ސިޔާސީ ފަރާތްތަކަށް ލިބޭ ހަދިޔާތައް މީގެ ފަހުން އޭސީސީއަށް!
ސިޔާސީ މަގާމުތަކަށް އައްޔަންކުރެވިފައިވާ ފަރާތްތަކަށް ސުވާލުއުފެދޭގޮތަށް ލިބޭ ހަދިޔާތައް އޭސީސީއަށް ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގައިފިއެވެ.
މިގޮތަށް އެ އޮފީހުން ނިންމާފައިވަނީ "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލު" އަށް ގެނެވުނު އިސްލާހެއްގެ ދަށުންނެވެ. މި އިސްލާހު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓްކުރެވިފައެވެ.
މި އިސްލާހުގައި ވާގޮތުގައި މަޤާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި، މުވައްޒަފުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާމެދު ސުވާލު އުފެދިދާނެ ގޮތަކަށް، އެއްވެސް ފަރާތަކުން ދޭންއުޅޭ، ނުވަތަ ދީފާނެ ހަދިޔާއެއް ބަލައިގަތުމަކީ ކުށެކެވެ. އަދި އެފަދަ ހަދިޔާއެއް ލިބިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާއާއި ހަވާލުކުރާ ގޮތަށް އޮތް އޮތުން އޭސީސީއާއި ހަވާލުކުރާގޮތަށް މިހާރު ވަނީ ބަދަލުކުރެވިފައެވެ.
ހަމަ އެހެންމެ، އަހަރީ ޗުއްޓީ ހަމަވުމުން ސިޔާސީ މުވައްޒަފުންނަށް މުސާރަ ލިބޭގޮތަށް އޮންނަ އޮތުންވެސް ރައީސުލްޖުމްހޫރިއްޔާއަށް ސިޓީ އަކުން ހުށަހަޅާ ހުއްދަ ހޯދާގޮތަށް ވަނީ އިސްލާހުކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް