ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައިފި
މިރޭގެ ވަގުތެއްގައި މާލޭގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މިރޭ 19:02 ހާއިރު މަޖީދީމަގުގައި ބިދޭސީ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވާ ކަމަށެވެ.
މި މާރާމާރީގައި އެކަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީފައެވެ. މި ފަރާތަށް މާބޮޑު އަނިޔާާއެއް ލިބިފައި ނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ވަނީ މި މައްސަލައިގައި އަނިޔާ ލިބުނު މީހާ ހިމެނޭގޮތަށް ހަތަރު މީހަކު ފުލުހުންގެ މަރުކަޒަށް ގެންގޮސްފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް