އަދާލަތު ޕާޓީގެ ޓިކެޓުގައި މަޖިލިސްއަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި
އަދާލަތު ޕާޓީގެ ޓިކެޓުގައި މަޖިލިސްއަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަމަށް އެދި އެ ޕާޓީއިން ނެރުނު އިއުލާނުގައިވަނީ މި ހިނގާ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޓިކެޓަށް އެދޭ ފޯމް އަދި ގާނޫނީ ފޯމުގެ އިތުރުން މިކަމަށް ކުރިމަތިލާ ބޭފުޅަކަށް ތާއީދުއޮތް މިންވަރު އަންގައިދޭ ފޯމު ހުށަހެޅުމަށް އެދިފައެވެ.
މި ފޯމުތައް އަދާލަތު ޕާޓީގެ އިދާރާއިން އަދި ވެބްސައިޓުންވެސް ލިބިވަޑައިގަންނަވާނެއެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީ ޖުމްލަ 13 ދާއިރާއަކަށް ކުރިމަތިލުމަށް ވަނީ ހުށަހަޅާފައެވެ.
އަދާލަތު ޕާޓީ ވާދަ ކުރުމަށް ނިންމާފައިވާ އިންތިޚާބީ ދާއިރާތައް:
1. ކެލާ ދާއިރާ
2. ވައިކަރަދޫ ދާއިރާ
3. ހަނިމާދޫ ދާއިރާ
4. މަކުނުދޫ ދާއިރާ
5. އިނގުރައިދޫ ދާއިރާ
6. ކާށިދޫ ދާއިރާ
7. މަހިބަދޫ ދާއިރާ
8. މުލަކު ދާއިރާ
9. ނިލަންދޫ ދާއިރާ
10. ގަމު ދާއިރާ
11. ފުވައްމުލަކު ދެކުނު ދާއިރާ
12. ފޭދޫ ދާއިރާ
13. މާފަންނު ދެކުނު ދާއިރާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް