ޖާބިރު ރައީސް ޔާމީނާއި ހިޓްލަރާއި އެއްވަރުކުރައްވައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ނާޒީ ޖަރުމަނުގެ ލީޑަރ އެޑޮލްފް ހިޓްލަރާއި އެއްފަންތީގެ ބޭފުޅެއްކަމަށް ޑީއާރްޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ ރައީސް ޔާމީން ރާއްޖޭގައި ހިންގެވީ ހިޓްލަރުގެ ޒަމާނުގައި ހިންގެވި ފަދަ އަނިޔާވެރި ވެރިކަމެއް ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް އިތުރު ޝަރީއަތެއް ނުކޮށް ޖަލަށްލާންޖެހޭނެކަމަށް ޖާބިރު ވިދާޅުވިއެވެ.
"ކީއްކުރާ ޝަރީއަތެއްތޯ؟ ޔާމީންގެ މައްޗަށް އެެއްވެސް ޝަރީއަތެއް ހިންގާކަށް ނުޖެހޭނެ. ކަސްތޮޅު އަޅުވާފަ ސީދާ ކުޑަގޮޅީގަ ބަހައްޓަން ޖެހޭނީ. އެފަދަ މީހެއް އެއީ." ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވަނީ ރައީސް ޔާމީން 25އަހަރަށް ޖަލަށްލުމަށް ގޮވާލާފައެވެ. އަދި ރައީސް ޔާމީނާއި އެކު ސިޔާސީ މައިދާނުގައި ދެން އިތުރަށް މަސައްކަތް ކުރާނެ ދުވަހެއް ނާންނާނެކަަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް