އަފްޢާންގެ ހޮސްޕިޓަލަކަށް ފަރުވާ ހޯދަން ގޮސް ތިބި އާންމުން.. ފޮޓޯ: ރޮއިޓާސް
އަފްޢާންގެ ހޮސްޕިޓަލަކަށް ފަރުވާ ހޯދަން ގޮސް ތިބި އާންމުން.. ފޮޓޯ: ރޮއިޓާސް
ދުނިޔެ 29 Oct 2026 | 14:22

ތާލިބާނުންގެ ނިންމުމަކާ ގުޅިގެން އަފްޣާނިސްތާނުގައި ލޮލުގެ ކޯނިއާ ބަދަލުކުރުން ހުއްޓުމަކަށް

ލޮލުގެ ފެނުން އަނބުރާ ހޯދައިދިނުމަށް ކުރާ ކޯނިއާ ބަދަލުކުރުގެ ސާޖަރީތަކަކީ އިސްލާމީ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް ކަނޑައަޅައި، އެފަދަ އޮޕަރޭޝަންތައް ކުރުން ތާލިބާނުން މަނާކޮށްފިއެވެ.

ޕާކިސްތާނުގެ ޑޮކްޓަރުންގެ ޖަމިއްޔާއެއް ކަމަށްވާ 'އެޕްނާ' އިން ހިލޭ ކޯނިއާ ހަދިޔާކޮށްގެން ކުރިއަށްގެންދިޔަ އިންސާނީ މި އެހީގެ މަޝްރޫއު ހުއްޓާލުމަށް ތާލިބާނުން އަންގާފައިވާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ. މި ނިންމުމާ ގުޅިގެން ކާބުލް އާއި ޖަލާލުއާބާދުގެ ހޮސްޕިޓަލްތަކުން ވަނީ އޮޕަރޭޝަންތައް މެދުކަނޑާލައި، ފަރުވާއަށް އިންތިޒާރު ކުރަމުންދިޔަ އެތައް ސަތޭކަ ބަލިމީހުން އަނބުރާ ފޮނުވާލާފައެވެ.

މި މަޝްރޫއުގެ ދަށުން މިހާތަނަށް 150 އަށްވުރެ ގިނަ އަފްޣާން ރައްޔިތުންނަށް ލޮލުގެ ފެނުން އަނބުރާ ލިބިފައިވާއިރު، 'އެޕްނާ' ޖަމިއްޔާއިން އަންނަނީ 2017 ވަނަ އަހަރުން ފެށިގެން މިފަދަ އެތައް ހާސް އެހީތަކެއް ފޯރުކޮށްދެމުންނެވެ. ނަމަވެސް، ތާލިބާނުންގެ މި ހަރުކަށި ނިންމުމުގެ ސަބަބުން، ފަރުވާ ދެވޭނެ ފަދަ ބަލިތަކުގައި ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ގިނަ ބައެއްގެ އުންމީދުތައް ވަނީ ގެއްލިފައެވެ.

ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، މިއީ އަފްޣާނިސްތާނުގެ ބަލިކަށިވަމުންދާ ސިއްހީ ނިޒާމަށް ކުރިމަތިވި އިތުރު ގޮންޖެހުމެކެވެ. އަދި ދީނީ މާނަކުރުންތަކުގެ ތެރެއިން ޒަމާނީ ސިއްހީ ފަރުވާތަކަށް ހުރަސް އެޅުމަކީ އާންމު ރައްޔިތުންގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓެންޒޭނިއާގެ ގުޅިފައިވާ ދެބެން ވަކިކުރުމަށް ސައުދީ އަރަބިއްޔާއިން 15 ގަޑިއިރުގެ އޮޕަރޭޝަނެއް
29 Oct 2026 ދުނިޔެ

ޓެންޒޭނިއާގެ ގުޅިފައިވާ ދެބެން ވަކިކުރުމަށް ސައުދީ އަރަބިއްޔާއިން 15 ގަޑިއިރުގެ އޮޕަރޭޝަނެއް

ލައިޓިއެންސް އާއި ލޮވެންސް ނަމަކަށް ކިޔާ އުމުރުން ދެ އަހަރުގެ މި ދެބެން ވަކިކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށާފައިވާއިރު، މި އޮޕަރޭޝަނަށް ގާތްގަނޑަކަށް 15 ގަޑިއިރު ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި
26 Oct 2026 ހަބަރު

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި

މި ކޮންފަރެންސުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސިއްހީ ދާއިރާގެ މުދައްރިސުންނާއި، ދިރާސާކުރާ ފަރާތްތަކާއި، ސިއްހީ ޚިދުމަތްތެރިންނާއި އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް
23 Oct 2026 ދުނިޔެ

އިންޑިޔާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ޕާކިސްތާނަށް

އދ. ގައި ހުންނަ އިންޑިއާގެ ފަސްޓް ސެކްރެޓަރީ ބަވިކާ މަންގަލާނަންދަން ބުނީ، އަމިއްލަ ގައުމުގައި ތިބި ނާޒުކު މީހުން ހިމާޔަތް ނުކުރެވޭ ގައުމަކަށް އިންޑިއާއަށް ފާޑުކިޔުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.

ރައީސް މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު: ރާއްޖެއަށް ނުރައްކާވާނެ
23 Oct 2026 ހަބަރު

ރައީސް މުޢިއްޒުގެ ޕާކިސްތާނު ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދު: ރާއްޖެއަށް ނުރައްކާވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ގެއްލެމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއަށް ނުރައްކާވެދާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ މެހެމާންދާރީއަށް ރައީސްގެ ޝުކުރު؛ ”ގުޅުން އެހެން ހަރުފަތަކަށް ގެންދިޔުމަށް އެއްބަސްވެވުނު“
23 Oct 2026 ހަބަރު

ޕާކިސްތާނުގެ މެހެމާންދާރީއަށް ރައީސްގެ ޝުކުރު؛ ”ގުޅުން އެހެން ހަރުފަތަކަށް ގެންދިޔުމަށް އެއްބަސްވެވުނު“

ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ރައީސް މުޢިއްޒުވަނީ އެމަނިކުފާނަށާއި އަނބިކަނބަލުންނަށް އަދި ދިވެހި ވަފުދުގެ ބޭފުޅުންނަށް ޕާކިސްތާނުން ކީ ހޫނު މަރުޙަބާއާއި ބެހެއްޓެވި ގާތްކަމަށްޓަކައި ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރްދާރީއަށާއި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް އަދި ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

ކަނޑާއި ވައިގެ މަގުން ޕާކިސްތާނާ ދިވެހިރާއްޖެ ގުޅުވާލަންޖެހޭ: ޝެހްބާޒް
22 Oct 2026 ހަބަރު

ކަނޑާއި ވައިގެ މަގުން ޕާކިސްތާނާ ދިވެހިރާއްޖެ ގުޅުވާލަންޖެހޭ: ޝެހްބާޒް

އިއްޔެ ދެއްވި ގުޅިފައިވާ ބަޔާނުގައި ވަނީ ކުރިއަށްއޮތް ދެ އަހަރުދުވަހުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ މުޢާމަލާތްތައް 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާކަން ހާމަކުރައްވާފައެވެ. ބިޒްނަސް ފޯރަމްގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، ދެޤައުމުގެ މެދުގައި ކުރުމަށް ކަނޑައަޅާފައިވާ އިޤްތިޞާދީ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ކުރިން މުހިންމު ކަންތައްތަކެއް ފުރިހަމަކުރަން ޖެހޭ ކަމަށާއި، ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ވާސިލްވެވޭނީ ދަތުރުފަތުރުގެ ވަރުގަދަ ނިޒާމަކުން ގުޅިގެން ކަމަށެވެ.

ފަސްޓްލޭޑީ ސާޖިދާ، ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއަށް ޒިޔާރަތްކުރައްވައިފި
21 Oct 2026 ހަބަރު

ފަސްޓްލޭޑީ ސާޖިދާ، ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއަށް ޒިޔާރަތްކުރައްވައިފި

މި ޒިޔާރަތުގައި އެކަމަނާ ވަނީ ޑްރެޕްގެ މައިގަނޑު މަސައްކަތްތަކާއި، އާންމު ސިއްޙަތު ރައްކާތެރިކޮށް ކުރިއެރުވުމަށް އެ އިދާރާއިން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ތަފުސީލީ މަޢުލޫމާތު ފަސްޓްލޭޑީއާ ވަނީ ޙިއްޞާކުރައްވާފައެވެ.