންވަރަކަށް، އެ ކުއްޖާއަށް އުނގަންނައިދިނުމަށް ބެލެނިވެރިން އެކަށީގެންވާ މަސައްކަތްކުރަންޖެހޭނެއެވެ. މަޖުބޫރު ތަޢުލީމު ލާޒިމުވާނެ ކުއްޖެއް ނޫންކަމުގައި ކަނޑައެޅުމުގައި ރިޢާޔަތްކުރާނެ މިންގަނޑުތައް މި ޤާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަން ޖެހޭނެކަމަށްވެސް ބިލުގައި ވެއެވެ.

ހޯމް ސްކޫލިންގ ޕްރޮގްރާމްގެ ޝަރުޠުތައް

ބިލުގެ ދަށުން، ތަޢުލީމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ފަހަތަށް 16-1 ވަނަ މާއްދާއެއް އިތުރުކޮށް، ހޯމް ސްކޫލިންގ ޕްރޮގްރާމްގެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

އެގޮތުން، މަޖުބޫރު ތަޢުލީމު ލާޒިމުވާ ޢުމުރުގެ ކުއްޖަކަށް ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރުން ނުވަތަ އެނޫންވެސް ޚާއްޞަ ޙާލަތެއް މެދުވެރިވެފައިވުމުގެ ސަބަބުން، ސްކޫލަކަށް ހާޒިރުވެގެން މަދުރަސީ ތަޢުލީމު ހާސިލުކުރުމަށް ނުކުޅެދިފައިވާނަމަ، ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށް ކުއްޖާ ދިރިއުޅޭ ގޭގައި ހޯމް-ސްކޫލިންގ ޕްރޮގްރާމްގެ ދަށުން މަދުރަސީ ތަޢުލީމު ފުރިހަމަކުރެވިދާނެއެވެ.

ހޯމް-ސްކޫލިންގ ޕްރޮގްރާމްގެ ދަށުން ތަޢުލީމު ފޯރުކޮށްދެވޭނީ، އަންނަނިވި އަސާސީ ޝަރުޠުތައް ފުރިހަމަވާނަމައެވެ:

  • ކުއްޖާއަކީ، ކުއްޖާގެ ކިބައިގައި ހުރި ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފްސާނީ އަދި ޚާއްޞަ ޙާލަތެއްގެ ސަބަބުން، ސްކޫލަށް ހާޒިރުވެގެން ތަޢުލީމު ހާސިލުކުރުމަށް ނުކުޅެދިފައިވާ ކުއްޖެއް ކަމުގައިވުން.

  • ކުއްޖާގެ ބެލެނިވެރިންނަކީ، ހޯމް-ސްކޫލިންގ ޕްރޮގްރާމްގެ ދަށުން ކުއްޖާއަށް ތަޢުލީމު ފޯރުކޮށްދިނުމުގެ މާލީ ޤާބިލުކަން ހުރި ފަރާތްތަކެއް ކަމުގައިވުން.

  • މަދުރަސީ ތަޢުލީމީ ނިޒާމުގެ ތެރެއިން ސްކޫލަށް ހާޒިރުވުމަށްޓަކައި، ސްކޫލެއްގައި ކުއްޖާ ރަޖިސްޓަރީވެފައިވުން.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިކޮށްދީ، އެ ޚިދުމަތަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި
02 Nov 2026 ހަބަރު

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި

އެމްޓީޑީސީ ޓަވަރުގައި 10 ފަންގިފިލާ ހިމެނޭއިރު، އެ ޓަވަރު ތަރައްޤީކުރަނީ ވިޔަފާރީގެ އުސޫލުން ފަންގިފިލާތައް ކުއްޔަށްދޭ ގޮތަށެވެ. މި އިމާރާތުގައި ޕާކިންގެ އިތުރުން ކެފޭ އަކާއި، ކޮންވެންޝަން ހޯލެއް ހިމެނެއެވެ. މީގެ އިތުރުން މި އިމާރާތުގެ އެހެނިހެން ފަންގިފިލާތައް ހާއްސަކޮށްފައިވަނީ، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭނެ އޮފީސް ޖާގަތައް ހިމެނޭގޮތަށެވެ.

އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
29 Oct 2026 ހަބަރު

އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

2027 ވަނަ އަހަރަށް ލަފާކޮށް ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ. މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ..