ސަރުކާރު ބަންދު ނަމަވެސް މިއަދު ކަސްޓަމްސް ގެ ޚިދުމަތްތައް ލިބޭނެ
މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް ކަސްޓަމްސް ސާވިސްގެ ޚިދުމަތްތައް ލިބޭނެކަމަށް އެއިދާރާއިން ބުނެފިއެވެ.
ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވީ ނަމަވެސް ގްރޭޓަރ މާލޭ ސަރަހައްދުގައި ގާއިމުކުރެވިފައިވާ ކަސްޓަމްސްގެ އޮފީސްތަކުން ޚިދުމަތް ލިބޭނެކަމަށެވެ.
އެގޮތުން މުދަލުގެ ލިޔެކިޔުން ނިންމުމާއި މުދާ ދޫކުރުން ކުރިއަށް ދާނެކަމަށް ކަސްޓަމްސް ބުނެއެވެ.
ހަމައެއާއިއެކު، ކަސްޓަމްސް އިން ބުނީ، އުޅަނދު ފަހަރަށް ކްލިއަރެންސް ދިނުމާއި ބޮންޑެޑް ވެއަރހައުސްތަކާ ގުޅޭ ޚިދުމަތްތައްވެސް ފޯރުކޮށްދެމުން ގެންދާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް