މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ މަޖިލިސް
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު 18 Feb 2025 | 08:15

މަޖިލިސް މެންބަރުންގެ މުސާރަ މިވަގުތު ކުޑަ ކުރެވެން ނެތް ކަމަށް މަޖިލީހުގެ ކޮމިޓީން ނިންމައިފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ސަރުކާރުގެ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން، މުސާރަތައް ކުޑަކުރަން ސަރުކާރުން ހުށަހެޅި ގޮތަށް މިވަގުތު ކުޑަކުރެވެން ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ އިގްތިސާދީ އިސްލާހުތަކުގެ ތެރޭގައި މުސާރައަށް ގެންނަން ނިންމެވި ބަދަލު ތަކުގެ ތެރޭގައި ޝަރުޢީ ދާއިރާގެ އޮފިޝަލުންނާއި މަޖިލިސް މެންބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރުން ހިމެނެއެވެ.

އޭގެ އިތުރުން، ސިޔާސީ މަގާމުތަކުގެ މުސާރައިން 10 އިންސައްތަ އުނިކުރުމާއި، ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ (ބޭންކުތައް ފިޔަވައި) މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކޮށް، އެތަން ތަނުގެ އިސްވެރިންގެ މުސާރަ 90،000 ރުފިޔާގައި ހިފެހެއްޓުމާއި، މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުމާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ މުސާރަ 50 އިންސައްތައިން ދަށްކޮށް، 100،000 ރުފިޔާއިން 50،000 ރުފިޔާއަށް ކުޑަކުރުން ހިމެނެއެވެ.

ނަމަވެސް މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ވިދާޅުވީ، ގިނަ މުވައްސަސާތަކާއި މުސްތަގިއްލު މުވައްސަސާތަކުގެ އަސާސީ މުސާރައިން %10 މުސާރަ އުނި ކުރެވޭނީ ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ކަމަށާއި، އެއް ގިންތިއެއްގެ މަގާމުތަކާއި މުސާރަތައް އެއް ހަމައެއްގައި ހިފެހެއްޓުމަކީ ކޮމެޓީގެ ޒިންމާއަކަށްވާއިރު، ގާނޫނުތަށް ބަދަލު ނުގެނެސް މުސާރަ އުނި ކުރުމަށް ކޮމެޓީން ނިންމުމަކީ އިންސާފުވެރި އަދުލުވެރި ގޮތެއް ނޫން ކަމަށް ފެންނަ ކަމަށެވެ.

"މަޖިލީސް މެންބަރުންނާއި، ޝަރުއީ ދާއިރާގެ އިސްވެރިންނާއި، މިނިވަން މުވައްްސަަސަތަކާއި، މުސްތަގިއްލު މަގާމުތަކާއި އަދި ރައްޔިތުން މަޖިިލީހުން ކަނޑައަޅަން ޖެހޭ އެހެނިހެން މަގާމުތަކުގެ އަސާސީ މުސާރައިން %10 އުނި ކުރަން މިވަގުތު ނުފެންނަ ކަމަށް ރައީސަށް ލަފާ ދިނުމަށް“

މެންބަރު މުހައްމަދު މަމްދޫހު

މަމްދޫހުގެ މި ހުށަހެޅުމާއި ގުޅިގެން ވާހަކަދައްކަވަމުން ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަޙުމަދު ޝަމްހީދު ވެސް ވަނީ، މުސާރަތަކަށް ބަދަލު ގެނެވޭނީ ގާނޫނަށް ބަދަލު ގެނެސްގެން ކަމަށާ، ނުގެނެސް މިވަގުތު އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ޝަމްހީދުގެ ވާހަކައާއި ގުޅިގެން ކޮމިޓީ މުޤައްރިރު އަދި މާމިގިލީ ދައިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ، މުސާރަތައް ކުޑަކޮށް ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ރައީސް މުޢިއްޒު ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ކަމަށެވެ. އެހެން ނަމަވެސް، ގާނޫނުތަކަށް ބަދަލު ނުގެނެސް އެކަން ކުރެވެން ނެތް ކަމަށެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުނުގައި މަމްދޫހުވަނީ، މިނިވަން މުވައްސަސާތަކުގެ ތެރޭގައި ހިމެނޭ ބްރޯޑްކާސްޓިން ކޯޕަރޭޝަނާއި އެމްއެމްސީ އެއްކޮށްލައިފިނަމަ، އެފިޝެންސީ އިތުރު ކުރެވި ހަރަދުތައް ބޮޑުތަނުން ކުޑަ ކުރެވޭނެ ކަމަށް ކޮމެޓީއަށް ފެންނަ ކަމަށާ، އަދި މި މުވައްސަސާތަކުގެ އިތުރުން، އެއްކޮށްލައިގެން މަސައްކަތް ކުރެވޭނެ އެހެނިހެން މުވައްސަސާތައް ދެނެގަނެ އެ މުވައްސަސާތައް އެއްކޮށްލުމަށް ގާނޫންތަކަށް ގެންނަންޖެހޭ ބަދަލުތައް އަވަސްކޮށް، އެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ތަންފީޒުކުރެވިއްޖެ ނަމަ، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެދެވޭ ހައްލެއް ނެރެވޭނެ ކަމަށް ކޮމިޓީއަށް ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް ވެސް  ހުށަހެޅުއްވާފައެވެ.

މި ހުށަހެޅުންތައް ފާސްވީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...