އެސްޓީއޯއިން ވިއްކާ ޕެޓްރޯލްގެ އަގު ހެޔޮކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއިން ވިއްކާ ޕެޓްރޯލްގެ އަގު މިރޭ ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން އެކުންފުނިން ވިއްކަމުން އަންނަ ޕެޓްރޯލް، ލީޓަރަކުން 48 ލާރި ހެޔޮކޮށްފައިވާކަމަށެވެ. އެގޮތުން ދެން މީގެފަހުން ޕެޓްރޯލް ވިއްކަމުންދާނީ ލީޓަރެއް 13.50 ރުފިޔާއަށްކަމަށް އެސްޓީއޯއިން ބުންޏެވެ.
މިއަގަށް ބަދަލު ގެނައުމުގެ ކުރިން މިހާތަނަށް އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައިސްފައިވަނީ 13.98 ރުފިޔާއަށެވެ.
އެސްޓީއޯއިން ޕެޓްރޯލްގެ އަގު ހެޔޮކޮށްފައިމިވަނީ، ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާއި ގުޅިގެން އެކުންފުންޏަށް ތެއޮ ގަންނަން ލިބޭ އަގުވެސް ހެޔޮވުމުންކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ޕެޓްރޯލްގެ އަގަށް މިގެނައި ހެޔޮ ބަދަލާއެކު، ހެޔޮކުރި އަގަުގައި އެސްޓީއޯގެ ހުރިހާ ތެއޮވިއްކާ ތަންތަނުން ލިބޭނެކަމަށް އެކުންފުނިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް